Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރުން

ރައީސް ޔާމީންގެ ޝަރީއަތް ލައިވް ނުކުރެވޭ ސަބަބު ކޯޓުން އޮޅުން ފިލުވާނަން - ރައީސް ނަޝީދު

16 ފެބުރުއަރީ 2022 | ބުދަ 05:17

ކޯޓުތަކުގައި މަންޒަރު ލައިވްކުރުމުގެ ގަވާއިދު އޮޅުންފިލުއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 16 ފެބުރުއަރީ 2022 | ބުދަ 05:17
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުން ލައިވް ކުރުމަށް ރައީސް ޔާމީންގެ ފަރާތުން ކޯޓުގައި އެދިފައިވާއިރު އެ ޝަރީއަތް ލައިވް ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ ކޯޓުން އޮޅުން ފިލުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ކޯޓުގައި އެވާހަކަ އައްސަވާނެ ކަމަށާއި، ކޯޓުތަކުގައި މަންޒަރު ލައިވްކުރުމުގެ ގަވާއިދު އެމަނިކުފާނަށް އެހާ ސާފުވެވަޑައިގެންފައި ނުވާ ކަމަށާއި، އެކަން ސާފު ކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

މަގާމުގެ ނުފޫޒް ބޭނުންކޮށް ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފާއިވާ ދައުވާގެ ޝަރީއަތްތައް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް ރައީސް ޔާމީންގެ ވަކީލުން ގެންދަނީ ތަކުރާރުކޮށް ކޯޓުގައި އެދެމުންނެވެ. އެހެންނަމަވެސް، އެކަމަށް ގޮތެއް ނިންމަވައި 27 ޖެނުއަރީގައި ބޭއްވި އަޑުއެހުމުގައި ގާޒީ ޝަކީލު ވަނީ, ޝަރީއަތް ލައިވް ނުކުރެވެނީ މިވަގުތު ކޯޓުގެ އިދާރީ އިންތިޒާމުތައް ހުރި ގޮތުން އެކަމުގައި ދަތިތަކެއް ހުރުމުންކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ރާއްޖެއެމްވީން މައުލޫމާތު ސާފުކޮށްލުމުން އެނގިފައިވާ ގޮތުގައި, ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް ލައިވް ނުކުރެވެނީ އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ނެތުމުންކަން ވަނީ އެނގިފައެވެ. އެގޮތުން ކޯޓުގައި އައިޓީ އޮފިސަރެއް ނެތި 4 މަހަށްވުރެ ގިނަ ދުވަސްވެފައިވާކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.

ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ކޯޓުގެ ވަސީލަތްތައް ހަމަވުމުން ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދިފައެވެ.

މި އަޑުއެހުމުގައި ދައުލަތުންވެސް ވަނީ ދިފާއުން އެދޭގޮތަށް ޝަރީއަތް ލައިވް ކުރުމަކީ ދައުލަތުގެވެސް އެދުންކަމަށް ފާހަގަ ކުރައްވާފައެވެ. އެގޮތުން ދައުލަތުގެ ސްޓޭންޑަކީ ކޮރަޕްޝަންގެ ހުރިހާ މައްސަަލައެއްވެސް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުންކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ކޯޓުގައި ވަސީލަތް ނެތްނަމަ ރައީސް ޔާމީނުގެ މައްޗަށް މީގެ ކުރިން ކުރިއަށްދިޔަ ޝަރީއަތުގައި އަމަލުކުރިގޮތަށް، އަމިއްލަ ބަޔަކާ ނުވަތަ މީޑިއާއަކާ ހަވާލުކޮށްގެން ޝަރީއަތް ލައިވްކޮށް ބްރޮޑްކާސްޓް ކުރެވޭގޮތް ހަމަޖައްސައިދިނުމަށް ދިފާއީ ވަކީލުންގެ އިތުރުން ދައުލަތުގެ ވަކީލުންވެސް އެދިލެއްވިއެވެ.

އެ މައުޟޫއަށް ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ކޯޓުގެ ވަސީލަތްތައް މިވަގުތު ހުރި ގޮތުން ޝަރީއަތްތައް ލައިވް ކޮށްގެން ކުރިއަށް ގެންދެވެން ނެތް ނަމަވެސް، އެއީ އަޑުއެހުންތައް މަޑުޖައްސާލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އެހެންނަމަވެސް، އަމިއްލަ ބަޔަކާ ހަވާލުކޮށްގެން އެ ކަން ކުރިއަށް ގެންދިއުމާމެދު ކޯޓުގެ ގާޒީންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވިދާނެކަމަށް ގާޒީ ޝަކީލު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް