Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރޫޓުގެ ފައިސާ ފޭރުނު މައްސަލަ

ރޫޓުގެ ފައިސާ ފޭރުނު މީހުން ދައުވާއަށް އިއުތިރާފުވެފައިވަތީ ކުށް ސާބިތުވާކަމަށް ކަނޑައަޅައިފި

15 ފެބުރުއަރީ 2022 | އަންގާރަ 07:32

ފޭރުމުގެ ކުށުގެ ދަައުވާ އުފުލާފައިވާ 4 މީހުންވެސް ވަނީ ދައުވާއަށް އިއުތިރާފުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ފެބުރުއަރީ 2022 | އަންގާރަ 07:32
ރޫޓް ފައިސާ ފޭރުނު މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް

ރޫޓް ފައިސާ ފޭރުނު މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް

25 އޮކްޓޫބަރު 2020 ދުވަހު ރޫޓް ފިހާރައިގެ ފަރާތުން ބޭންކް އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ 4 މިލިއަނަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި ފޭރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މީހުން ދައުވާއަށް އިއުތިރާފުވެފައިވާތީ ކުށް ސާބިތުވާކަމަށް ކަނޑައަޅައިފިއެވެ.

ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުުމުގައި މި މައްސަލައިގައި ފޭރުމުގެ ކުށުގެ ދަައުވާ އުފުލާފައިވާ 4 މީހުންވެސް ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. ވުމާއެކު، އެ 4 މީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އަވަސް ނިޔާގެ ދަށުން ޙުކުމް ކުރުން 20 ފެބްރުއަރީއަށް ވަނީ ތާވަލުކޮށްފައެވެ.

Advertisement - newsAdvertisement

އެގޮތުން ކުށް ސާބިތުވެފައިވަނީ ލ. ގަން. ތުނޑި، ކީމިޔާގެ، ޢަބްދުﷲ ރާޝިދުއާއި، ގއ. ވިލިނގިލި، ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރުއާއި، ކ. މާލެ، ދަފްތަރު. ނަންބަރު ރސ 3678، ޙުސައިން ޢަބްދުލްމަޖީދުއާއި، ކ. މާލެ، ވ. ޕިންކްވިލާ، އަޙްމަދު އަމީރުގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެދަށުން އުފުލާފައިވަނީ ފޭރުމުގެ ކުށުގެ ދަޢުވާއެވެ.

އޭގެ އިތުރުން، ރ. ރަސްމާދޫ، އޯކިޑްމާގެ، މުޙައްމަދު ޢަޒްމީންގެ މައްޗަށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އުފުލިއެވެ. އެހެންނަމަވެސް އޭނާ ދައުވާއަށް އިއުތިރާފު ވެފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި "ރޫޓް" ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާ ކަރުދާސް ބޮޑު ފޮށިގަނޑަކަށް އަޅާއިގެން އައި ވޭން، ބޭންކް އޮފް ސިލޯން ކުރިމައްޗަށް މަޑު ކުރުމާއެކު، ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ވަނީ އެ ފައިސާ ފޮށިގަނޑު ފޭރެން މަސައްކަތްކޮށްފައެވެ.

ނަމަވެސް އެ މީހުންނަށް އެކަން ކާމިޔާބު ނުވީ، ބޭންކް އޮފް ސިލޯންގެ ސެކިއުޓީ ބަލަހައްޓާ، އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޑެޓް (އޭއެސްއޭޕީ) ގެ ސެކިއުރިޓީ ގާޑު ބޭންކުން ނުކުމެ، އެ ފައިސާ ފޮށިގަނޑު އެ މީހުންގެ އަތުން އަތުލައިގަތުމުގެ ސަބަބުންނެވެ.

އޭއެސްއޭޕީގެ އެ ސެކިއުރިޓީ އޮފިޝަލްގެ ކުޅާދާނަކަން ފާހަގަ ކޮށް، ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކޮށްފައެވެ. އަދި ބޭންކް އޮފް ސިލޯނުންނާއި އަދި "ރޫޓް" ފިހާރައިން ވެސް އޭއެސްއޭޕީގެ އެ ސެކިއުރިޓީ އޮފިޝަލްގެ ކުޅާދާނަކަން ފާހަގަކޮށް، އޭއެސްއޭޕީގެ ވެރިންނަށް ޝުކުރު އަދާ ކޮށްފައި ވެއެވެ.

ސައިކަލުގައި ދިޔަ ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ތިބީ ހެލްމެޓް އަޅައިގެންނެވެ. އަނެކަކު ހުރީ މާސްކެއް އަޅައިގެންނެވެ. ފައިސާ ފޭރެން މަސައްކަތް ކުރި އެ ވަގުތަކީ، އެ ސަރަހައްދުގެ ކާރުބާރު ބޮޑު، އަދި މީހުން ގިނަ އަދަދަކަށް ތިބި ވަގުތެއް ނަމަވެސް، ވީޑިއޯއިން ފެންނަ މަންޒަރުން، އާންމުންގެ ގިނަ ބަޔަކު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިން އިރު އަނެއްބަޔަކު އުޅުނީ، އެ ސަރަހައްދު ދޫކޮށް ދިއުމުގައެވެ.

ފޭރެން އުޅުނު މީހުން އައީ ދެ ސައިކަލްގައި "ރޫޓް" ފިހާރައިގެން ވޭނަށް ފާރަލައިގެންނެވެ. ފޭރެން އުޅުނު މީހުން ވަނީީ "ރޫޓް" ފިހާރައިގެ ވޭނުގައި އައި މީހުންގެ ލޮލަށް ބޮޑީ ސްޕްރޭ ވެސް ޖަހާފައެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް