Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗު

އެކުވެރިކަމުގެ ފުރަތަމަ މެޗުން ރާއްޖެއަށް މޮޅެއް

15 ފެބުރުއަރީ 2022 | އަންގާރަ 19:34

ސީޝެލްސްގެ މައްޗަށް ރާއްޖެއިން ކުރިހޯދީ 1-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 15 ފެބުރުއަރީ 2022 | އަންގާރަ 19:34
ގައުމީ އަންހެން ފުޓުބޯޅަ ޓީމުން ސީޝެލްސް އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން

ގައުމީ އަންހެން ފުޓުބޯޅަ ޓީމުން ސީޝެލްސް އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން

ސީޝެލްސް އާއި ދެކޮޅަށް ރާއްޖެއިން ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ މިދިޔަ ނުވަ އަހަރުގެ ތެރޭ ގައުމީ އަންހެން ފުޓުބޯޅަ ޓީމުން ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުރަތަމަ މެޗެވެ.

މި މެޗު ފަށައިގެން ސީޝެލްސް ޓީމުން ކުރިޔަށް ޖެހި ރާއްޖޭގެ ހާފަށް ބާރުބޮޑުކުރި ނަމަވެސް އެ ޓީމަށް ގޯލަށް ނުރައްކާކޮށް އެދެވޭ ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. އެކަމަކު މެޗުގެ 10 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ސީޝެލްސް ކޮޅަށް ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ސީޝެލްސްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މި ލަނޑު ރާއްޖެއަށް ކާމިޔާބު ކޮށްދިނީ މަރިޔަމް ނޫރާއެވެ.

މި ލަނޑަށްފަހު ރާއްޖެއިން ކުރިޔަށް ޖެހި ސީޝެލްސްގެ ހާފަށް ބާރުބޮޑުކުރިއެވެ. ރާއްޖެއިން ލީޑު ފުޅާކުރަން އެންމެ ހުސްފުރުސަތެއް ލިބުނީ ފާތިމަތު ޝާލިޔާއަށެވެ. ހުސްކޮށްހުރެ ޝާލިޔާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގޯލުގެ ހުރަސް ދަނޑިއެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފު ފަށައިގެން ޝާލިޔާ ފޮނުވާލި ހިލޭ ޖެހުން ސީޝެލްސްގެ ކީޕަރު މެންޑީ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގައި ޝީޝެލްސްއަށް ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ އެ ޓީމުގެ ފޯވާޑް ނަތާޝާ ބީބީ އަށެވެ. އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާގެ ހުރަހަަކަށްވީ ރާއްޖޭގެ ކީޕަރު އާމިނަތު ލީޒާއެވެ.

މިރޭގެ މެޗުން ރާއްޖެ މޮޅުވިއިރު، މިއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައި ސްރީ ލަންކާ ބަލިކޮށް ތިން ވަނަ ހޯދި ފަހުން ލިބުނު ފުރަތަމަ މޮޅެވެ. ރާއްޖޭން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ދެ މެޗެއް ކުޅޭނެއެވެ.

ރާއްޖޭގެ އަންހެން ޓީމުން އަންނަ ބުރާސްފަތި ދުވަހުގެރޭ ނުކުންނާނީ ވެސް ސީޝެލްސްއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް