Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގދ. ތިނަދޫން މީހުން ބޭލި ހާދިސާ

ގދ.ތިނަދޫން މީހުން ބޭލި މައްސަލައިގެ ޕަބްލިކް ހިޔަރިންގަށް ނަންނޯޓުކުރުމުގެ މުއްދަތު އިތުރުކޮށްފި

މިހާރު ވަނީ ނަންނޯޓުކުރުމުގެ މުއްދަތު ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ 2 އަށް އިތުރުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ފެބުރުއަރީ 2022 | އަންގާރަ 11:14
ގދ. ތިނަދޫ

ގދ. ތިނަދޫ

ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާ އާއި ގުޅިގެން ބާއްވާ ޕަބްލިކް ހިޔަރިންގ ގައި ނަންނޯޓުކުރުމަށް ހުޅުވާލާފައިވާ ފުރުސަތުގެ މުއްދަތު މިމަހުގެ 24 ފެބުރުވަރީ އަށް އިތުރުކޮށްފިއެވެ.

ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށް ބުނެ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ޕަބްލިކް ހިއަރިންގތަކެއް ބޭއްވުމަށް ނިންމާފައިވާއިރު، އެހިޔަރިންގ ތަކުގައި ނަންނޯޓު ކުރުމަށް ހުޅުވާލީ 01 ފެބުރުވަރީ އިން ފެށިގެން 15 ފެބުރުވަރީ އާއި ދެމެދުއެވެ. ނަމަވެސް މިހާރު ވަނީ މިމުއްދަތު ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ 2ށް އިތުރުކޮށްފައެވެ.

މައްސަލަތަކުގެ އަޑުއެހުންތައް މާރޗު މަހުގެ 03 އިން 05 ވަނަ ދުވަހު ގދ. ތިނަދޫގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

އަދި މި މައްސަލައިގެ އިތުރު އަޑުއެހުންތަކެއް މާރޗު މަހުގެ 18 އަދި 19 ވަނަ ދުވަހު މާލޭ ސިޓީގައިވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ޕަބްލިކް ހިއަރިންގތަކުގައި ބަޔާންދިނުމަށް އެދޭ ފަރާތްތަކުން 01 ފެބުރުވަރީ އިން ފެށިގެން 15 ފެބުރުވަރީ އާއި ދެމެދު ނަންނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުން ބުނެއެވެ.

އެގޮތުން ބަޔާންދޭން ބޭނުންވާ ފަރާތަތްކަގެ ފުރިހަމަ ނަމާއި ،އައިޑީ ކާޑު ނަންބަރު، ގުޅޭނެ ނަންބަރު، ދާއިމީ އެޑްރެސް، މިހާރު ދިރިއުޅޭ އެޑްރެސް، މި ހާދިސާއާ ގުޅޭގޮތް ނުވަތަ މަޢުލޫމާތު އެނގޭ ގޮތް، ބަޔާންދޭން ބޭނުންވަނީ ލިޔުމުންތޯ ނުވަތަ ހާޒިރުވެގެންތޯ އަދި ބަޔާންދޭން ބޭނުންވަނީ ގދ. ތިނަދޫގައިތޯ ނުވަތަ މާލޭ ސިޓީގައިތޯ ބަޔާންކުރުމަށްފަހު 7223473 އަށް ފޯނުން ގުޅައި، ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް އަދިhearings@otj.gov.mv އަށް އީމެއިލް ކޮށްގެން މި މަޢުލޫމާތުތައް ހިއްސާކުރުމަށް ވަނީ އެދިފައެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޮމްބަޑްސްޕަރސަން ޖިހާދާ އަނީސް ވިދާޅުވީ، ޕަބްލިކް ހިއަރިންގ ގެ ދަށުން ހޯދާ މައުލޫމާތުތަކަށްފަހު އެ އޮފީހުން މައްސަލައިގެ ތަހުގީގާއި ގުޅޭ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ތަހުގީގުން ހޯދޭ މައުލޫމާތުތަކުގެ އަލީގައި މައްސަލައިގެ ހޯދުންތައް ފާހަގަކޮށް ނިންމުމަކާއި ހަމައަށް ދިއުމުން، މި މައްސަލަތަކާއި ގުޅޭ ދިރާސާތަކެއްވެސް ހައްދަވާނެކަމަށް ޖިހާދާ ވިދާޅުވިއެވެ. އެއަށްފަހު މުޅި މައްސަލައިގެ ހޯދުންތަކުގެ މައްޗަށް ރިޕޯޓު އެކުލަވާލައި، އޮންނަ އުސޫލުގެ ތެރެއިން އާންމު ކުރައްވާނެކަމަށް ޖިހާދާ ވިދާޅުވިއެވެ. އެގޮތުން ގދ. ތިނަދޫން މީހުން ބޭލި މައްސަލައިގެ ތަހުގީގު ނިމުމުން 2 މަސް ތެރޭގައި ރިޕޯޓު އާންމުކުރާނެކަމަށް ޖިހާދާ ވިދާޅުވިއެވެ.

ޖިހާދާ ވިދާޅުވީ، ތަހުގީގުތަކުގެ އަލީގައި ހޯދާ ހޯދުންތަކަށްފަހު، އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން އެ އޮފީހުން ކަމާގުޅުންހުރި އިދާރާތަކަށް ރެކޮމެންޑޭޝަންތައް ދޭނެ ކަމަށެވެ. އެ ރެކޮމެންޑޭޝަންތައް މައްސަލައިގެ ރިޕޯޓުގައިވެސް ހިމަނުއްވާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ

07 މާރިޗު 2017
އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު