Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާތިފް ޝަކޫރުގެ މައްޗަށް ކުރާ ދައުވާ

އާތިފް ޝަކޫރުގެ މައްޗަށް ކުރާ ދައުވާގައި މަދަނީ މިންގަނޑުން ގޮތެއް ކަނޑައެޅުން ދެން އޮންން އަޑުއެހުމެއްގައި

14 ފެބުރުއަރީ 2022 | ހޯމަ 06:50

މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ އިސްގާޒީ އަހުމަދު ޝަކީލް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ފެބުރުއަރީ 2022 | ހޯމަ 06:50
އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރު

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރު

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުއާ ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނާ ހިލާފުވި ކަމުގެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާމެދު ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ގޮތެއް ކަނޑައަޅުއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ އިސްގާޒީ އަހުމަދު ޝަކީލެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު މި މައްސަލައިގައި ކުރިއަށް ގޮސްފައިވަނީ ދިފާއީ ހެކި ހުށައެޅުމުގެ ބައެވެ. އެގޮތުން ދިފާއުން ވަނީ 4 ޝަފަހީ ހެކިން ހުށައަޅާފައެވެ. އޭގެ ތެރޭގައި ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމްގެ އިތުރުން، ޔާމީން އާދަމްއާއި، އަހުމަދު އަސްއަދުއާއި، އަބްދުﷲ އަޝްރަފް ހިމެނެއެވެ.

ޝަފަހީ ހެކިން ހުށައެޅުމަށްފަހު ދިފާއުން ވަނީ ކިތާބީ ހެކިންގެ ގޮތުގައި ދައުލަތުން ހުށައަޅާފައިވާ ބައެއް ލިއެކިއުންތައް ދިފާއަށް ބޭނުންވާކަން ފާހަގަ ކޮށްފައެވެ. ނަމަވެސް ދައުލަތުން ވަނީ އާންމު އުސޫލުގެ ތެރެއިން ދައުލަތުންނާއި ކޯޓުންވެސް އަމަލުކުރަމުންދާ ގޮތަށް، ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުމެއްގެ ގޮތުން ދިފާއުން އެކަންކަން ހުށައެޅުމުން ދައުލަތުން ޖަވާބުދާރީވާނެ ކަމަށް ވިދާޅުވެފައެވެ.

މި އަޑުއެހުމުގައި އާތިފް ޝަކޫރުގެ ވަކީލު އާޒިމާ ޝަކޫރު ވަނީ މި މައްސަލައިގައި އާތިފް ކުރި ކުށް ޙަޤީޤަތުގައި ސާފު ކޮށްދެވިފައިނުވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެހިސާބުން މައްސަލަ ބައްލަވާ ގާޒީ ޝަކީލް ވަނީ އެއީ ޝަރީއަތަށް ޤަބޫލު ކުރެވޭ ވާހަކައެއް ނޫންކަމަށް ވިދާޅުވެ، އަޑުއެހުންތައް ކުރިއަށް ދިޔަ ގޮތުގެ ތަފްސީލުތައް ހިއްސާ ކުރައްވާފައެވެ.

ގާޒީ ޝަކީލު ވިދާޅުވި ގޮތުގައި މި މައްސަލައިގެ ދައުވާ ސާފު ކޮށްދީ، ވަކީލަކު ހަމަޖައްސަން ފުރުސަތު ދެއްވީ 22 ސެޕްޓެމްބަރު 2020 ގައެވެ. އެއަށްފަހު 2 ނޮވެމްބަރު 2020 ގައި ބޭއްވި އަޑުއެހުމުގައިވެސް ދިފާއުން އިތުރު ވަގުތު ބޭނުންވާކަމަށް އެދިފައިވާތީ ދައުވާއަށް ޖަވާބުދާރީވުމަށް އިތުރު ވަގުތު ދެވިފައިވާނެކަމަށް ގާޒީ ވިދާޅުވިއެވެ. އަދި 25 ޖެނުއަރީ 2021 ގައި ބޭއްވި އަޑުއެހުމުގައި ދައުވާ ސާފު ކަމަށާއި، ދައުވާއަށް އިންކާރު ކަމަށް ވިދާޅުވެ ދިފާއުން ދައުވާއަށް އިންކާރު ކޮށްފައިވާކަމަށް ގާޒީ ވިދާޅުވިއެވެ. އެއާއެކު 23 ފެބްރުއަރީގެ އަޑުއެހުމުގައި ދައުލަތުން ވަނީ ހެކިވެސް ހުށައަޅާފައެވެ.

ނިމިފައިވާ މަރުޙަލާތައް އަލުން އިޔާދަކުރާނަމަ ޝަރީއަތަށް ދުވަހަކުވެސް ނިމުމެއް ނާންނާނެކަންވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.

މި އަޑުއެހުމުގައި އާތިފްގެ ފަރާތުންވެސް ގިނަ ވާހަކަތަކެއް ދައްކާފައިވެއެވެ.

މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާއިމެދު ގޮތެއް ނިންމެވުމެވެ. އޭގެ ކުރިން ދެފަރާތަށްވެސް ޚުލާސާ ގޮތެއްގައި ފާހަގަ ކުރަން ބޭނުންވާ ކަންކަން ފާހަގަ ކުރެއްވުމަށް ގާޒީ ފުރުސަތު ދެއްވާނެއެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

3

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

4

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

5

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް