Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީގެ މަސައްކަތަށް ހުރަސްއެޅުން

ކޮމިޝަންގެ މަސައްކަތަށް ހުރަސްއަޅާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނަން - އޭސީސީ

16 ނޮވެމްބަރު 2023 | ބުރާސްފަތި 07:32

އޭސީސީއަށް އެއްބާރުލުން ދިން އޮމްބަޑްސްޕާސަންގެ އޮފީހުގެ މުވައްޒަފުންނަށް ވަނީ ފިޔަވަޅު އަޅާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ނޮވެމްބަރު 2023 | ބުރާސްފަތި 07:32
އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުން

އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުން

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތަށް ހުރަސްއަޅާ ފަރާތްތަކާ މެދު ފިޔަވަޅުއަޅާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިފަދައިން ބުނެފައިވަނީ އެ ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލައަކާ ގުޅިގެން، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ދިޔަ އެ ކޮމިޝަނުގެ ތަޙުޤީޤު ޓީމުތަކަށް އެ އޮފީހުގެ ބައެއް އިސްވެރިން ހުރަސްއަޅާފައިވާތީއާއި ތަޙުޤީޤަށް އެއްބާރުލުން ދިން މުވައްޒަފުންގެ މަސައްކަތްތަކަށް ހުރަސްއަޅައި، މުވައްޒަފުންނަށް ދީފައިވާ ބައެއް އެކްސެސްތައް ކަނޑާލައި، އެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުން ސަސްޕެންޑްކޮށް، އެ އޮފީހުން އެމުވައްޒަފުންނާމެދު ފިޔަވަޅު އަޅާފައިވާތީ ކަމަށް އޭސީސީން ބުނެއެވެ. އޭސީސީން ވަނީ އެ މައްސަލަ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ.

Advertisement - newsAdvertisement

އޭސީސީން ވަނީ ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެއްބާރުލުންދީ، ފަސްޖެހުމެއްނެތި ޤާނޫނު ނެގެހެއްޓުމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ 3 މުވައްޒަފެއް މަސައްކަތްކޮށް ދެއްވާ ފައިވާތީ އެކަން ފާހަގަކޮށް އެމުވައްޒަފުންނަށް ޝުކުރުއަދާކޮށްފައެވެ.

މީގެ އިތުރުން ކޮމިޝަނުގެ ތަޙުޤީޤު ޓީމުން އިންތިޤާލީ އޮމްބަޑްސްޕަރސަންގެ އޮފީހަށް ގޮސް، ކޮމިޝަނުން ހިންގާ ތަޙުޤީޤަކަށް ބޭނުންވާ ލިޔެކިޔުމާއި މަޢުލޫމާތު ހޯދުމުގެ މަރުޙަލާގައި، އެ އޮފީހުން އާންމުންނަށް ދެމުންދިޔަ ޚިދުމަތްތަކަށް ބުރޫއަރާފާނެ ނުވަތަ ޚިދުމަތެއް ހުއްޓާލަންޖެހިދާނެ އެއްވެސް ޢަމަލެއް ހިންގާފައިނުވާނެކަމަަށް ބުނެފައިވެއެވެ.

ޤާނޫނު އަސާސީންނާއި ޤާނޫނުން ކޮމިޝަނާ މަތިކޮށްފައި އޮންނަ، މަސްއޫލިއްޔަތުތަކާއި އެ ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި، ކޮރަޕްޝަންގެ ޢަމަލެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ނުވަތަ ހިންގާކަމުގެ ނުވަތަ އެފަދަ ކަމެއްގެ މައްޗަށް ޝައްކުކުރެވިއްޖެނަމަ، އެ ކަމެއް ބަލައި ތަޙުޤީޤުކުރުމާއި، ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއެރުވުން ހިމެނޭ ކަމަށް އޭސީސީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކޮމިޝަނުން ބުނެފައިވަނީ މި ވަގުތު ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކުން ކޮމިޝަނުގެ މަސައްކަތާ ހަވާލުވިތާ މިހާތަނަށް ހިނގައި މިދިޔަ 1 އަހަރާ 8 މަސްދުވަހުގެ މުއްދަތުގައި، ކޮމިޝަނުން މަސައްކަތްކުރަމުން ގެންދަނީ، ޤާނޫނުއަސާސީންނާއި ޤާނޫނުން ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ފަސްނުޖެހި ކަމަށެވެ. އަދި ކުރިޔަށް އޮތްތާގައިވެސް އެގޮތަށް މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވުމަށާއި، އެފަދަ ތުހުމަތުތައް ބަލައި ތަޙުޤީޤުކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތަށް ގޮންޖަހާ، ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅުމަށް ޒިންމާދާރު މަޤާމުތަކުގައި ތިބޭ ފަރާތްތަކުން މަސައްކަތްކުރަމުން ގެންދާތީ، ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅާ ފަރާތްތަކާމެދު، ޤާނޫނުގެ އިމުގެ ތެރެއިން ކޮމިޝަނަށް އެޅެން ހުރި ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ޖޫން 2017

ހިއުމަން ރައިޓްސް ކޮމިޝަނަށް އެކޮމިޝަންގެ ކުރީގެ މެމްބަރު ޒާހިދު ނަން މަޖިލީހަށް ފޮނުވައިފި

05 ޖޫން 2017
ހިއުމަން ރައިޓްސް ކޮމިޝަނަށް އެކޮމިޝަންގެ ކުރީގެ މެމްބަރު ޒާހިދު ނަން މަޖިލީހަށް ފޮނުވައިފި
03 ޖޫން 2017

އިދިކޮޅު ޕާޓީތަކުގެ ވަފުދުން ޔޫރަޕިއަން ކޮމިޝަންގެ މަންދޫބުންނާއި ބައްދަލުކުރައްވައިފި

03 ޖޫން 2017
އިދިކޮޅު ޕާޓީތަކުގެ ވަފުދުން ޔޫރަޕިއަން ކޮމިޝަންގެ މަންދޫބުންނާއި ބައްދަލުކުރައްވައިފި
28 މެއި 2017

އިލެކްޝަން ކޮމިޝަންގެ ތިޖޫރި ފަޅާލައި ފައިސާތަކެއް ވަގަށް ގެންގޮސްފި

28 މެއި 2017
އިލެކްޝަން ކޮމިޝަންގެ ތިޖޫރި ފަޅާލައި ފައިސާތަކެއް ވަގަށް ގެންގޮސްފި
12 އެޕްރީލު 2017

ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި

12 އެޕްރީލު 2017
ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި
18 މާރިޗު 2017

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި
22 ފެބުރުއަރީ 2017

ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު

22 ފެބުރުއަރީ 2017
ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް