Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޮޑީވޯން ކެމެރާ

ބޮޑީވޯން ކެމެރާ ވެގެންދާނީ ފުލުހުންގެ މައްޗަށް ކުރެވޭ ދޮގު ތުހުމަތުތަކުގެ ހަގީގަތް ހާމަކޮށްދޭނެ ވަސީލަތަކަށް - ސީޕީ

ފުލުހުންނާއި މެދު ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް މި ވަސީލަތް މުހިންމު ދައުރެއް އަދާކުރަމުންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2022 | އާދީއްތަ 09:22
ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރަން ފެށި ބޮޑީވޯން ކެމެރާ

ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރަން ފެށި ބޮޑީވޯން ކެމެރާ

ފުލުހުންގެ މައްޗަށް ކުރެވޭ ދޮގު ތުހުމަތުތަކާއި އަސްލެއް ނެތް އިލްޒާމްތަކަށް ޖަވާބުދާރީވެ ހަގީގަތް ހަމަކޮށްދިނުމުގައި އެހީތެރިވެދޭނެ ވަސީލަތަކަށް ބޮޑީވޯން ކެމެރާ ވެގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށުން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްތާގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިހާރު ކަންހިނގާގޮތަށް ބަލާއިރު، ފުލުހުން އެޓެންޑްވާ ސީން ތަކުގައި ފުލުހުން ހަރަކާތްތެރިވާގޮތް ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ވައިރަލްކުރުން އެއީ އާންމުކޮށް ހިނގާކަމެއް ނަމަވެސް، މިފަދަ ހާލަތުގައި ފެންނަނީ މަންޒަރުގެ އެއް ފަރާތް ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުންގެ މީހާގެ ނަޒަރުން ކަން ހިނގައިދިޔަގޮތް ނުފެންނަ ކަމަށާއި، ބޮޑީވޯން ކެމެރާ ހަރުކޮށްގެން ހުރި ފުލުހެއްނަމަ އެ ފުލުހަކަށް ފެނުނު މަންޒަރު ރެކޯޑްވަމުންދާނެ ކަމަށެވެ. އަދި އެ ފުލުހެއްގެ ނަޒަރުން އަލުން އެ ހާދިސާ ތަކުރާރުކޮށް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށުމުން ފުލުހުންނާއި މެދު ކުރެވޭ އަސްލެއް ނެތް ޝަކުވާއާއި ޖުމްލަކޮށް ފުލުހުންގެ ޕްރޮފެޝަނަލިޒަމް ރަނގަޅުކުރުމަށް މި ވަސީލަތުގެ ސަބަބުން ބާރުއެޅިގެންދާނެތީ، ފުލުހުންގެ ފަރާތުން ގޯސްކޮށް ހިނގާ ކަންކަމާއިމެދު ރައްޔިތުންގެ ޝަކުވާ މަދުވެ، ކުރެވޭ ޝަކުވާތައް ތަހުގީގުކުރުމާއި، ހަގީގަތް ހޯދުމަށް ޒަމާނީ ފުރިހަމަކަމެއް ގެނެވިގެންދާނެ ކަމަށެވެ.

ސީޕީ ވިދާޅުވީ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއި، އާންމު އިޖްތިމާއީ މިންގަނޑާއި ހިލާފުވެގެން ފުލުހުން ކޮންޓެކްޓްވާ ފަރާތްތަކުގެ އަމަލުތަކަށް ރަނގަޅު ބަދަލުތަކެއް ގެނައުމާއި، އެފަދަ ފަރާތްތަކުން ފުލުހުންނަށް ނުކިޔަމަންތެރިވެ އަނިޔާވެރިވުމަށް އޮންނަ ފުރުސަތު ހަނިވުމަށް މިކަމުގެ ސަބަބުން އެހީތެރިވެގެންދާނެ ކަމަށެވެ.

އަދި ކުރިއަށް މުއްދަތުގައި ފްރަންޓްލައިން އަދި އޮޕަރޭޝަނަލް މަގާމުތަކުގައި މަސައްކަތްކުރާ އިތުރު ފުލުހުންނަށް ބޮޑީވޯން ކެމެރާ ހޯދައިދެއްވާނެ ކަމަށާއި، ސަރުކާރާއެކު އެ މަޝްވަރާ މިހާރު ވެސް ދަނީ ހިނގަމުންދާ ކަމަށެވެ.

ސީޕީ ވިދާޅުވީ ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށަނީ މި ޒަމާނުގެ ޑިމޮކްރަޓިކް ގައުމުތަކުގައި ބޭނުންކުރެވޭ ހަމަތަކާއި އުސޫލުތަކަށް ބިނާކޮށްގެން ކަމަށެވެ. މިގޮތުން އާންމުންގެ މީހަކާއި ހިންގާ މުއާމަލާތެއް ރިކޯޑްކުރަންޖެހޭ ގޮތަށް އުސޫލު އެކުލަވާލެވިފައިވާ ކަމަށާއި، ވީޑިއޯ ފުޓޭޖްގެ ރައްކާތެރިކަމާއި ގުޅޭގޮތުންނާއި، ހާމަކުރަންޖެހޭ ހާލަތްތަކުގައި ހާމަކުރުމާއި، މިފަދަ ކަންކަން އުސޫލެއްގެ ދަށުން ގާއިމްކުރެވިފައިވާ ކަމަށެވެ.

އަދި މަގުމަތި ޕެޓްރޯލް ކުރުމުގައާއި ޓްރެފިކް މައްސަލަތަކުގައާއި ޑްރަގް އޮޕަރޭޝަންތަކުގައާއި ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުން ހަރަކާތްތެރިވާ ހާލަތްތަކުގައި ވެސް ބޮޑީވޯން ކެމެރާ ބޭނުންކުރެވޭނެ ކަމަށާއި، މުޒާހަރާތަކާއި އެއްވުންތަކާއި، އެނޫން ވެސް ތަފާތު ހާލަތްތަކުގައި ބޮޑީވޯން ކެމެރާ ބޭނުންކުރެވޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ. ނަމަވެސް މި ޕްރޮގްރާމް މި ފަށަނީ 200 ކެމެއާއެކުގައި ކަމަށްވާތީ ހުރިހާ ހާލަތްތަކުގައި ހުރިހާ ފުލުހުން އަތުގައި ކެމެރާހުރުން އެއީ މިވަގުތު އެކަން ހިނގާނެ ގޮތެއް ނޫން ކަމަށެވެ.

ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފެށުމުން އަންނަ ބަދަލުތައް ބަލާ ދިރާސާކޮށް އިތުރަށް ގެންނަންޖެހޭ ބަދަލުތައް ބަލަމުން ގެންދާނެ ކަމަށާއި، އުއްމީދަކީ ބޭނުންކުރަން ފެށި ވަސީލަތުގެ ނަތީޖާއިން ރައްޔިތުން ފުލުހުންނަށްކުރާ އިތުބާރު އިތުރުވެ، ކުށާއި، ކުށުގެ ބިރުވެރިކަމުން ސަލާމަތްވުމަށް މަގުފަހިވެގެން ދިއުން ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ބޮޑީ ވޯން ކެމެރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"

ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"

21 ނޮވެމްބަރު 2025
ހަމީދު ނާޒިމް އަށް: ސިޔާސީ ތުހުމަތުތައް ނުކޮށް، ހަގީގަތް ހާމަކޮށްދެއްވާ!

ހަމީދު ނާޒިމް އަށް: ސިޔާސީ ތުހުމަތުތައް ނުކޮށް، ހަގީގަތް ހާމަކޮށްދެއްވާ!

16 އޮކްޓޯބަރު 2025
ބޮޑީވޯން ކެމެރާއަކީ ކުށާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ފުލުހުން ކުރާ މަސައްކަތައް ލިބިގެންދާ އިތުރު އެހީތެރިކަމެއް – ސީޕީ

ބޮޑީވޯން ކެމެރާއަކީ ކުށާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ފުލުހުން ކުރާ މަސައްކަތައް ލިބިގެންދާ އިތުރު އެހީތެރިކަމެއް – ސީޕީ

13 ފެބުރުއަރީ 2022
މާލެ ސަރަހައްދާއި އައްޑޫ ސިޓީގައި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މާލެ ސަރަހައްދާއި އައްޑޫ ސިޓީގައި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

13 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު