Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން - ރަޝިޔާ މަސްރަހު

ރަޝިޔާ ނުރުހުނަސް ނޭޓޯގެ މެމްބަރު ގައުމަކަށްވާން ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން: ޔޫކްރެއިންގެ ރައީސް

14 ފެބުރުއަރީ 2022 | ހޯމަ 19:10

ޔޫކްރެއިނުން ނިންމާފައިވާ ގޮތަށް ކުރިޔަށްދާން ޖެހޭނެކަމަށް ދެކެވަޑައިގަންނަވާކަމަށް ވޮލިޑިމިރް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ފެބުރުއަރީ 2022 | ހޯމަ 19:10
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ

ރަޝިޔާ ރުޅިއަޔަސް އަދި ހުޅަނގުގެ ބައެއް ގައުމުތަކުން ޝައްކުކުރިނަމަވެސް, ޔޫކްރެއިނުން ނޭޓޯގެ މެމްބަރު ގައުމަކަށް ވުމަށް ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޖަރުމަނުގެ ޗާންސެލަރ އޫލާފް ޝޯލްޒްއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވޮލޮޑިމިރް ވިދާޅުވީ, ދުނިޔޭގެ ގިނަ ނޫސްވެރިންނާއި ލީޑަރުން ނުސީދާކޮށް ޔޫކްރެއިންއަށް ދެމުންދާ މެސެޖަކީ, ޔޫކްރެއިނުން ނޭޓޯއާ ގުޅުމުގެ ރިސްކު ނުނެގުމަށްކަމަށެވެ. ނޭޓޯއާ ގުޅުމުގެ ވާހަކަތައް ނުދެއްކުމަށާއި އެއީ އެކަމަކީ ރަޝިޔާއިން އެކަމަށް ރައްދުދޭނެ ކަންތައްތަކެއް ކަމަށް ވާތީކަމަށެވެ.

ނަމަވެސް ޔޫކްރެއިނުން ނިންމާފައިވާ ގޮތަށް ކުރިޔަށްދާން ޖެހޭނެކަމަށް ދެކެވަޑައިގަންނަވާކަމަށް ވޮލިޑިމިރް ވިދާޅުވިއެވެ.

ޔޫކްރެއިންގެ ރައީސް މިމޭރުމުން ވާހަކަދައްކަވާފައި މިވަނީ ޔޫކްރެއިން ނޭޓޯއާ ގުޅުމަކީ ރަޝިޔާއާ ހަނގުރާމަ ކުރަންޖެހޭ ސަބަބުކަމަށްވާނަމަ އެވިސްނުން ދޫކޮށްލެވިދާނެކަމުގެ އިޝާރާތެއް, އިނގިރޭސިވިލާތުގައި ހުންނަވާ ޔޫކްރެއިންގެ އެމްބަސެޑަރ ދެއްވިފަހުންނެވެ. ބީބީސީއަށް ދެއްވި އިންޓަރވިއުއެއްގައި އެމްބަސެޑަރ ވާދިމް ޕްރިސްޓެކޯ ވިދާޅުވީ, ޔޫކްރެއިނުން ނޭޓޯއާ ގުޅުމަށް ބޭނުންވާކަމަށާއި ނަމަވެސް އެކަމަކީ ހަނގުރާމައެއްގެ ފެށުން ކަމުގައިވާނަމަ އެކަމުގައި އެހެން ވިސްނުމަކަށް ދެވިދާނެކަމަށެވެ.

އެމްބަސެޑަރގެ އެވާހަކަތަކަށްފަހު ޔޫކްރެއިންގެ ފޮރިން މިނިސްޓަރ ޑިމިޓްރޯ ކުލޭބާވެސް ވަނީ ނޭޓޯއާ ގުޅުމުގެ ޕްލޭން ބަދަލުނުވާކަމަށް ވިދާޅުވެ ޓްވީޓްކުރައްވާފައެވެ. ޓްވީޓްގައި ވަނީ, ނޭޓޯއާ ގުޅުމުގެ ޕްލޭނަށް ބަދަލެއް ނާންނަކަމަށާއި ނޭޓޯގެ މެމްބަރު ގައުމަކަށްވުމުގެ ކަންތަކުގައި ގޮތް ނިންމާނީ ހަމައެކަނި ޔޫކްރެއިންއާއި ނޭޓޯގައި ހިމެނޭ ގައުމުތައްކަމަށެވެ.

އަނެއްކޮޅުން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އަންނަނީ, ރަޝިޔާއިން ކޮންމެ ފަދަ ވަގުތެއްގައިވެސް ޔޫކްރެއިންއަށް ހަމަލާދީފާނެކަމަށް ބުނެ ތަކުރާރުކޮށް އިންޒާރުދެމުންނެވެ. އެއިންޒާރުތަކާ ގުޅިގެން ރަޝިޔާއިން ތަކުރާރުކޮށް ބުނަމުން އަންނަނީ ޔޫކްރެއިނަށް ހަމަލާދޭން ނޫޅޭކަމަށެވެ. ނަމަވެސް ރަޝިޔާއާއި ޔޫކްރެއިން ގުޅޭ ސަރަހައްދީ އިމުގައި ރަޝިޔާގެ އަސްކަރިއްޔާގެ އެއްލައްކަ ސިފައިން ޖަމާވެފައިވާތީ ޔޫކުރެއިނުން އަންނަނީ އެކަމުގެ މަގުސަދު ހާމަކުރުމަށް ގޮވާލަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 ޖުލައި 2017

ރަޝިޔާ އާއި އެމެރިކާގެ ރައީސުން ސީރިޔާގެ ދެކުނުހުޅަނގުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

08 ޖުލައި 2017
ރަޝިޔާ އާއި އެމެރިކާގެ ރައީސުން ސީރިޔާގެ ދެކުނުހުޅަނގުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ
13 ޖޫން 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި
12 ޖޫން 2017

ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ

12 ޖޫން 2017
ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ
14 އެޕްރީލު 2017

ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

14 އެޕްރީލު 2017
ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
03 އެޕްރީލު 2017

ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

03 އެޕްރީލު 2017
ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
20 ފެބުރުއަރީ 2017

ރަޝިޔާ އިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަވާހަރާވެއްޖެ

20 ފެބުރުއަރީ 2017
ރަޝިޔާ އިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަވާހަރާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް