Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެމްއައިޓީޑީސީގެ ސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރު: ފަތުރުވެރިންނަށް ތަފާތު އުފާވެރި ދަތުރެއް

16 ފެބުރުއަރީ 2022 | ބުދަ 02:31

ޔޮޓުތައް އެންކަރުކުރާނެ އައު ބަނދަރުތައް ފެނުނު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 16 ފެބުރުއަރީ 2022 | ބުދަ 02:31
ސަވާދީއްތަ ދަތުރު: މާދަމާ ބ.އަތޮޅަށް ފުރާނެ

ސަވާދީއްތަ ދަތުރު: މާދަމާ ބ.އަތޮޅަށް ފުރާނެ

ރާއްޖޭގެ ޤައުމީ ބަތަލް އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ ދިރިއުޅުއްވުން ތީމެއްގެ ގޮތުގައި ބަލައިގެން ފަށާފައިވާ ސަވާދީއްތަ ދަތުރު ނިމެން ކައިރިވެފައިވާއިރު އެދަތުރަކީ ބައިވެރީންނަށް ވަރަށް ކަމުދިޔަ ދަތުރެކެވެ. އެގޮތުން މި ދަތުރުގެ ތެރޭގައި ތަފާތު އެކި ކަންކަންކަން ފަތުރުވެރިން ތަޖުރިބާ ކޮށްފައިވާއިރު، އެމީހުން ބުނާ ގޮތުގައި ރާއްޖެ މިއީ ފަތުރުވެރީންނަށް ތަފާތު އުފާވެރި މަންޒިލެކެވެ.

ރާއްޖެޓީވީގެ ފަސްދޮޅަސް މިނެޓުގައި ވާހަކަދައްކަމުން މި ދަތުރުގައި ބައިވެރިވި އެމެރިކާގެ ކީތު ނަމަކަށްކިޔާ ފަތުރުވެރިއަކު ބުނި ގޮތުގައި ފާއިތުވި ހަ އަހަރު އޭނާ ވަނި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ދަތުރުކޮށްފައެވެ. ނަމަވެސް ދަތުރުކުރި ހުރިހާ ތަނަކުންވެސް އެންމެ ހިތްގައިމު މަންޒިލަކަށް ފނުނީ ދިވެހިރާއްޖެ ކަމަށެވެ. ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންގެ ފަރާތުން ލިބުނު މެހެމާންދާރީއެވެ. ސަގާފީ އެކު އާސާރުތަކާއި ކުޅިވަރުތަކެވެ. މީރު ކެއުންތަކެވެ.

ކީތު ފާހަގަކުރި ގޮތުގައި ރާއްޖެއަކީ ގެއްލިފައިވާ މުތެކެވެ. ކުރިން ރާއްޖޭގެ ވާހަކަ އަޑުއިވިފައި ނެތްނަމަވެސް މި ދަތުރާއެކު ރާއްޖެއަށް އޭނާގެ ހިތުގައި ޚާއްސަ ޖާގައެއް ދެވިފައިވާކަަމަށް އޭނާ ބުންޏެވެ. އަދި މުޅި ދުނިޔޭގެ ޔޮޓް ޑެސްޓިނޭޝަންތަކަށް ބެލި ނަމަވެސް އެ ލިސްޓުގެ އެންމެ ކުރީ ތިނެއްގައި ރާއްޖެ ހިމެނޭނެކަމަށް ކީތު ބުންޏެވެ.

މީގެ ކުރިން އަޑު އިވިފައިވާ ގޮތުގައި ރާއްޖޭގައި ޔޮޓުތައް އެންކަރު ކުރާނެ ރަނގަޅު ބަނދަރުތައް ނެތްކަން ފާހަގަކުރަމުން ކީތު ބުނީ ރާއްޖެ އައިސް މިކުރި ތަޖުރިބާއާއެކު ޔޮޓުތައް އެންކަރުކުރަން ރަނގަޅު ބަނދަރުތަކެއް ފެނިފައިވާ ކަމަށެވެ. އަދި ޔޮޓުތައް އެންކަރުކުރާނެ ރަނގަޅު ސްޕޮޓުތައް އެހެން ސެއިލަރުންނާއި ހަމައަށް ގެންގޮސްދީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށްދިނުމުގައި އެހީތެރިވާނެކަމަށް ކީތު ބުންޏެވެ.

ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަން އެހާ ބޮޑަށް ކުރިއަރާފައި ނުވާއިރު، މި ދަތުރާއެކު އެސަރަހައްދުގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސަވާދީއްތަ ދަތުރު އިންތިޒާމްކުރާ އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވިއެވެ. އަދި ސެއިލިންގ ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރިކަން ފާހަގަކޮށް ރާއިދު ވިދާޅުވީ ބަނދަރުތަކުން ލިބޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ފަހިކުރުން މުހިންމު ކަމަށެވެ. ވަރަށް އާދައިގެކޮށް ފަށައިގަތް ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު އަދި ލޯކަލް ޓޫރިޒަމަށް ހުޅުވާލިތާ 11 އަހަރުވެފައިވާއިރު މިއީ ފަތުރުވެރިކަމަށް އިތުރު ކަންތައްތަކެއް ގެންނަންވީ ވަގުުކަން ރާއިދު ފާހަގަކުރިއެވެ.

ފަތުރުވެރިކަމަށް އައު ކަންތައްތަކެއް ތައާރަފުކޮށް ރާއްޖޭގެ މުއްސަނދިކަން އިޝްތިހާރު ކުރުމަށް ރާއްޖޭގައި މި ބާއްވާ ފުރަތަމަ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު" ރާވާ އިންތިޒާމު ކުރަނީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިންނެވެ. މުލިއާގެއަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ސާލިހު ދެއްކެވި ވާހަކަފުޅުން ޚިޔާލު ހޯދައިގެން އެމްއައިޓީޑީސީން މި ހަރަކާތް ކުރިއަށް ގެންދަނީ, މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އަދި އެމްއެންޑީއެފްގެ ސިވެކް ކުންފުންޏާ ގުޅިގެންނެވެ. އެމްޓީޑީސީގެ އަމާޒަކީ މި ރިލޭ ކޮންމެ އަހަރަކު ވެސް ސިލްސިލާކޮށް ކުރިއަށް ގެންދިއުމެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2017

ވަޒީރުންގެ އދ. ދަތުރު، ބޭކާރު ހަރަދެއް!

24 ސެޕްޓެމްބަރު 2017
ވަޒީރުންގެ އދ. ދަތުރު، ބޭކާރު ހަރަދެއް!
07 ސެޕްޓެމްބަރު 2017

ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

07 ސެޕްޓެމްބަރު 2017
ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟
03 ސެޕްޓެމްބަރު 2017

ރައީސް ޔާމީން ހައްޖު ދަތުރު ކެންސަލް ކުރެއްވި ސަބަބު؟

03 ސެޕްޓެމްބަރު 2017
ރައީސް ޔާމީން ހައްޖު ދަތުރު ކެންސަލް ކުރެއްވި ސަބަބު؟
30 އޯގަސްޓު 2017

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

30 އޯގަސްޓު 2017
އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް
01 ޖުލައި 2017

"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"

01 ޖުލައި 2017
"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"
20 ޖޫން 2017

ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

20 ޖޫން 2017
 ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް
15 ޖޫން 2017

ޒަވާޖީ ހަޔާތް އުފާވެރި ނަމަ ޝޯޝަލް މީޑިއާގައި ހިއްސާ ކުރާލެއް މަދު: ދިރާސާ

15 ޖޫން 2017
ޒަވާޖީ ހަޔާތް އުފާވެރި ނަމަ ޝޯޝަލް މީޑިއާގައި ހިއްސާ ކުރާލެއް މަދު: ދިރާސާ
25 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: "ބޮލުގެ އެއްޗެއްތަ؟"

25 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: "ބޮލުގެ އެއްޗެއްތަ؟"
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް