Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާތިފް ޝަކޫރުގެ މައްސަލަ

ކުރީގެ އެސިސްޓެންޓް ޕީޖީއަށް، އާތިފްގެ ވަކީލެއްގެ ގޮތުގައި ތަމްސީލު ނުކުރެވޭނެކަމަށް ކަނޑައަޅުއްވައިފި

ދެފަރާތަށްވެސް ޚުލާސާ ގޮތެއްގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ގާޒީ ދެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2022 | އާދީއްތަ 07:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމުގެ ތެރެއިން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމުގެ ތެރެއިން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އޭނާގެ ފަރާތުން ވަކާލާތު ކުރެއްވުމުގެ ފުރުސަތު ކުރީގެ އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒުނާ އަހުމަދުއަށް ނުދެއްވުމަށް ޝަރީއަތުން ނިންމަވައިފިއެވެ.

ގިނަ ދުވަސްތަކަކަށްފަހު އާދިއްތަ ދުވަހު މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އަޑުއެހުމުގައި އާތިފްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ އިތުރުން، ކުރީގެ އެސިސްޓަންޓް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ފަޒުނާއާއި އިތުރު ވަކީލަކު ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ފަޒްނާ އާތިފްގެ ވަކީލެއްގެ ގޮތުން ތަމްސީލު ކުރެއްވުމާ ދެކޮޅު ހައްދަވާފައެވެ. މި މައްސަލައިގައި ދައުވާ އުފުލިއިރު ފަޒްނާ ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދެވިކަން ފާހަގަކުރައްވައި ދައުލަތުން އެ އަޑުއެހުމުގައި ވަނީ ޝަރީއަތް ކުރުމުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އެކަން ނުކުރެވޭނެކަމަށް ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ދިފާއުން ވަނީ އެ މައްސަލައާ މެދު ޕީޖީ އޮފީހުން ގޮތެއް ނިންމި އިރު ފަޒްނާ ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވަމުންނުދާކަމަށް ބަޔާންކޮށްފައެވެ.

އެ ދުވަހުގެ އަޑުއެހުމުގައި އިސްގާޒީ އަހުމަދު ޝަކީލު ވަނީ ވަނީ ފަޒްނާ ޕީޖީ އޮފީހުގައި އުޅުއްވިއިރު، އެ މައްސަލައިގައި މަސައްކަތް ކުރައްވާފައިވާކަން އެނގޭނެ ލިއެކިއުންތައް ކޯޓަށް ހުށަހެޅުއްވުމަށް ދަންނަވާފައެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެކަމަށް އޭރު ގާޒީ ޝަކީލު ވިދާޅުވިއެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުން ފައްޓަވަމުން ގާޒީ ޝަކީލު ވަނީ އެ ލިއެކިއުންތައް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެފައެވެ. އަދި ދެފަރާތަށްވެސް ޚުލާސާ ގޮތެއްގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ގާޒީ ދެއްވިއެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 146 ވަނަ މާއްދާގެ (ނ) ގެ ދަށުން ފަޒްނާއަށް މި މައްސަލައިގައި ތަމްސީލު ނުކުރެވޭނެކަން ބަޔާންކޮށްދޭ ލިއެކިއުން ދައުލަތުން ހުށައަޅާފައިވާނެ ކަމަށެވެ. އެގޮތުން ފަޒްނާ ޕީޖީ އޮފީހުގައި އުޅުއްވި މުއްދަތުގައި އާތިފް ޝަކޫރުގެ މައްސަލަ އޭސީސީންތަހުގީގު ކުރަމުން ދިޔަކަން ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ، އޭރު ދައުލަތުން މައްސަލައާގުޅޭލަފާވެސް ދީފައިވާކަމަށެވެ. އެކަން އެނގޭނެ ލިއެކިއުންވެސް ދައުލަތުން ވަނީ ހުށައަޅާފައެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، އެ މުއްދަތުގައި އިދާރާއަށްހުށައެޅިފައިވާނުވަތަ އިދާރާއިންމަޝްވަރާ ކުރެވިފައިވާމައްސަަލައެއްނަމަ، ވަކާލާތު ނުކުރެވޭނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވާއިރު، މި 2 ޝަރުތުވެސް ފުރިހަމަވާކަމަށެވެ.

މި އަޑުއެހުމުގައި ދިފާއަށް ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތުގައި ދިފާއީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ވަނީ މި މައްސަލައިގައި ކުރިން އާތިފް ޝަކޫރުގެ ވަކީލެއްގެ ގޮތުގައި ބެންޗުގައި ހިމެނިވަޑައިގެންނެވި ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތާމެދު ދައުލަތުން އިއުތިރާޒުކޮށް، ނިހާޔަތުވެސް ބެންޗުގައި މިހާރު ނުހިމެނޭކަމަށް ވިދާޅުވެ، މި މައްސަލައިގެ ދިފާއީ ވަކީލުންގެ ބެންޗާމެދު "ދައުލަތުން އޮބްސެޝަންއެއް" ގެންގުޅޭކަމަށް ވިދާޅުވެފައެވެ.

އާޒިމާ ވަނީ މި މައްސަލަ ކުރިއަށް ނުދާކަން ފާހަގަ ކުރައްވައި، ފެށުނީއްސުރެ ދައުލަތުން މި މައްސަލައިގެ ވަކީލުންނާމެދު އިއުތިރާޒުތައް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި ވަކީލުންގެ ބެންޗާއިމެދު "މައްސަލަ ޖެއްސުން" ދައުލަތުން ހުއްޓާލާނީ ކޮން އިރަކުތޯ ނިންމެން އެބަޖެހޭކަމަށް އާޒިމާ ވިދާޅުވިއެވެ. އާޒިމާ ވަނީ ދައުލަތް ދައުލަތެއްގެ ގޮތުގައި ހިނގަން އެބަޖެހޭކަމަށްވެސް ވިދާޅުވެފައެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދިފާއީ ވަކީލު ފަޒްނާ ވިދާޅުވީ، ދައުލަތުން ހުށައަޅާފައިވާ ލިއެކިއުންތަކަކީ ޑިއުޓީ ޕްރޮސެކިއުޝަން ފޯމުތަކެއް ކަމަށެވެ. އޭގެން އެއްވެސް ލިއެކިއުމެއްގައި އޭނާގެ ނަން ނުވަތަ ސޮއި ނުހިމެނޭއިރު، އެ މައްސަލައާއި ގުޅުންހުރި އެއްވެސް މަސައްކަތެއްގައި އޭނާ އުޅެފައިވާކަން އެނގޭނެ ލިއެކިއުމެއް ދައުލަތުން ހުށައަޅާފައިނުވާކަމަށް ވިދާޅުވިއެވެ. ފަޒްނާ ވަނީ މި މައްސަލަ ތަމްސީލު ނުކުރެވޭނެ އެއްވެސް ޤާނޫނީ ހަމައެއް އޮތްކަމަށް ޤަބޫލު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

ދިފާއުން ވަނީ ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށުގައި އުމުރަށް ޖަލަށް ލުމަށް ކުރި ހުކުމާއި ގުޅިގެން ހެންވޭރު ބައިކެނޑިގޭ މަރިޔަމް ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައިވެސް މިފަދަ ކަމެއް ހިނގާފައިވާކަމަށް ބަޔާންކޮށްފައެވެ. އެ މައްސަލައިގައި ދައުލަތުގެ ވަކީލުން ވަނީ ނަޒާހާގެ ވަކީލަކީ 2016ން 2019ށް ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ފަރާތެއްކަން ފާހަގަ ކުރައްވައި، މި މައްސަލަ އޭރު ކުރިއަށްދިޔައިރުވެސް އޭނާ ޕީޖީ އޮފީހުގައި އުޅުއްވިކަމަށް ވިދާޅުވެފައެވެ.

ވުމާއެކު ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ ދަށުން އޭނާއަށް މި މައްސަލައިގައި ވަކީލެއްގެ ގޮތުން ތަމްސީލު ނުކުރެވޭނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. ނަމަވެސް ނިހާޔަތު ޕިޖީ އޮފީހުގެ މަޤާމަށް ވަޑައިގެންފައިވަނީ މި މައްސަލަ ހައިކޯޓުން ނިންމިފަހުންކަމަށްވާތީ އޭނާއަށް ސުޕްރީމް ކޯޓުން އޭރު ވަނީ ފުރުސަތު ދެއްވާފައެވެ.

ދިފާއީ ވަކީލު ފަޒްނާ ވިދާޅުވީ، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 146 ވަނަ މާއްދާގެ (ނ) ތަތުބީޤު ކޮށްދީފައިވާ ކަމަށެވެ. އެހެންނަމަވެސް ދައުލަތުގެ ވަކީލާ ވިދާޅުވީ، ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ މައްސަލައާއި މި މައްސަލައަކީ މުޅިން ތަފާތު 2 މައްސަލަ ކަމަށެވެ.

ދައުލަތުން ދިފާއީ ވަކީލުގެ ބެންޗުގެ ފަހަރަކު ވަކީލެއްގެ މައްސަލަ ޖައްސާކަމަށް ދިފާއުން ކުރި ތުހުމަތާއި ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ، ނިހާޔަތަށް ވަކާލާތު ނުކުރެވޭނެކަމަށް ބަޔާން ކުރައްވައި ހުށައެޅުއްވީ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ކަމަށެވެ. އަދި ޝަރީއަތް ކުރުމާބެހެ ޖިނާއީ އިޖުރާއަތުގެ ޤަވާއިދަކީ 15 ޖޫން 2021 ގައި ވުޖޫދުވި ޤަވާއިދެއްކަމުން، އެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ދަށުން ފަޒްނާއަށް ވަކާލާތު ނުކުރެއްވޭނެކަމަށް ހުށައެޅުއްވީ ކަމަށް ވިދާޅުވިއެވެ.

ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވަނީ ފަޒްނާއަށް މި މައްސަލައިގައި ދިފާއީ ވަކީލެއްގެ ގޮތުން ތަމްސީލު ނުކުރެއްވޭނެކަމަށް ކަނޑައަޅުއްވާފައެވެ. ގާޒީ ޝަކީލު ވިދާޅުވީ، މި މައްސަލަ ޕީޖީ އޮފީހަށް ހުށައެޅި މަޝްވަރާ ކުރެވުނު މުއްދަތުގައި ފަޒްނާ އެ އޮފީހުގައި މަސައްކަތް ކުރައްވާފައިވާކަން ލިއެކިއުންތަކުން އެނގޭ ކަމަށެވެ.

މި އަޑުއެހުމުގައި ދިފާއީ ހެކި ހާމަކޮށް، ހެކިތައް ހުށައެޅުމަށް އޮތީ ތާވަލު ކުރެވިފައެވެ. އެހެންނަމަވެސް އާތިފްގެ ވަކީލުންގެ ޓީމުން ވަނީ ހެކި ހުށައަޅަން ވަޑައިގަތީ ފަޒްނާވެސް ހިމެނޭގޮތުން ތައްޔާރުވެވަޑައިގެން ކަމަށާއި، ވުމާއެކު އިތުރު ވަގުތު ބޭނުންވާ ކަމަށް ބަޔާން ކުރައްވާފައެވެ.

މި މައްސަލަ ބައްލަވާ ގާޒީ ވަނީ މިހާރުވެސް މި މައްސަލަ ދިގުލައިގެންދާކަން ފާހަގަ ކުރައްވައި، ހޯމަ ދުވަހުގެ ހެނދުނު 09:30ށް އަޑުއެހުން ރީޝެޑިއުލް ކުރައްވާފައެވެ.

ާއާތިފް ޝަކޫރުކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު