Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓުގެ މަސައްކަތްތައް

ކްރިމިނަލް ކޯޓުގެ "ބެކްލޮގް" ސާފު ކުރުމަށް މަސައްކަތު ގަޑި އިތުރުކޮށް، އެލަވަންސްއަކާއެކު، ބޮޑެތި ހުށައެޅުންތަކެއް

ކޮންމެ ފަނޑިޔާރެއްވެސް ދުވާލަކު މަދުވެގެން 5 އަޑުއެހުން ކުރިއަށް ގެންދެވުމަށް ހުށައެޅުއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ފެބުރުއަރީ 2022 | ބުދަ 07:15
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއިން ޖުޑީޝަލް ސަރވިސް ކޮމިޝަންއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބޭފުޅުންނާއި ބައްދަލުކުރެއްވުން

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއިން ޖުޑީޝަލް ސަރވިސް ކޮމިޝަންއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބޭފުޅުންނާއި ބައްދަލުކުރެއްވުން

ކްރިމިނަލް ކޯޓުގައި ނުނިމިހުރި މައްސަލަތައް ނިންމައި، އެ ކޯޓުގެ "ބެކްލޮގް" ސާފުކުރުމަށްޓަކައި މުހިއްމު ހުށައެޅުންތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށައަޅުއްވައިފިއެވެ.

ބުދަ ދުވަހު ކުރިއަށްދިޔަ ކޮމިޓީ ބައްދަލުވުމުގައި ޖޭއެސްސީގެ ރައީސް، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވަނީ ހުށައެޅުންތައް ހުށައަޅުއްވާފައެވެ.

ކޯޓުތަކާއި ގުޅިގެން ހުރި މައްސަލަތައް ޙައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރައްވައި ހިސާން ވިދާޅުވީ، މިހާރު ހުރި ވަސީލަތްތަކާއެކު މަސައްކަތް ކުރާނަމަ، ކޯޓުގެ ބެކްލޮގް ސާފު ކުރުމަށް 16 އަހަރު ނަގާނެ ކަމަށެވެ. ވުމާއެކު އެހެން ވިސްނުމަކަށް ދާންޖެހޭކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، ބެކްލޮގް ސާފު ކުރުމުގެ ޕްލޭންއެއް ޖޭއެސްސީންވެސް އެކުލަވާލަމުންދާ ކަމަށެވެ. މިހާ ބޮޑު ބެކްލޮގަކަށް ދާން ޖެހުނު ސަބަބުތަކަށް އަލިއަޅުވާލައްވައި ހިސާން ވިދާޅުވީ، 2019 ވަނަ އަހަރު ފެށިގެން ދިޔައިރު ކޯޓުގެ ބެކްލޮގްގައި 2022 މައްސަލަ އޮތް ކަމަށެވެ. އަހަރަކު އެ ކޯޓަށް އެވްރެޖްކޮށް 900 މައްސަލަ ހުށައެޅޭއިރު، ބެކްލޮގާއެކު ކޯޓުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ހިސާން ވިދާޅުވިއެވެ. އަދި 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ކޮވިޑުގެ ޙާލަތާއި ގުޅިގެންވެސް އެ މަސައްކަތްތަކަށް މަޑުޖެހުމެއް އައިކަން ހިސާން ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން، ކޯޓުގެ ފުރިހަމަ ކެޕޭސިޓީގައި ހިންގަން ފެށުނީ އަދި ކިރިޔާކަން ފާހަގަކުރައްވައި ހިސާން ވިދާޅުވީ، 2018 ވަނަ އަހަރު ކޯޓުގައި ތިއްބެވީ 6 ގާޒީން ކަމަށެވެ. އެގޮތަށް ބަދަލުވަމުން އައިސް 2020 ވަނަ އަހަރު ނިމުނު އިރު ފުރިހަމަ ކެޕޭސިޓީގައި 10 ގާޒީންނާއެކު މަސައްކަތް ފެށޭވަރުވިކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ތަސައްވުރަކީ ކޯޓަށް ހުށައެޅޭ ހިސާބުން 6 މަސް ދުވަހުގެ ތެރޭގައި މައްސަލަތައް ނިންމާލުން ކަމަށެވެ. އެވްރެޖްކޮށް މައްސަލައެއް ނިންމަން 10 އަޑުއެހުން ބޭނުންވާއިރު، އެކަންކަން ޙާސިލު ކުރުމަށް ހުށައަޅާފައިވާ ހުށައެޅުންތައް ހިސާން ވަނީ ހިއްސާ ކުރައްވާފައެވެ.

ހިސާން ވަނީ ކްރިމިނަލް ކޯޓަށް 10 ޕެރަ ލީގަލް އޮފިސަރުން ނެގުމާއި، ބެކްލޮގް އެލަވަންސްއެއް ދިނުމަށް ވިސްނާއިރު، ދައުލަތުން އިތުރަށް ކުރަންޖެހޭ ޚަރަދަކީ އަހަރެއްގެ މައްޗަށް 3.3 މިލިއަން ރުފިޔާ ކަމަށް ވިދާޅުވެފައެވެ. ބެކްލޮގް ސާފުވެއްޖެނަމަ ކޯޓުގެ ގާޒީއަކަށް އެވްރެޖްކޮށް އަހަރެއްގެ މައްޗަށް ބައްލަވަން ޖެހިވަޑައިގަންނަވާނީ ގިނަވެގެން 80 މައްސަލަކަމަށް ހިސާން ވިދާޅުވިއެވެ.

މި ޕްލޭން ތަންފީޒު ކުރެއްވިއްޖެނަމަ، އަހަރެއްގެ ތެރޭގައި ބެކްލޮގްގެ 80 އިންސައްތަ ނިމޭނެކަމަށް އަންދާޒާ ކުރެވޭކަމަށް ހިސާން ވިދާޅުވިއެވެ. އަދި ފުރަތަމަ 3 މަސް ފަހު މި ޕްލޭނަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށް ރިވިއުއެއް ހެދުމަށް ވަނީ ހުށައަޅުއްވާފައެވެ. އެއަށްފަހު 6 މަސް ފަހުން މި ޕްލޭންގެ ނަތީޖާ ޙާސިލުވާ މިންވަރު ބެލުމަށް ރިވިއުއެއް ހެދުމަށް ވަނީ ހުށައަޅުއްވާފައެވެ. އަދި މި ޕްލޭންގެ ނަތީޖާ ކާމިޔާބުނަމަ، ޕެރަ ލީގަލް އޮފިސަރުން 2 އަހަރަށް ދިގު ދަންމާލަން ވަނީ ހުށައަޅުއްވާފައެވެ.

ކޮމިޓީގައި ވަނީ މި ހުށައެޅުންތަކަށް މަޝްވަރާކޮށްފައެވެ. އަދި ތާވަލާއި ގުޅޭގޮތުންވެސް ޖޭއެސްސީގެ ހުށައެޅުންތައް ހިސާން ހިއްސާ ކުރައްވާފައިވާއިރު، މި ހުށައެޅުންތަކަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހާވެސް މަޝްވަރާ ކުރެއްވުމަށްފަހު ހުށައަޅުއްވާފައިވާ ހުށައެޅުންތަކެއްކަމަށް ހިސާން ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ވަނީ އެކޯޓުގެ 2021 ވަނަ އަހަރުގެ އަހަރީ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެގޮތުން 2021 ވަނަ އަހަރު ފެށުނުއިރުވެސް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރޭގައި 1732 މައްސަލައެއް ހިމެނެއެވެ. އެ އަހަރު އަލަށް 773 މައްސަލައެއް ހުށައެޅިފައިވާއިރު، މުޅި އަހަރު ތެރޭގައި ނިންމިފައިވަނީ 701 މައްސަލައެވެ. އަދި އަހަރު ނިމުނުއިރު 1804 މައްސަލައެއް ނުނިމި ހުރިކަމަށް ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު