Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔޫކްރެއިންގައި ތިބި ދިވެހިންގެ ހާލު ރަނގަޅު

ޔޫކްރެއިންގައި ތިބި ދިވެހިންގެ ހާލަތު މިދަނީ ވަރަށް ގާތުން ބަލަމުން: ފޮރިން މިނިސްޓްރީ

13 ފެބުރުއަރީ 2022 | އާދީއްތަ 17:15

އެގައުމުގައި 50ށްވުރެ ގިނަ ދިވެހި ދަރިވަރުން ތައުލީމް ހާސިލްކުރަމުންދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 ފެބުރުއަރީ 2022 | އާދީއްތަ 17:15
ޔޫކްރެއިންގެ ވެރިރަށް ކީވް

ޔޫކްރެއިންގެ ވެރިރަށް ކީވް

ރަޝިއާއިން ޔޫކްރެއިންއަށް ހަމަލާ ދޭނެކަމުގެ އިންޒާރު ދީފައިވާތީ, ޔޫކްރެއިންގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ޔޫކްރެއިންގައި ތިބި ދިވެހިން ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ހުރިހާ އެންމެންގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެގައުމުގައި 50ށްވުރެ ގިނަ ދިވެހި ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާއިރު، އެ ދަރިވަރުންގެ ހާލަތު ވެސް ގާތުން ބަލަމުންދާކަން މިނިސްޓްރީން ފާހަގަކުރިއެވެ.

Advertisement - newsAdvertisement

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި, ރަޝިއާއިން ދޭން އުޅޭ ހަމަލާތައް އަމާޒުކުރަނީ އެގައުމުގެ ވެރިރަށް ކީވްއަށެވެ.

ޔޫކްރެއިންގެ މައްސަލައާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ ޖޭކް ސުލިވަން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ, އެމެރިކާއަށް ލިބެމުންދާ އިންޓެލިޖެންސް މައުލޫމާތުތަކަށް ބަލާއިރު ރަޝިޔާ އޮތީ ޔޫކްރެއިންއަށް ކޮންމެ ގަޑިއެއްގައި އެރުމަށްވެސް އަސްކަރީ ގޮތުން ތައްޔާރަށެވެ. ޔޫކްރެއިނަށް އެރުމުގެ އަސްކަރީ ހުރިހާ ގާބިލުކަމެއް ރަޝިޔާގައި އެބަހުރިކަމަށް ޖޭކް ވިދާޅުވިއެވެ.

ފާއިތުވި ހަފުތާތަކުގައި ރަޝިޔާއިން ވަނީ, ޔޫކްރެއިންއާ ރަޝިޔާ ގުޅޭ ބޯޑަރު ސަރަހައްދުގައި އެއްލައްކަ ސިފައިން ބައިތިއްބާފައެވެ. އަދި ބްލެކް ސީ ސަރަހައްދުގައި އަންނަނީ އަސްކަރީ ތަމްރީނުތައް ކުރިޔަށް ގެންދަމުންނެވެ. ނަމަވެސް ރަޝިޔާއިން ޔޫކްރެއިންއަށް އަރާނެކަމަށް ދެކެވޭ ވާހަކަތައް އަންނަނީ ތަކުރާރުކޮށް ދޮގުކުރަމުންނެވެ. ނަމަވެސް ސަލާމަތީ ގޮތުން ކަންތައްތަކެއް ކަށަވަރުކުރަން ބޭނުންވެ އެކަންކަން ހުށަހަޅާފައިވާއިރު, އޭގެތެރޭގައި ޔޫކްރެއިނުން ދުވަހަކުވެސް ނޭޓޯއާ ނުގުޅޭނެކަމުގެ ޔަގީންކަން ދިނުމަށް އަންނަނީ އެދެމުންނެވެ.

އަނެއްކޮޅުން އެމެރިކާއިން ވަނީ އެގައުމުގެ 3000 ސިފައިން ޕޮލެންޑްގައި ހުންނަ އެގައުމުގެ އަސްކަރީ ބޭހަށް ފޮނުވާފައެވެ. މިއީ މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވާ 8500 ސިފައިންނަށްވުރެ އިތުރަށް އެމެރިކާއިން އެސަރަހައްދަށް ފޮނުވާފައިވާ ސިފައިންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް