Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭ.އެސް.ސީ އަށް މީހުން އައްޔަން ކުރުން

މީހާއަކީ ތެދުވެރިއެކޭ ނުވަތަ ރަނގަޅު މީހަކު ކަމަށް އެކެއްގެ ވެސް ނިއްކުރީގައި ޖަހާފައެއް ނުވޭ -  ނަޝީދު

14 ފެބުރުއަރީ 2022 | ހޯމަ 14:12

ޖޭ.އެސް.ސީން ސިޔާސީ މީހުނާއި ފަނޑިޔާރުން މަދުކުރުމަށްފަހުގައި، އެ ކޮމިޝަނުގައި އިތުރަށް ހިމަނާނޭ ބަޔަކު ކަނޑައަޅާނޭ ގޮތްތަކެއް އެބަ ނިންމަން ޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ފެބުރުއަރީ 2022 | ހޯމަ 14:12
ރައްޔިރުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިރުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މީހާއަކީ ތެދުވެރިއެކޭ ނުވަތަ ރަނގަޅު މީހަކު ކަމަށް އެވެސް މީހެއްގެ ނިއްކުރީގައި ޖަހާފަ ނުވާ ކަމަށާއި، އަބަދު ވެސް މީހަކު ކަނޑައެޅެނީ ރައްޔިތުންގެ ތެރެއިން ރުހުން ލިބޭ މީހުންގެ ތެރެއިން ކަމަށާއި، އެކަން ކުރެވެން އޮންނަ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިފައި އޮތީ ވޯޓުނެގުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީގެ މެމްބަރުންގެ 5 އަހަރުގެ މުއްދަތު 3 އަހަރަށް ބަދަލު ކުރެއްވުމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް ރައްޔިތުންގެ މަޖީލަށް ހުށަހެޅުއްވި ބިލަށް ބަހުސް އަށް ހުޅުވާލެއްވުމުގެ ކުރިން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޖުޑީޝަލް ސަރވިސަސް ކޮމިޝަނުން ކުރާންޖެހޭ މަސަކަތަކީ، ފަނޑިޔާރުންގެ ސުލޫކީ މަސައްކަތްތައް ބެލުމާއި، އެ މަސައްކަތުގެ ތެރެއިން ފަނޑިޔާރުގޭގެ ކަންކަން އިންސާފުވެރި ގޮތުގައި ކުރިއަށް ގެންދިއުމަށް ހިތްވަރުކުރުން ކަމަށެވެ. އަދި ފަނޑިޔާރުންނާ ބެހޭ ގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރާން ހުށަހަޅަންޖެހޭ ފަރާތްތަކަށް ށަހެޅުމާއި، ޢަދުލުއިންޞާފު ގާއިމުކުރުމުގެ ކަންތައްތައް ހިންގުމުގައްޔާއި، ކޯޓުތަކާ ގުޅޭ އެހެނިހެން ކަންތައްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ލަފާދިނުމަކީ މިއަދު ޢަމަލުކުރަމުން މި ދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 150 ވަނަ މާއްދާގެ ދަށުން ޖޭ.އެސް.ސީއާ މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ މިއީ މި ޤާނޫނުއަސާސީ އެކުލަވައިލެވުނުއިރުގައި ޢަމަލުކުރަމުން ގެންދިޔަ "ނޫ ޤާނޫނުއަސާސީ"ގައި ޝަރީޢަތް ހިންގުމާ ގުޅޭ ގޮތުން ކަނޑައަޅާފައި އޮތް ގޮތް ކަމަށެވެ. ޖޭ.އެސް.ސީގައި ސިޔާސީ މީހުނާއި އަދި ފަނޑިޔާރުން ވެސް މި ވަގުތު ހިމެނޭ ކަމަށާއި، މިއަދު މި ދެކެނީ، ޖޭ.އެސް.ސީގައި ސިޔާސީ މީހުންނާއި އަދި ފަނޑިޔާރުން ތިބެގެންނުވާނެ ކަމަށާއި، އެ ކޮމިޝަންގައި ދެ ބައިމީހުން ވެސް ހިމެނެނީ އެއް މިންވަރަކަށް ކަމަށެވެ.

އަދި ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ސުޕްރީމް ކޯޓާއި، ހައި ކޯޓާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުމުލަ ތިން ފަނޑިޔާރުން އެ ކޮމިޝަންގައި ތިއްބަވާ. ސިޔާސީ މީހުންގެ ތެރެއިން ތިން ބޭފުޅުން ނާ މިހަމީހުންގެ އިތުރުން އެ ކޮމިޝަންގައި ދެން ތިބޭ ހަތަރު މީހުންގެ ތެރެއިން ތިން މީހުންނަކީ ވެސް މަޖިލީހުން ކަނޑައަޅާ މީހުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މީހުން ކަމަށެވެ. އެ ނޫން ފަރާތަކަށް އެ ކޮމިޝަންގައި ހިމެނެނީ، ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރާ ގާނޫނީ ވަކީލެއް ކަމަށެވެ. މަޖިލީހުގެ ރައީސް އެއީ ދައުލަތުގެ އެއް ބާރު ކަމަށާއި، އޭނާ ވެސް ޖޭ.އެސް.ސީގައި އިންނަންޖެހޭ ކަމަކީ އުނިކަމެއް ކަމަށެވެ.

އެހެންނަމަވެސް، މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ޖޭ.އެސް.ސީގައި އިނުމަކީ އެ ތަނަށް ސިޔާސީ ބާރުވެރިކަން ފޯރަންޖެހޭ މިންވަރަށް ފޯރުމަށް ބޭނުންތެރި ކަމެއް ކަމަށެވެ. ސިޔާސީ މީހުންނަކީ، ސީދާ ރައްޔިތުން އިންތިޚާބުކުރާ ބައެއް ކަމަށާއި، އެއިރެއްގައި ރައްޔިތުންގެ ވިންދު ހުރި ގޮތް ތަމްސީލުކުރުމަށް މަޖިލީހުގެ މެންބަރުން ނޫން ބައެއް ހަމަ އަދިވެސް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ޖޭ.އެސް.ސީގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ފަނޑިޔާރުންގެ ކަންކަން ބަލައި، ފަނޑިޔާރުންނާ ބެހޭ ގޮތުން އުފުލާ ޝަކުވާތައް ބަލައި، އެ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށާއި، އެ ހިމެނޭއިރު، ޖޭ.އެސް.ސީއަކީ ޤާނޫނުއަސާސީން އުފައްދާފައިވާ ވަކި ފަރާތަކަށް ބުރަނުވެ، މިނިވަން މުސްތަޤިއްލު މުއައްސަސާއެއް ކަމަށް ވާއިރު، އެ ތަނުގައި ގިނަ އަދަދެއްގެ ފަނޑިޔާރުން ތަމްސީލުވުމަކީ މަޞްލަޙަތު ފުށުއެރުން އެކަށީގެންވާ ކަމެއް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މެންބަރު ގޮތްތަކެއް ހުށަހަޅުއްވާ ކަމަށާއި، މީހާއަކީ ތެދުވެރިއެކޭ ނުވަތަ ރަނގަޅު މީހަކު ކަމަށް އެކެއްގެ ވެސް ނިއްކުރީގައި ޖަހާފައެއް ނުވާ ކަމަށެވެ. އަދި އެއްވެސް މީހަކު ކަނޑައެޅެނީ ރައްޔިތުންގެ ތެރެއިން ރުހުން ލިބޭ މީހުންގެ ތެރެއިން ކަމަށެވެ. އަދި އެކަން ކުރެވެން އޮންނަ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިފައި އޮތީ ވޯޓުނެގުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.  

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް