Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންޑިއާގެ ޑިފެންސް ސެކްރެޓަރީ

އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރު ރާއްޖެއަށް ޒިޔާރަތްކުރައްވައިފި

ޑިފެންސް ކޯޕަރޭޝަން ޑައިލޮގަކީ، ދެގައުމު ގުޅިގެން ކޮންމެ 2 އަހަރުން އެއްއަހަރު ރާއްޖޭގައި، އަދި އަނެއް އަހަރު އިންޑިއާގައި ބާއްވަމުންގެންދާ ބައްދަލުވުމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2022 | އާދީއްތަ 18:19
އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ޑިފެންސް މިނިސްޓަރ މާރިޔާއާއެކު ބޭއްވި ބައްދަލުވުން

އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ޑިފެންސް މިނިސްޓަރ މާރިޔާއާއެކު ބޭއްވި ބައްދަލުވުން

އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރު ރާއްޖެއަށް ޒިޔާރަތްކުރައްވައިފިއެވެ.

އެމަނިކުފާނުގެ އަރިހުގައި އިންޑިއާ ކަސްކަރިއްޔާގެ އިސް ވަފުދެއްވެސް ވަޑައިގަތެވެ. އެމަނިކުފާނު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ، ރާއްޖެއާ އިންޑިއާއާ ދެމެދު ބާއްވާ "ޑިފެންސް ކޯޕަރޭޝަން ޑައިލޮގް"ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ޑިފެންސް ކޯޕަރޭޝަން ޑައިލޮގަކީ، ދެ ގައުމު ގުޅިގެން, ކޮންމެ 2 އަހަރުން އެއްއަހަރު ރާއްޖޭގައި, އަދި އަނެއްއަހަރު އިންޑިއާގައި ބާއްވަމުންގެންދާ ބައްދަލުވުމެކެވެ.

Advertisement - newsAdvertisement

މި ވަފުދުގެ އިސް ބޭފުޅުން ވަނީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީއާއި, ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި ހަމަ އެއާއެކު ޑިފެންސް މިނިސްޓްރީގައި ބޭއްވި ޑިފެންސް ކޯރޕަރޭޝަން ޑައިލޮގްގައި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް "ހުރަވީ" ރީފިޓް ކުރުމަށްފަހު އެމްއެންޑީއެފާ ހަވާލުކުރުމަށް މިއަދު ހަވީރު, ހުޅުމާލޭ ކޯސްޓްގާޑުގެ އުޅަނދުފަހަރު ބަނދަރުކޮށްފައިވާ ސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އިންޑިއާގެ ޑިފެންސް ސެކްރެޓަރީ, އަޖޭ ކުމާރެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑު ކޮމާންޑަންޓް ކާނަލް އިބްރާހީމް ހިލްމީ ވަނީ، ކޯސްޓްގާޑު ޝިޕް ހުރަވީގެ "ޕްލާކް"އެއް އިންޑިއާގެ ޑިފެންސް ސެކެރެޓަރީއަށް ހަދިޔާކުރައްވާފައެވެ. މި ރަސްމިއްޔާތަށް ފަހު، އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ވަނީ ހުރަވީ ޝިޕް ބައްލަވާލައްވައި, ހުރަވީ ޝިޕްގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

އިންޑިއާ ސަރުކާރުން 2006 ވަނަ އަހަރު އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކުރި ކޯސްޓްގާޑު ޝިޕް ހުރަވީގެ ރީފިޓް މަސައްކަތަށް ފެށުނީންސުރެ އިންޑިއާ ސަރުކާރުން ދަނީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. މިގޮތުން އިންޑިއާގެ ވިސާކަޕަޓްނާމް ނޭވަލް ޑޮކްޔާޑްގައި ކޮންމެ ދެ އަހަރުން އެއްފަހަރު ހުރަވީގެ ރީޕިޓް މަސައްކަތް ކުރެވެމުންދެއެވެ. އެންމެ ފަހުން ކުރެވުނު ރީފިޓް މަސައްކަތުގައި ޝިޕްގެ ހަލްއާއި، ޓޭންކުތަކާއި ކީލް އޭރިއާ މަރާމާތުކުރުމާއި، ޕްރެޝަރ ޓެސްޓް ކުރުމާއި، ފައިނަލް ޕެއިންޓް ސްކީމް ދުއްވުމުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ. މީގެ އިތުރުން، ޝިޕްގެ ތެރޭގައި ހުރި ސިސްޓަމްތަކާއި އެހެނިހެން އާލާތްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ވެސް ކުރެވިފައިވެއެވެ.

އިންޑިއާ ވަފުދުގެ މި ދަތުރުފުޅުގައި އެމްއެންޑީއެފް ނޯދަރން އޭރިއާ, ޅ. މާފިލާފުށީގައި އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމުކޮށްފައިވާ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި ހަދަމުންދާ ކޯސްޓްގާޑްގެ ބިލްޑިންގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމުގެ އިތުރުން, އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށާއި ސިފަވަރަށް ޒިޔާރަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

03 ފެބުރުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު