Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް

"އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސް ކުރުމަކީ 70 އަހަރުގެ އިޤްތިސާދީ ހިފެހެއްޓުމަކުން މިންޖުވާނެ ކަމެއް"

މިއީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ޤަރާރެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2022 | އަންގާރަ 09:27
އިގްތިސާދީ ކޮމެޓީގެ ބައްދަލުވުން --- ފޮޓޯ : ޔޫސުފް ސޮފްވާން

އިގްތިސާދީ ކޮމެޓީގެ ބައްދަލުވުން --- ފޮޓޯ : ޔޫސުފް ސޮފްވާން

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސް ކުރުމަކީ އެތައް އަހަރެއްގެ އިޤްތިސާދީ ހިފެހެއްޓުމަކުން މިންޖުވާނެ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

މެމްބަރުން އެހެން ވިދާޅުވީ، އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސް ކޮށްދިނުމަށް އެދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ޤަރާރާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން މެންބަރު ހުށަހެއްޅުއްވި މި ގަރާރު ބަލައިގަތުމަށް ފާސްކޮށް ރިޔާސަތުން ވަނީ މި ގަރާރު އިގްތިސާދީ ކޮމިޓީއަށް ފޮނުވާފައެވެ.

Advertisement - newsAdvertisement

މި ޤަރާރުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި ގުޅޭގޮތުން މީގެ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ. އެގޮތުން އޭރު ނިންމާފައިވަނީ ބައެއް ފަރާތްތަކުން ލިއުމުން މައުލޫމާތު ސާފު ކުރުމަށާއި، ކަމާ ގުޅުންހުރި ފަރާތްތައް ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.

ކޮމިޓީން މައުލޫމާތު ދޭ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި، ޑިފެންސް މިނިސްޓްރީގެ އިތުރުން، ޕޯޓް ހެލްތް އަދި ކަސްޓަމްސްއާއި، އިކޮނޮމިކް މިނިސްޓްރީއާއި، އިމިގްރޭޝަނާއި، ފިނޭންސް މިނިސްޓްރީ އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންގއާއި އެމްޕީއެލް މެދުވެރިކޮށް ކޮމިޓީން ވަނީ މައުލޫމާތު ސާފުކުރުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީން ވަނީ 2 ޕްރޮޕޯސަލްއެއްވެސް ފޮނުވާފައެވެ. "ކޮންފިޑެންޝަލް" ޕްރޮޕޯސަލެއްގެ ގޮތުގައި ފޮނުވާފައިވާ މި ހުށައެޅުންތައް ފިޔަވައި ދެން ހުރި މައުލޫމާތުތައް ކޮމިޓީން ވަނީ މެމްބަރުންނަށްވެސް ހިއްސާކޮށްފައެވެ.

އޭގެ އިތުރުން، ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ ބައެއް މައުލޫމާތު ފޯރުކޮށްދީފައެވެ. އެއާއެކު ކޮމިޓީއަށް މިހާރު ލިބިފައި ހުރި މައުލޫމާތުތަކުގެ އަލީގައި ދިރާސާކޮށް، އެކަމާމެދު ގޮތްތަކެއް ނިންމުމަށް މަސައްކަތް ކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވީ، އިހަވަންދިއްޕޮޅަކީ ވަރަށް ކުރީ ޒަމާނުއްސުރެ ވިޔަފާރިވެރިން މުދާ ބާލައި، މުދާ އަރުވާ ސަރަޙައްދެކެވެ. ނަަމަވެސް މުދާ ހިފައިގެން އަންނަ ބޯޓުފަހަރުތަކަށް ޚިދުމަތް ދިނުމަކީ ނުކުރެވި އޮތް ކަންތައްކަމަށް ވިދާޅުވިއެވެ.

މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީންވެސް މިވަގުތަށް ކުރެވޭނެ ކަންތައްތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން "ޝިޕް-ޓު-ޝިޕް ޓްރާންސްފަރ" ގެ ޚިދުމަތާއި، ބަންކަރިންގ ގެ ޚިދުމަތް ދިނުމާއި، ކެމިކަލް ސާފު ނުކުރާ ތެޔޮ އެއް ބޯޓުން އަނެއް ބޯޓަށް ބަދަލު ކުރުން ފަދަ ކަންކަން ހިމެނޭކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން އިތުރުން، މެމްބަރު އިބްރާހިމް ރަޝީދު ވަނީ ފުރަތަމަ ބޮޑު ހަނގުރާމައާއި، ދެވަނަ ބޮޑު ހަނގުރާމައިގައި ރައްޔިތުން ހިފެހެއްޓުނު ގޮތަށް އަދިވެސް ބޮޑުތިލަދުންމަތި އިޤްތިސާދީ ގޮތުން ކުރި ނާރައި، ހިފެހެއްޓިފައިވާކަމަށް ވިދާޅުވެފައެވެ.

އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވީ، މި ހުށައެޅުމަކީ ބޮޑުތިލަދުންމައްޗާއި މުޅި ރާއްޖެއަށްވެސް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ފަދަ ހުށައެޅުމެއް ކަމަށް ވިދާޅުވެފައެވެ. އަދި 70 އަހަރުވަންދެން އިޤްތިސާދީ ގޮތުން "ހިފެހެއްޓިފައި" އޮތް އޮތުން ނިމުމަކަށް އަންނާނެފަދަ ހުށައެޅުމެއްގެ ގޮތުގައިވެސް މެމްބަރު ވަނީ ސިފަ ކުރައްވާފައެވެ. މެމްބަރު ވަނީ މި ޤަރާރަށް ތާއީދު ކުރައްވައި، ވީހާވެސް އަވަަހަށް ރިޕޯޓު އެކުލަވާލައި ތަޅުމަށް ފޮނުވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

މި ހުށައެޅުމަށް ވާހަކަ ދައްކަވަމުން ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވީ، ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމު ކުރުމަށް ކުރަންޖެހޭ މަސައްކަތަކީ އިކޮނޮމިކް މިނިސްޓްރީން މިހާރުވެސް ކުރަމުންދާ ކަމެއްކަމަށާއި، އެކަމާގުޅިގެން ބަލަންޖެހޭ ކަންކަން މިނިސްޓްރީން ބަލަމުންދާކަން ކޮމިޓީއަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށެވެ. ވުމާއެކު، އިކޮނޮމިކް މިނިސްޓްރީއާ ބައްދަލުކޮށް، އެ މަސައްކަތް ގޮސްފައިވާ ހިސާބު ސާފު ކުރުމަށް ވަނީ ހުށައަޅުއްވާފައެވެ.

އެހެން މުއައްސަސާތަކުންވެސް މި ކަމަކީ މުހިއްމު ކަމެއްކަން ފާހަގަކޮށްފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ.

އޭގެ އިތުރުން، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ވަނީ މިއީ މި އަހަރުގެ ބަޖެޓުގެ ތެރެއިން ކުރެވެން އޮތް ކަމެއް ނޫންކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދީފައިވާއިރު، އިތުރަށް މި މަސައްކަތް ކުރެވޭނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ. އެގޮތުން ދެން އޮތް ގޮތަކީ ކޮންޓްރެކްޓަރ ފައިނޭންސިންގ އަށް ހުޅުވާލައިގެން މިކަަމަށް ޝައުޤުވެރިވާ ބަޔަކު ތިބިތޯ ބެލުންކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު މުޙައްމަދު ރަޝީދުވެސް ވަނީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ހުށައެޅުއްވި ގޮތަށް އިކޮނޮމިކް މިނިސްޓްރީ ހާޒިރު ކޮށްގެން މި މަސައްކަތް ގޮސްފައިވާ ހިސާބު އޮޅުން ފިލުވުމަށް ތާއީދު ކުރައްވާފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީން ފޮނުވި މައުލޫމާތުގައި "ސީ މާރޝަލްސް" ގެ ޚިދުމަތް ދިނުން ހިމަނާފައިވާއިރު، އޭގެ ތެރޭގައި ހަތިޔާރު ރައްކާ ކުރާނެ ގޮތް މި ސަރަޙައްދުގައި ޤާއިމު ކުރުންވެސް ހިމެނޭ ކަމަށެވެ. ނަމަވެސް ޑިފެންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ޓްރާންޕޯޓުން ފާހަގަކޮށްފައިވާ ނުކުތާ ނެތްކަމަށް ވިދާޅުވިއެވެ. ވީއިރު މިއީ ބޮޑު ކަންބޮޑުވުމެއް ކަމަށާއި، މިކަން ސާފު ކުރަންޖެހޭނެކަމަށް ސައީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އިޤްތިސާދީ ކޮމިޓީގެ މުޤައްރިރު އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ވިދާޅުވީ، ކޮމިޓީން ކޮންމެ ނިންމުމެއްވެސް ނިންމާނީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.

މެމްބަރު ސައީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް ވިދާޅުވީ، ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީގައިވެސް ހަތިޔާރުގެ ވާހަކައާއި، އެކަމާ ގުޅިގެން ކޯސްޓްގާރޑުން ފާހަގަކުރާ ނުކުތާތައް ހިމަނާފައިވާ ކަމަށެވެ. ވީއިރު އޮޅުންއަރާ ގޮތަށް މުޅިން އެހެން މިސްރާބަކަށް ވާހަކަ ގެންދަވައި، ސިޔާސީ މަންފާއަށް މަސައްކަތް ނުކުރެއްވުމަށް މެމްބަރު އިސްމާއިލް ވަނީ އެދިވަޑައިގަންނަވާފައެވެ.

ކޮމިޓީގައި ވާހަކަ ދެއްކެވި ބައެއް އިތުރު މެމްބަރުންވެސް ވަނީ ކޮންމެ ކަމެއް ސިޔާސީކޮށް، އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ޙަރަކާތާއި ގުޅުވާކަމަށް ވިދާޅުވެފައެވެ.

ޤަރާރާއި ގުޅޭގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މިއީ މުޅި ރާއްޖެއަށް އިޤްތިސާދީ ގޮތުން ހެޔޮ ބަދަލެއް ގެންނާނެ ފަދަ މަސައްކަތެއްކަން ހުށައެޅިފައިވާ ޤަރާރުންނާއި، ކަމާ ގުޅުންހުރި އިދާރާތަކުން ފޮނުވާފައިވާ މައުލޫމާތުތަކުން ސާފުވާ ކަމަށެވެ. މިއީ ކުރަން މުހިއްމު މަސައްކަތެއްކަން މެމްބަރު ފާހަގަ ކުރެއްވިއެވެ. މާލީ ގޮތުން މި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދައިގެންވެސް ކުރުމަކީ ރާއްޖޭގެ އިޤްތިސާދަށްޓަކައި ކުރުން ރަނގަޅު މަސައްކަތެއްކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރުން ވަނީ މިއީ މިހާރުން މިހާރަށްވެސް ފަށައިގެން ކުރިއަށް ގެންދެވިދާނެ އަދި، ދައުލަތަށްވެސް ބޮޑެތި މަންފާތަކެއް ލިބިގެންދާނެ މަސައްކަތެއްކަން ފާހަގަކޮށްފައެވެ. އެގޮތުން ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމު ކުރެވެންދެންވެސް ފަސޭހައިން ބައެއް ކަންކަން ހަމަޖަައްސައިގެން މިހާރުން މިހާރަށްވެސް މި މަސައްކަތް ފެށިދާނެކަން މެމްބަރުން ފާހަގަކުރެއްވިއެވެ. އެކަމަށްޓަކައި އެ ސަރަޙައްދުން ދަތުރުކުރާ އާގުބޯޓުފަހަރުތަކަށް ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކޮމިޓީން ކުރަންޖެހޭކަމަށް މެމްބަރުން ވިދާޅުވިއެވެ.

ކޮމިޓީން ވަނީ ދުވާފަރު ދާއިރާގެ މެމްބަރު އެދިވަޑައިގެންނެވި ގޮތަށް، އިކޮނޮމިކް މިނިސްޓްރީ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމަވާފައެވެ.

ދިވެހިރާއްޖެއިން ޝިޕިންގް ގެ ދާއިރާއިން އިތުރު މަންފާ ހޯދައި ދާއިރާ ފުޅާކުރުމަށްޓަކައި އުތުރުގެ އެ ސަރަޙައްދުން ދަތުރުކުރާ ބޯޓުފަހަރަށް ކުރޫއިން ބަދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުން ވަރަށް މުހިންމުކަމަށް ގިނަ ބަޔަކު ދެކެއެވެ. އެ ސަރަޙައްދު ހުރަސްކޮށް ދުވާލެއްގެ މައްޗައް އެވްރެޖްކޮށް 45 - 55 އާ ދެމެދުގެ އަދަދެއްގެ އާގު ބޯޓް ފަހަރު ދަތުރުކުރަމުންދާއިރު،  ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމު ކުރެވެންދެން އެ ސަރަޙައްދުގައި ފެށިދާނެ ޙަރަކާތްތަކެއް ބަޔާންކުރައްވައި، ހއ. ހޯރަފުއްޓާއި، ތުރާކުނާއި، އުލިގަމުގެ ކައުންސިލު މެމްބަރުން ސޮއި ކުރައްވައި ނެރުއްވާފައިވާޤަރާރެއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ހުށަހަޅުއްވާފައެވެ. 

ބައިނަލް އަޤުވާމީ ޝިޕިންގ ރޫޓުގެ ސްޓްރެޓެޖިކް ލޮކޭޝަނެއްގެ ގޮތުގައި ރާއްޖޭގެ އެންމެ އުތުރު ސަރަހައްދު ފާހަގަވެފައި ވާއިރު، އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމަށް ފުރިހަމަ ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމުކުރުމަކީ، އަގުބޮޑު ކަމެއް ކަމުގައި ވާނެކަމަށް ކައުންސިލުތަކުން ވެސް ޤަބޫލު ކުރެއެވެ.

ނަމަވެސް، އެއްފަހަރާ އެ ޚަރަދު ނުކޮށް އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރުކުރާ އާގު ބޯޓުފަހަރަށް މިވަގުތަށް ވެސް މާ ބޮޑު ބުރަތަކެއް ނެތި އެ ސަރަޙައްދުން ޚިދުމަތްދީގެން ކުރު މުއްދަތުގައި ވެސް އިޤުތިޞާދީ ގޮތުންނާއި އުމްރާނީގޮތުން ބޮޑުމަންފާއެއް ހޯދޭނެ ގޮތްތަކެއް އެބަހުރިކަމަށް ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ

ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ

13 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު