Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަގުތަކުގައި ތާރުއެޅުން

ހުރިހާ ރަށެއްގައި ތާރު އެޅުން އެއީ ބުއްދިވެރި ގޮތެއް ނޫން - އަސްލަމް

16 ފެބުރުއަރީ 2022 | ބުދަ 05:44

ކުދި ރަަށްރަށުގައި ލައިމް ބޭސްޑް ސްޓެބިލައިޒް ރޯޑް މެތަޑް ބޭނުން ކުރެވިދާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 16 ފެބުރުއަރީ 2022 | ބުދަ 05:44
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމްއާ ސުވާލުކުރެއްވުން

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމްއާ ސުވާލުކުރެއްވުން

ހުރިހާ ރަށެއްގައި ތާރު އެޅުން އެއީ ބުއްދިވެރި ގޮތެއް ނޫން ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ގއ.ކޮލަމާފުށީ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތާ ގުޅޭ ގޮތުން ވިލިނގިލި ދާއިރ ގެ މެންބަރު ސަޢުދު ޙުސައިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ކޮލަމާފުށީގެ މަގުތައް ހެދުމަށް އާރްޑީސީއާ ހަވާލު ކުރެވިފައިވަނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށާއި، އަމަލީ މަސައްކަތް އަދި އެންމެ ފުރިހަމައަށް ފަށައިގަނެވިފައި ނެތް ނަމަވެސް މަސައްކަތް ކުރިއަށްދާ ކަމަށެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގެ މަގުތައް ހެދުމަކީ، މިހާރު އެންމެ ޑިމާންޑް ބޮޑު މަސައްކަތް ކަމަށެވެ. މިހާރުވެސް 22 ރަށެއްގެ މަގު ހެދުމަށް ހަވާލުކުރެވި 19 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ޕްލޭން ކުރެވިފައި އެބައޮތް ކަމަށެވެ. ބަނދަރުތައް ހެދި ގޮތަށް މަގުތަކުގައި ތާރު އެޅުން ޓްރެންޑް ވަމުން އަންނަކަން އަސްލަމް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ވިސްނުމަކީ ހުރިހާ ރަށެއްގެ މަގުތަކުގައި ތާރު އެޅުމެއް ނޫން ކަމަށާއި، ޓްރެފިކް ބޮޑު ރަށްރަށުގައި ތާރު އެޅައިގެން މަގު ހެދުން ކަމުގައެވެ.

މަގުތައް ހެދުން ބިނާވެފައި އޮންނަނީ މަގުތައް ބޭނުން ކުރެވޭ ގޮތަށް ކަމަށާއި، އެފަދަ ރަށްރަށަށް އެރުވޭނެ ވެހިކަލްތައްވެސް ކަނޑައެޅެން ޖެހޭ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. ތާރު ނާޅާ މަގުތައް ހެދިދާނެ ގޮތެއްވެސް އެބައޮތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކުދި ރަަށްރަށުގައި ލައިމް ބޭސްޑް ސްޓެބިލައިޒް ރޯޑް މެތަޑް ބޭނުން ކުރެވިދާނެ ކަމަށާއި، މި ގޮތަށް ހެދުމުން ވެހޭ ފެން ރަށުގެ ފަސްގަނޑަށް ހިނދިގެންދާނެ ކަމަށެވެ. ތާރު އެޅުމުން ވެހޭ ހުރިހާ ފެނެށް ރަށުން ބޭރު ކޮށްލާނެ ކަމަށާއި، އޭގެ އަސަރު އެރަށުގެ ފެން ފަށަލައަށް ކުރާނެ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވިސްނުންފުޅާ ދެބަސްވާ މީހުން ތިބޭނެކަންވެސް ގަބޫލް ކުރައްވާ ކަމަށާއި، އެހެން ނަމަވެސް މަގުދެއްކުން އެއީ އޮތްކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެއީ ރަނގަޅުވެރިންގެ ސިފައެއް ކަމަށް ވިދާޅުވިއެވެ. އުމްރާނީ ތަރައްގީ ގެންނައިރު ޖަޒީރާވަންތަކަމެއްވެސް ރަށްރަށުގައި ހުންނަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
02 މާރިޗު 2017

ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ

02 މާރިޗު 2017
ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް