Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ރަޝިޔާ މަސްރަހު

ނޭޓޯއާ ގުޅުމުން ހަނގުރާމައަކަށް ދާންޖެހޭނަމަ އެވިސްނުން ދޫކޮށްލާނެކަމުގެ އިޝާރާތެއް ޔޫކްރެއިން ދީފި

14 ފެބުރުއަރީ 2022 | ހޯމަ 12:24

ޔޫކްރެއިންއިން ނޭޓޯއާ ގުޅުމަށް ބޭނުންވާކަމަށާއި، ނަމަވެސް އެކަމަކީ ހަނގުރާމައެއްގެ ފެށުން ކަމުގައިވާނަމަ އެކަމުގައި އެހެން ވިސްނުމަކަށް ދެވިދާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ފެބުރުއަރީ 2022 | ހޯމަ 12:24
އިނގިރޭސިވިލާތުގައި ހުންނަވާ ޔޫކްރެއިންގެ އެމްބަސެޑަރ

އިނގިރޭސިވިލާތުގައި ހުންނަވާ ޔޫކްރެއިންގެ އެމްބަސެޑަރ

ޔޫކްރެއިން ނޭޓޯއާ ގުޅުމަކީ ރަޝިޔާ އާ ހަނގުރާމަ ކުރަންޖެހޭ ސަބަބުކަމަށްވާނަމަ އެވިސްނުން ދޫކޮށްލެވިދާނެކަމުގެ އިޝާރާތެއް އިނގިރޭސިވިލާތުގައި ހުންނަވާ ޔޫކްރެއިންގެ އެމްބަސެޑަރ ދެއްވައިފިއެވެ.

ބީބީސީއަށް ދެއްވި އިންޓަރވިއުއެއްގައި އެމްބަސެޑަރ ވާދިމް ޕްރިސްޓެކޯ ވިދާޅުވީ ޔޫކްރެއިން އިން ނޭޓޯއާ ގުޅުމަށް ބޭނުންވާކަމަށާއި ނަމަވެސް އެކަމަކީ ހަނގުރާމައެއްގެ ފެށުން ކަމުގައިވާނަމަ އެކަމުގައި އެހެން ވިސްނުމަކަށް ދެވިދާނެކަމަށެވެ. ރަޝިޔާއިން ވަނީ ޔޫކްރެއިން އާއި ރަޝިޔާ ގުޅޭ ބޯޑަރު ސަރަހައްދުގައި ސިފައިން އިތުރުކޮށް އެސަރަހައްދުގައި އަސްކަރީ ހަރަކާތްތައް އިތުރުކޮށްފައެވެ. މިއާއެކު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން ވަނީ ކުރިމަތިވެފައެވެ.

ރަޝިޔާއިން އަންނަނީ އެސަރަހައްދުގެ ސަލާމަތަށްޓަކައި ވަކިން ޚާއްސަކޮށް ރަޝިޔާގެ ސަލާމަތަށްޓަކައި ޔޫކްރެއިން ނޭޓޯ އާ ނުގުޅޭނެކަމުގެ ޔަގީންކަން ދިނުމަށް އެދެމުންނެވެ. އަދި ޔޫކްރެއިން ނޭޓޯއާ ގުޅުއްޖިނަމަ އެކަމުގެ ސަބަބުން ހަނގުރާމައަކަށް ދާންޖެހިދާނެކަމަށް އަންނަނީ ބުނަމުންނެވެ.

އެހެންކަމުން ނޭޓޯގެ މެމްބަރަކަށް ވުމާމެދު ޔޫކްރެއިންގެ ވިސްނުން ބަދަލުކޮށްފާނެތޯ ބީބީސިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމްބަސެޑަރ ވިދާޅުވީ އެކަމާއި ގުޅިގެން އިންޒާރުތައް ލިިބި ، ބްލެކްމެއިލް ކުރަމުންދާ ކަމަކީ ނޭޓޯއާ ގުޅުމުގެ މައްސަލަކަމަށާއި އެހެންކަމުން އެނޫންގޮތަކަށް ވިސްނުން ގެންގުޅެފާނެކަމަށެވެ.

ޔޫކްރެއިން އަކީ ނޭޓޯގެ މެމްބަރު ގައުމެއްނޫނެވެ. ނަމަވެސް 2008 ވަނަ އަހަރުން ފެށިގެން ޔޫކްރެއިން އަށް ވަނީ ނޭޓޯ އާ ގުޅުމުގެ ފުރުސަތު ދީފައެވެ. ޔޫކްރެއިން ނޭޓޯ އާ ގުޅިއްޖެނަމަ އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނަށް ރަޝިޔާގެ ބޯޑަރާއި ކައިރިއަށް އާދެވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އެހެންކަމުން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ވިދާޅުވަމުން ގެންދަވަނީ ޔޫކްރެއިން ނޭޓޯއާ ގުޅިއްޖެނަމަ ނޭޓޯއިން ރަޝިޔާއަށް ޓާގެޓްކޮށްގެން މިސައިލް ހަމަލާ ފޮނުވާނެކަމަށެވެ. އެހެންކަމުން ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަޝިޔާއިން އެކަމަށް ސަމާލުވެ އޮންނާނެކަމަށެވެ.

ރަޝިޔާއިން ވަނީ ފާއިތުވި ދުވަސްތަކުގައި ރަޝިޔާ އާއި ޔޫކްރެއިން ގުޅޭ ބޯޑަރު ސަރަހައްދަށް އެއްލައްކަ (100،000) ސިފައިން ބަރު ހަތިޔާރާއެކު ގެންގޮސްފައެވެ. އަނެއްކޮޅުން އެމެރިކާއިން ވަނީ ކޮންމެ ފަދަ ގަޑިއެއްގައިވެސް ޔޫކްރެއިން އަށް ރަޝިޔާ ހަމަލާދީފާނެކަމުގެ އިންޓެލް މައުލޫމާތު ލިބިފައިވާކަމަށް ބުނެ އިންޒާރު ދީފައެވެ.

ނަމަވެސް ރަޝިޔާއިން ވަނީ ހަމަލާއެއް ދޭން އުޅޭކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކޮށްފައެވެ. އަދި އެސަރަހައްދުގައި އަސްކަރީ ތަމްރީނުތަކެއް ކުރިޔަށްގެންދަނީ ކަމަށް ވަނީ ބުނެފައެވެ. މީގެއިތުރުން ރަޝިޔާއިން ވަނީ ނޭޓޯގެ ހަރަކާތްތައް އިތުރަށް ފުޅާނުކުރާނެކަމުގެ ޔަގީންކަން ލިޔުމުން ދިނުމަށް އެދިފައެވެ. ނަމަވެސް ނޭޓޯގެ މެމްބަރު ގައުމުތަކުން ވަނީ އެހުށަހެޅުން ބަލައިނުގަނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

28 އެޕްރީލު 2022

ސްވިޑްންއިން ނޭޓޯއާ ގުޅުމާމެދު ގޮތެއް ނިންމަން ރެފެރެންޑަމަކަށް ނުދާނަން: ބޮޑުވަޒީރު

28 އެޕްރީލު 2022
ސްވިޑްންއިން ނޭޓޯއާ ގުޅުމާމެދު ގޮތެއް ނިންމަން ރެފެރެންޑަމަކަށް ނުދާނަން: ބޮޑުވަޒީރު
14 އެޕްރީލު 2022

ފިންލަންޑް-ސްވީޑްން، ނޭޓޯއާ ގުޅިއްޖެ ނަމަ ރަޝިއާއަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ޖެހިދާނެކަމުގެ އިންޒާރު

14 އެޕްރީލު 2022
ފިންލަންޑް-ސްވީޑްން، ނޭޓޯއާ ގުޅިއްޖެ ނަމަ ރަޝިއާއަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ޖެހިދާނެކަމުގެ އިންޒާރު
11 އެޕްރީލު 2022

ފިންލޭންޑާއި ސްވެޑެން ނޭޓޯއާ ގުޅުން، ރަޝިޔާއިން ބުނަނީ ޔޫރަޕަށް ހަމަޖެހުން ނުލިބޭނެކަމަށް

11 އެޕްރީލު 2022
ފިންލޭންޑާއި ސްވެޑެން ނޭޓޯއާ ގުޅުން، ރަޝިޔާއިން ބުނަނީ ޔޫރަޕަށް ހަމަޖެހުން ނުލިބޭނެކަމަށް
04 މާރިޗު 2022

ނިޔުކުލިއަރ ހަނގުރާމައަކަށް ދިޔުމުގެ ވިސްނުމެއް ނެތް: ރަޝިޔާގެ ފޮރިން މިނިސްޓަރު

04 މާރިޗު 2022
ނިޔުކުލިއަރ ހަނގުރާމައަކަށް ދިޔުމުގެ ވިސްނުމެއް ނެތް: ރަޝިޔާގެ ފޮރިން މިނިސްޓަރު
26 ފެބުރުއަރީ 2022

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

26 ފެބުރުއަރީ 2022
ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20 ފެބުރުއަރީ 2022

ޔޫކްރެއިންއަށް ނޭޓޯއާ ގުޅެވޭނެ ޓައިމްލައިން ސާފުވާންޖެހޭ: ޔޫކްރެއިން ރައީސް

20 ފެބުރުއަރީ 2022
ޔޫކްރެއިންއަށް ނޭޓޯއާ ގުޅެވޭނެ ޓައިމްލައިން ސާފުވާންޖެހޭ: ޔޫކްރެއިން ރައީސް
12 މެއި 2021

އިސްރާއީލާއި ހަމާސް ޖަމާއަތުން ދެމުން ގެންދާ ހަމަލާތައް ހަނގުރާމައަކަށް ބަދަލުވެދާނެ - ތޯރ

12 މެއި 2021
އިސްރާއީލާއި ހަމާސް ޖަމާއަތުން ދެމުން ގެންދާ ހަމަލާތައް ހަނގުރާމައަކަށް ބަދަލުވެދާނެ - ތޯރ
09 ފެބުރުއަރީ 2019

ނޯތް މެސެޑޯނިއާ ނޭޓޯއާއި ގުޅެން ހުއްދަ ދޭން ގްރީސްގެ ޕާލިމަންޓުން ނިންމައިފި

09 ފެބުރުއަރީ 2019
ނޯތް މެސެޑޯނިއާ ނޭޓޯއާއި ގުޅެން ހުއްދަ ދޭން ގްރީސްގެ ޕާލިމަންޓުން ނިންމައިފި
06 ޖުލައި 2018

ޕޮމްޕެއޯ އުުތުރު ކޮރެއާ އަށް ވަޑައިގެންނެވީި އެގައުމުން ނިއުކްލިއަރ ހަތިޔާރުން ގެންގުޅުމުން ހުއްޓާލުމާ ބެހޭ ތަފްސީލީ މައުލޫމާތު ހޯއްދަވަން

06 ޖުލައި 2018
ޕޮމްޕެއޯ އުުތުރު ކޮރެއާ އަށް ވަޑައިގެންނެވީި އެގައުމުން ނިއުކްލިއަރ ހަތިޔާރުން ގެންގުޅުމުން ހުއްޓާލުމާ ބެހޭ ތަފްސީލީ މައުލޫމާތު ހޯއްދަވަން
10 އޮކްޓޯބަރު 2017

ރައީސް ޓްރަމްޕް އެމެރިކާ ތިންވަނަ ބޮޑު ހަނގުރާމައަކަށް ވައްޓާލަފާނެ:ބޮބް ކޯކަރ

10 އޮކްޓޯބަރު 2017
ރައީސް ޓްރަމްޕް އެމެރިކާ ތިންވަނަ ބޮޑު ހަނގުރާމައަކަށް ވައްޓާލަފާނެ:ބޮބް ކޯކަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް