Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރްސީގެ ހިޔާނަތް

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

އިސްތިއުފާ ދެއްވަން ނިންމެވި ނިންމެވުމަކީވެސް ނުހަނު ވިސްނަވާފައި ނިންމަވަންޖެހުނު ބޮޑު ނިންމުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2022 | ހޯމަ 06:26
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމުގެ ތެރެއިން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމުގެ ތެރެއިން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އޭނާގެ ފަރާތުން ގިނަ ވާހަކަތަކެއް ޝަރީއަތުގެ މަޖިލީހުގައި ދައްކަވައިފިއެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި އާތިފް ޝަކޫރަށް ވާހަކަދެއްކެވުމުގެ ފުރުސަތު ދެއްވުމުން އޭނާ ވަނީ އެމްއެމްޕީއާރްސީ ޙިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އެގޮތުން ކޮންމެ ކަމެއް ހިނގަނީ ވަކި ވެއްޓެއްގައި ވަކި ޙާލަތެއްގައިކަން ބަޔާން ކުރައްވައި ވާހަކަ ފައްޓަވަމުން އާތިފް ވިދާޅުވީ، އެ ވެށިން ބޭރުން ކަމެއް ހިނގާނަމަ ދެނެގަންނަން އުނދަގޫވާނެ ކަމަށެވެ. ދައުލަތުން މި މައްސަލައިގައި ކޮށްފައިވާ ދައުވާއަކީ އޭނާ އެފްއައިޔޫގެ ވެރިޔާގެ ގޮތުގައި ހުންނެވި 7 މަހާއި 22 ދުވަސް ތެރޭގައި ކުރެއްވި ނުވަތަ ނުކުރައްވައި ދޫކޮށްލެއްވި ކަމެއްގެ މައްޗަށްކަން އާތިފް ފާހަގަކުރެއްވިއެވެ.

އާތިފް ވިދާޅުވީ، އޭރު މަޤާމުން އިސްތިއުފާ ދެއްވީ ޤާނޫނީ ޒިންމާ އަދާނުކުރެވޭނެކަން އަމިއްލައަށް ޤަބޫލު ކުރެވުމުން ކަމަށެވެ.

އޭރު އެމްއެމްޕީއާރްސީ ހިޔާނަތް ފެންމަތިވެގެން ދިޔައިރު އެކަން އޭރު އެމްއެމްއޭގެ ގަވަރުނަރުގެ ސަމާލުކަމަށްވެސް ގެނެސްފައިވާނެކަން ފާހަގަކުރައްވައި އާތިފް ވިދާޅުވީ، ތަހުގީގީ އިދާރާތަކަށް ލިޔުއްވަން ޖެހޭ ފޯމުތައްވެސް ލިޔުއްވާފައިވާނެ ކަމަށެވެ. އެ ފޯމު ދައުލަތުން ހުށައަޅާފައިވާ ލިއެކިއުންތަކުގެ ތެރެއިންވެސް ފެންނަން އޮތްކަމަށް އާތިފް ވިދާޅުވިއެވެ. އަދި އެކި ތަންތަނުންނާއި އެކި އިދާރާތަކުން ސާފު ކުރި މައުލޫމާތު ތަކުގެ އަލީގައި ފަހުމުވެގެން ދިޔަ ކަމަކީ މި މައްސަލަ ވަކި ތަހުގީގީ އިދާރާއަކަށް ފޮނުވައިގެންވެސް އޭނާގެ ނަފްސަށް ގެއްލުންވުން ނޫން ކަމެއް ނުވާނެކަމަށްކަން އާތިފް ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅޭ ތަފްސީލުތައްވެސް ޝަރީއަތުގެ މަޖިލީހުގައި ކިޔާދެއްވާފައިވެއެވެ. އެގޮތުން އިސްތިއުފާ ދެއްވަން ނިންމެވި ނިންމެވުމަކީވެސް ނުހަނު ވިސްނަވާފައި ނިންމަވަންޖެހުނު ބޮޑު ނިންމުމެއްކަމަށް އާތިފް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ އިން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އިން މަނީ ލޯންޑެރިން ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތައް ހިންގި އިރު އެކަން ފުލުހުންނަށް ނުފޮނުވަން ނިންމީ އާތިފް ޝަކޫރުކަން އޭސީސީގެ ތަހުގީގުގަށް ފަހު ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން އެފް.އައި.ޔޫއަށް ލިބިފައިވާ އެސް.ޓީ.އާރުގައި މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް ޝައްކުކުރެވޭ ކަންތައްތަކެއް ހިމެނިފައި ވީނަމަވެސް އެ ރިޕޯޓް ފުލުހުންގެ އިދާރާއަށް ނުފޮނުވަން ނިންމާފައިވަނީ އާތިފް ޝަކޫރުކަން އޭނާގެ އިއުތިރާފުންނާއި ތަހުގީގުން ހާމަވާކަމަށް އޭސީސީގެ ރިޕޯޓްގައި ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އާތިފް ވިދާޅުވީ، އޭނާ މަޤާމާ ޙަވާލުވެވަޑައިގެން އިރުވެސް ޝައްކު ކުރެވޭ މުއާމަލާތްތަކާއި ގުޅޭ އެސްޓީއާރުތަކެއް ހުރި ކަމަށެވެ. އެ އެސްޓީއާރްތައް ތަހުގީގީ އިދާރާތަކަށް ހުށައެޅުމުން ޖަވާބެއް ނުލިބުނުތާނގައި "އެކްނޮލެޖް" ވެސް ނުކުރާކަމަށް އާތިފް ވިދާޅުވިއެވެ. އަދި ދައުލަތުން އެ ފާހަގަކުރާ 20 ނޮވެމްބަރު ވަނަ ދުވަހުގެ އެސްޓީއާރްގެ މައްސަލަ ފެންމަތިވިއިރު އޭނާ ހުރީ މާލެއިން ބޭރުގައިކަމަށް އާތިފް ވިދާޅުވިއެވެ.

އާތިވް ވިދާޅުވި ގޮތުގައި އޭރު އެފްއައިޔޫގެ ޑޭޓާބޭސް އިތުރަށް ބައްލަވައި ދިރާސާ ކުރައްވަމުން ގެންދެވިއިރު ފެނިގެން ދިޔައީ 2014 ގެ ޖޫން އިން ފެށިގެން ބޮޑެތި އަދަދުތަކުން ނަގުދު ފައިސާ ނަގައި އެކި ފަރާތްތަކަށް އެ ފައިސާ ބަހާފައިވާކަން ކަމަށެވެ. އެގޮތުން ފެނިގެން ދިޔައީ އެންމެ މިލިއަނެއް ނޫން ކަމަށާއި، 40 މިލިއަނުންނާއި 50 މިލިއަނުން ފައިސާ ނަގައި އެކި މީހުންނަށް ބަހާފައިވާކަން ތިލަވަގެން ދިޔަކަމަށް އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވާ ގޮތުގައި އޭރު ބޮޑެތި އަދަދުތަކުން ފައިސާ ނުކުމެގެންދާގޮތާއި އެ ފައިސާ ވަންނަ އެކައުންޓުތަކުގެ ތަފްސީލުވެސް ދިޔައީ ތިލަވަމުންނެވެ. އެގޮތުން ބެލި ބެލުމުން މިއީ ދައުލަތުގެ ހުރިހާ އިދާރާއަކާއި، ބޭންކިންގ ނިޒާމުވެސް ގުޅިގެން ހިނގަމުންދާ ކަމެއްކަން ޔަޤީން ކުރެވުނު ކަމަށާއި، އިސްތިއުފާ ދެއްވަން ނިންމެވީ އެހިސާބުންކަމަށް އާތިފް ވިދާޅުވިއެވެ.

މިއަދު އެންމެން ތިބީ މިނިވަންކަން މަތީގައި ކަމަށާއި، ބޭނުން ވާހަކައެއް ދެއްކުމުގެ ފުރުސަތު އެބައޮތްކަން ފާހަގަ ކުރައްވައި އާތިފް ވިދާޅުވީ، އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅިފައި ކަމަށެވެ. އޭރު ދައުލަތުގެ ފަނޑިޔާރުންނާއި، ވަކީލުންވެސް ތިބެންޖެހުނީ އެފަދަ ޙާލަތެއްގައިކަމަށް އާތިފް ޝަކޫރު ސިފަ ކުރެއްވިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކަން ތަހުގީގުކޮށް ނެރެފައިވާ ރިޕޯޓުގައިވާ ގޮތުން (އެފް.އައި.ޔޫ) އަށް ލިބިފައިވާ އެސް.ޓީ.އާރު ގައި މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް ޝައްކުކުރެވޭ ކަންތައްތަކެއް ހިމެނިފައި ވީނަމަވެސް 06 އެޕްރީލް 2015ގައި ފައިނަލް ކުރުމުގައި އެ ރިޕޯޓް ފުލުހުންގެ އިދާރާއަށް ނުފޮނުވަން ނިންމާފައިވަނީ އާތިފް ޝަކޫރުކަން އޭނާގެ އިއުތިރާފުންނާއި ތަހުގީގުން ހާމަވާކަމަށް ބުނެފައިވެއެވެ.

އަދި އެކަމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެދިޔައިރު، އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނޭޅި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ލިބިފައިވާކަން ތަހުގީގުން ހާމަވެފައިވާ ކަމަށް އެރިޕޯޓުގައި ވެއެވެ.

އެފްއައިޔޫގެ އެނަލިސިސް ރިޕޯޓާ ހަވާލާދީ އޭސީސީން ބުނީ އެސްއޯއެފް ކުންފުންޏަށް ޖުމްލަ 22،100،000 ( ބާވީސް މިލިޔަން އެއްލައްކަ) ޑޮލަރު ޑިޕޮސިޓްގެ ގޮތުގައި ލިބިފައިވާ ކަމަށެވެ. އަދި އޮގަސްޓު 2014 އިން އެ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެމްއެމްޕީއާރުސީން މުޅި ޖުމްލަ 9،100،000 ( ނުވަ މިލިޔަން އެއްލައްކަ) ޑޮލަރު އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކުރި ކަން އެފްއައިޔޫގެ ތަހުގީގުން އެނގެން އޮތް ކަމަށާއި ޖުމްލަ އަށް ޓްރާންސްސެކްޝަނެއް މެދުވެރިކޮށް ތުހުމަތު ކުރެވޭ ކުންފުނިން ޖުމްލަ 47،500،000 ( ސާޅީސް ހަތް މިލިޔަން ފަސްލައްކަ) ރުފިޔާ އެކުންފުނީގެ ބޭންކް އެކައުންޓްތަކުން ނަގާފައިވާ ކަމަށް ބުނެފައިވެއެވެ.

އެސްއޯއެފަކީ އެހާ ބޮޑެތި ވިޔަފާރީގެ މުއާމަލާތްތައް ހިންގޭވަރުގެ ގާބިލުކަމެއް ނެތް ކުންފުންޏެއްކަން ކުންފުނީގެ ޓެކްސް ފައިލިން އަދި އަހަރީ ރިޕޯޓް ތަކުން އެނގެއެވެ.

މި މައްސަލާގައި އާތިފް ޝަކޫރު އެ ޑިސިޝަން ނަގާފައި އެވަނީ އެވަގުތު ލިބެންހުރި ރިސޯސް ތަކަށް ބަލައި ބްލެކްމަނީއަށް ފޯކަސް ކުރުމަށް އޭރުގެ ގަވަރުނަރު އިރުޝާދުދީފައިވާތީ ކަމަށް ބުނެފައިވާ ކަމަށާއި އެވަގުތުގެ ފޯކަސްއަކީ ރާއްޖޭން ބޭރުން އަންނަ ބްލެކް މަނީ ހުއްޓުވުމަށް މަސައްކަތްކުރުން ކަމަށް ގަވަރނަރ ދިން އިރުޝާދުގެ ދަށުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެއްވެސް ތަހުގީގީ އިދާރާއަކާ ޙަވާލު ނުކުރުމަށް ނިންމީ ކަމަށް ބުނެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު