Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިޔާ އައުޓް ހަރަކާތް

"އިންޑިޔާ އައުޓް"ގެ ސަބަބުން، ގާތް ގުޅުމުގެ ސަބަބުން ލިބޭ ފައިދާތައް ނުލިބިދާނެ: ފައްޔާޒު

އިންޑިޔާ އައުޓް ހަރަކާތަކީ ސިޔާސީ ގޮތުން ވަކި މަންފާއެއް ހާސިލުކުރުމަށް ހިންގާ، ޒިންމާދާރުކަން ކުޑަ ހަރަކާތެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2022 | ހޯމަ 14:43
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް، 241 ކޮމިޓީގައި ވާހަކަދައްކަވަނީ

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް، 241 ކޮމިޓީގައި ވާހަކަދައްކަވަނީ

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ކުރިޔަށް ގެންދާ "އިންޑިޔާ އައުޓް" ހަރަކާތުގެ ސަބަބުން, އިންޑިޔާއިން ރާއްޖެއަށް ދެމުންގެންދާ އެހީތައް ކަނޑާލާނެކަމަށް ގަބޫލުފުޅުނުކުރައްވާ ކަަމަށާއި, ނަމަވެސް އޮންނަ ގާތްގުޅުމުގެ ސަބަބުން ލިބޭ އެހީތެރިކަން ނުލިބިދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާރު އިސްމާއީލް ވިދާޅުވެއްޖެއެވެ.

"އިންޑިޔާ އައުޓް" ހަރަކާތުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ، އެކަން ބަލައިދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުހައްމަދު ނަޝީދު ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުން ވަނީ ހޯމަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމަށް ހާޒިރުކޮށްފައެވެ. ކޮމިޓީން އަންނަނީ ކަމާގުޅުން ހުރި އެކި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށް, އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ނުކުމެދާނެ ނަތީޖާތައް ދެނެގަތުމާއި، އެކަމާގުޅޭ ދިރާސާތައް ހައްދަވަމުންނެވެ.

Advertisement - newsAdvertisement

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވަނީ, އިންޑިޔާ އައުޓް ހަރަކާތަކީ ސިޔާސީ ގޮތުން ވަކި މަންފާއެއް ހާސިލުކުރުމަށް ހިންގާ, ޒިންމާދާރުކަން ކުޑަ ހަރަކާތެއް ކަމަށް ވިދާޅުވެފައެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ އެހަރަކާތުގެ ސަބަބުން ބޭނުމެއްނެތް ނުރައްކަލެއްގެ ތެރެއަށް އަމިއްލައަށް ހުށަހެޅެނީކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއީ އިންޑިޔާގެ އަސްކަރިއްޔާ ރާއްޖޭގައި އޮތްކަމަށްބުނެ, ރާއްޖެއާ އިންޑިޔާއާ އޮތް ގުޅުން ހީނަރުކޮށްލަން ސިޔާސީ މަގުސަދެއްގައި ކުރާ ކަމެއްކަމަށެވެ.

މިހަރަކާތަކީ އިންޑިޔާއިން މިސަރުކާރަށް ދެމުންގެންދާ އެހީތައް ހުއްޓުވާލުމަށް ސިޔާސީ ގޮތުން ކުރަމުންދާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިންޑިޔާ ކަނޑަކީ އަބަދުވެސް ދުނިޔޭގެ ބާރުތަކުގެ ކަޅި އަމާޒުވެފައިވާ ކަނޑެއްކަމަށެވެ. އެހެންކަމަށްވާއިރު, މިކަމުގެ ސަބަބުން އިންޑިޔާ ކަނޑުގެ މަސްލަހަތަށް ބުރޫއެރުމަކީ ވަރަށް ގާތްކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެފަދަ ކަމެއްވެއްޖެނަމަ އޭގެ އަސަރު ރާއްޖެއަށްވެސް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިސްތިގުލާލަށް އަސަރުކުރާ ވާހަކަ މިނިސްޓަރ ވިދާޅުވުމުން ކޮމިޓީ ބައްދަލުވުމުގައި މެމްބަރުންނަށް އިތުރު ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރ މުހައްމަދު ޣައްސާން މައުމޫން ވަނީ, އެކަން އިތުރަށް ތަފުސީލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

އެކަމުގެ ތަފްސީލު ދެއްވަމުން މިނިސްޓަރ ވިދާޅުވީ, އިސްތިގުލާލު ގެއްލޭ ވާހަކަކަމަށް އިޝާރާތްކުރައްވަނީ އިންޑިޔާ ސަިފައިން އައިސް ރާއްޖެ އަރާ ވާހަކަ ނޫންކަމަށެވެ. އަދި އެހެން ގައުމެއްގެ ސިފައިންވެސް ރާއްޖެ އަރާ ރާއްޖެ ހިފަން މަސައްކަތްކުރާނެކަމަށް ގަބޫލުނުކުރައްވާކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިގުތިސާދީ ގޮތުން ކުރިމަތިވާނެ ކަންކަމަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ, ޒަމާނުއްސުރެ އިންޑިޔާއާ ރާއްޖެއާ ގާތްގުޅުމެއް އެދާއިރާއިން އެބައޮތްކަމަށެވެ. އިންޑިޔާއިން އެހެން އެއްވެސް ގައުމަކަށް ބޭރުނުކުރާ ބާވަތްތަކުގެ މުދާ ޚާއްސަ ކޯޓާއެއްގެ ދަށުން ރާއްޖެއަށް ދެމުންގެންދާކަމަށެވެ. މީގެތެރޭގައި ފުޑް ސެކިޔުރިޓީގެ ބޮޑު ބައެއް އިންޑިޔާއަށް ބަރޯސާވާކަމަށެވެ. ރާއްޖޭގައި ހުރިހާ ރައްޔިތުންނަށް އެކާބޯތަކެތި އަމިއްލައަށް ހައްދައިގެން ފޯރުކޮށްދިނުމުގެ ގާބިލްކަމެއް އަދި ރާއްޖޭގައި ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް އިންޑިޔާއިން އެތެރެކުރާ ގިނަ ބާވަތްތަކަކީ މާކުރިން ކޯޓާ ހަމަޖެހި, އިންޑިޔާ ސަރުކާރުގެ އުސޫލުތަކަށް ބަދަލު އަޔަސް ބަދަލު ނާންނަ ކަންކަންކަމަށެވެ.

މީގެއިތުރުން ތަރައްގީގެ މަޝްރޫްުތަކަށް ބޭނުންވާ ހިލައާއި ހިލަވެއްޔަކީ މިހާރު ދުނިޔޭގައި ހޯދަން އުނދަގޫ, ދުރުން ގެންނަ ކަމަށްވާނަމަ ކޮންސްޓްރަކްޝަންގެ އަގު އުފުލިގެންދާނެ ތަކެތިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިންޑިޔާއިން މިތަކެތި ބޭރުކުރުން މަނާކޮށްފައި އޮންނައިރުވެސް ޚާއްސަ ކޯޓާއެއްގެ ދަށުން ރާއްޖެއަށް މިތަކެތި ބޭރުކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން 8 ލައްކަ މެޓްރިކް ޓަނުގެ ކޯޓާއެއް ރާއްޖެއަށް އޮންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ކަންކަން މިހެން އޮންނައިރު ސިޔާސީ ވަކި މަގުސަދެއްގައި ކުރަމުން އަންނަ އިންޑިޔާ އައުޓް ކެމްޕެއިންގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގައި އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންދާ އިންޑިޔާ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ބައެއް ހާދިސާތައް ހިއްސާކުރައްވާ މިނިސްޓަރ ވިދާޅުވީ އެކަމުގެ ސަބަބުން އިންޑިޔާގައި ތިބި ދިވެހި ރައްޔިތުންނަށްވެސް އަސަރުތަކެއް ކުރުން ކައިރިކަމަށެވެ. އަދި އުފެދޭ ރުޅިވެރިކަމުގެ ސަބަބުން އިންޑިޔާއިން އެފަދަ ޚާއްސަ އެހީތެރިކަމެއް ރާއްޖެއަށް ދޭންޖެހޭތޯ އެކިއެކި ޕްލެޓް ފޯމުތަކުގައި ސުވާލުކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިންޑިޔާ އައުޓް ކެމްޕެއިންގެ އަސަރު މިހާރުވެސް ރާއްޖޭގެ އިގުތިސާދަށް ކުރާކަމަށެވެ. އެކަމުގެ ތަފްސީލުތަކެއް ނުދެއްވިނަމަވެސް ކޮވިޑްގެ މިހާލަތުގައި އިންޑިޔާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަން ނަގާކޮޅަށް ޖެހުމަށް އެންމެ އިސްދައުރެއް އަދާކުރި މާކެޓް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު ފަތުރުވެރިކަން އަތޮޅުތަކަށް ފުޅާކުރުމަށް މަސައްކަތްކުރަމުންދާއިރު ކެމްޕެއިންގެ ސަބަބުން އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން އިންޑިޔާއިން އަންނަ ފަތުރުވެރިން މަދުވުމަކީ އެކަށީގެންވާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން އިންޑިޔާ އައުޓްގެ ނަމުގައި ކުރިޔަށް މިގެންދާ ސިޔާސީ ހަރަކާތަކީ އެކަމާދޭތެރޭ ސީރިއަސްކޮށް ވިސްނަންޖެހޭ ކަމެއްކަމަށް ވިދާޅުވެ, މިނިސްޓަރ އިތުރަށް ވިދާޅުވީ މިސަރުކާރާ ސިޔާސީ ގޮތުން ދިމާކުރަން އިދިކޮޅުން ބޭނުންވާނަމަ މިއަށްވުރެ މާރަނގަޅަށް ކުރެވޭނެ ކަންކަން ހުންނާނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
06 މާރިޗު 2017

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
26 ފެބުރުއަރީ 2017

އިންޑިޔާ ބޯޓެއް ބަންޑުން ޖަހާލާ 9 މީހުން މަރުވެއްޖެ

26 ފެބުރުއަރީ 2017
އިންޑިޔާ ބޯޓެއް ބަންޑުން ޖަހާލާ 9 މީހުން މަރުވެއްޖެ
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު