Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސީހުގެ އިތުބާރުގެ މައްސަލަ

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މަސީހުގެ އިތުބާރުނެތް ކަމަށް ފާސްވާނީ 42 މެމްބަރުންގެ އަޣްލަބިއްޔަތު ލިބިގެން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 12 މާރިޗު 2017 | އާދީއްތަ 13:50
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާޗު މަހުގެ 27 ވަނަ ދުވަހަށް ތާވަލްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު "ރާއްޖެއެމްވީ"އަށް އާދިއްތަ ދުވަހު ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކޮށް، މަޖިލީހުގެ ގަވާއިދުގައި ވާގޮތުން މަޖިލީހުގެ މެމްބަރުންނަށް އެކަން މިހާރު އަންގާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މަސީހުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީއާއި ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަންގެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރުން ހިމެނޭ ގޮތަށް މިމަހުގެ އަށް ވަނަ ދުވަހު އެވެ. މި މައްސަލައިގައި އެމްޑީއޭއަށް ނިސްބަތްވާ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ސޮއިކުރައްވާފައިވެ އެވެ. ޖުމުލަ 26 މެމްބަރު ސޮއިކުރައްވާފައިވާ މި މައްސަލަ ހުށަހަޅެއްވުމަށް މަޖިލީހަށް ވަޑައިގެންނެވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުއާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްއާއި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެންބަރު ހުސެއިން އަރީފްއާއި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެންބަރު އަލީ ހުސެއިންގެ އިތުރުން އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން އެވެ.

މައްސަލަ ހުށަހެޅުއްވުމަށްފަހު ފާރިސް ވިދާޅުވެފައި ވަނީ މަސީހުގެ މައްސަލަ ހުށަހަޅަންޖެހުނީ މަޖިލީހުގެ މަސައްކަތްތައް ގޯސްކޮށް ކުރިއަށް ގެންދާތީ އެކަންތައްތަކަށް ހައްލެއް ހޯދުމަށް އެތައް މަސައްކަތްތަކެއްކޮށް ނާކާމިޔާބުވުމުން ކަމަށެވެ. އަދި ފާރިސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެތައް ގިނަގުނަ ގާނޫނުތަކެއް ހަދަން ހުރި ނަމަވެސް، ފެނިގެންދަނީ ކުރާނެ އެއްވެސް މަސައްކަތެއް ނެތް ކަމަށް ދޭހަވާ ގޮތަށް ޖަލްސާތައް ބޭއްވުން ލަސްކޮށް ފަސްކުރަމުންދާތަން ކަމަށެވެ.

އެމްޑިޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބޫ ވިދާޅުވެފައި ވަނީ މަޖިލިސް ހިންގަންވާނީ ރައްޔިތުންގެ ހުރިހާ މަންދޫބުން ބައިވެރިވާ ޑިމޮކްރެޓިކް އުސޫލުތަކުގެ މަތިން، ޖަވާބުދާރީވެ، ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ގާނޫނު އަސާސީގައި ބުނާއިރު، ރާއްޖެއަސް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ފެށުން އައީ މަޖިލީހުގެ ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގައި ކަންތައްތައް ހިނގަމުން ދަނީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ ބޭރުން، ގާނޫނު އަސާސީއަށް ބެލުމެއް ނެތި ކަމަށެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެފައި ވަނީ ގާނޫނު އަސާސީއާއި ގަވާއިދުތަކާ ޚިލާފަށް މަޖިލީހުގެ ރައީސް ކިތަންމެ ގިނަ ދުވަހަކު މަސައްކަތް ކުރައްވައިފި ކަމަށާއި، ކޮންމެ މީހަކާ ވެސް ގާނޫނު އަރާ ހަމަކުރާނެ ދުވަހެއް އަންނާނެ ކަމަށެވެ. އަދި އިންސާފުގެ މަގުން އެއްކިބާވެ، ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފަށް މަސީހު ކަންކަން ކުރައްވާތީ އިތުބާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި މެމްބަރުން ވިދާޅުވެފައިވަނީ މަސީހު މަގާމުން ވަކިކުރަން ބޭނުންވާ 42 މެމްބަރުންގެ ވޯޓް ލިބޭނެ ކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައިވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި އެއީ އިސްލާހީ ހަރަކާތަށް މުހިއްމު ނިންމުމެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު