Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓުގެ ތަފާސްހިސާބު

ކްރިމިނަލް ކޯޓުގައި ތާވަލު ކުރެވުނު ނިސްބަތުން އެންމެ ގިނަ މައްސަލަ ކުރިއަށް ގެންދެވީ ގާޒީ ދީބާނާޒް، އެންމެ މަދުން ގާޒީ ޙަސަން ސައީދު

12 ފެބުރުއަރީ 2022 | ހޮނިހިރު 05:54

ގާޒީ ދީބާނާޒް 22 މައްސަލައެއް ތާވަލު ކުރައްވާފައިވާއިރު، އޭގެ ތެރެއިން 19 މައްސަލައެއް ކުރިއަށް ގެންދެވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ފެބުރުއަރީ 2022 | ހޮނިހިރު 05:54
ކްރިމިނަލް ކޯޓުގައި ޝެޑިއުލް ކުރެވުނު ނިސްބަތުން މައްސަލަތައް ކުރިއަށް ގެންދެވި ގޮތަށް ބަލާއިރު އެންމެ ގިނަ މައްސަލަ ކުރިއަށް ގެންދެވި ގާޒީ ދީބާނާޒްއާއި އެންމެ މަދުން ކުރިއަށް ގެންދެވި ގާޒީ ޙަސަން ސައ

ޖެނުއަރީ މަހު ކްރިމިނަލް ކޯޓުގައި ޝެޑިއުލް ކުރެވުނު ނިސްބަތުން އެންމެ ގިނަ މައްސަލަ ކުރިއަށް ގެންދެވީ ގާޒީ ދީބާނާޒް، އެންމެ މަދުން ގާޒީ ޙަސަން ސައީދުއެވެ.

އެ މައުލޫމާތުތައް ހާމަ ކުރައްވާފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްއެވެ. ޝަމީމް ވަނީ ނިމިގެން ދިޔަ ޖެނުއަރީ މަހު ޖިނާއީ މައްސަލަތައް ކުރިއަށް ގޮސްފައިވާ ގޮތުގެ ތަފްސީލީ ތަފާސްހިސާބުތައް އޭނާގެ ބްލޮގްގައި ހިއްސާ ކުރައްވާފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި ޝެޑިއުލް ކުރެވުނު ނިސްބަތުން އެންމެ ގިނަ މައްސަލަ ކުރިއަށް ގެންދެވީ އެ ކޯޓުގެ ގާޒީ ދީބާނާޒް ފަހުމީކަމަށް ޝަމީމް ވިދާޅުވިއެވެ. ގާޒީ ދީބާނާޒް 22 މައްސަލައެއް ތާވަލު ކުރައްވާފައިވާއިރު، އޭގެ ތެރެއިން 19 މައްސަލައެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެއީ ތާވަލު ކުރެއްވި މައްސަލަތަކުގެ 86.36 އިންސައްތައެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ޖެނުއަރީ މަހު ކްރިމިނަލް ކޯޓުގައި މައްސަލަތައް ތާވަލު ކޮށްފައިވާ ނިސްބަތަށް ބަލާއިރު އެންމެ މަދުން މައްސަލަތައް ކުރިއަށް ގެންދެވީ ގާޒީ ޙަސަން ސައީދުކަން އެ ތަފާސްހިސާބުތަކުން އެނގެއެވެ. އެގޮތުން ގާޒީ ޙަސަން ސައީދު 32 މައްސަލައެއް ތާވަލު ކުރައްވާފައިވީނަމަވެސް އޭގެ ތެރެއިން ކުރިއަށް ގެންދެވިފައިވަނީ 6 މައްސަލައެވެ. އެއީ ތާވަލު ކުރެއްވި މައްސަލަތަކުގެ 18.75 އިންސައްތައެވެ.

ގާޒީ ދީބާނާޒްގެ އިތުރުން ދެން އެންމެ ގިނަ މައްސަލަތައް ކުރިއަށް ގެންދެވި ފަނޑިޔާރުންނަކީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލާއި، ގާޒީ ޙުސައިން ފާއިޒު ރަޝާދުއެވެ. އެބޭފުޅުން ވަނީ ތާވަލު ކުރެއްވި މައްސަލަތަކުގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނަ މައްސަލަ ކުރިއަށް ގެންދަވާފައެވެ.

ކްރިމިނަލް ކޯޓަށް ދާދި ފަހުން ގުޅިވަޑައިގެންނެވި ގާޒީ އަލީ ނަދީމްވެސް ވަނީ 50 އިންސައްތަ މައްސަލަ ކުރިއަށް ގެންދަވާފައެވެ.

ގާޒީ ޙަސަން ސައީދުގެ އިތުރުން ދެން އެންމެ މަދުން މައްސަލަތައް ކުރިއަށް ގެންދެވި ފަނޑިޔާރުންގެ ތެރޭގައި ގާޒީ މުޙައްމަދު މިޞްބާޙުއާއި، ގާޒީ އިސްމާޢީލް ޝަފީޢު ހިމެނެއެވެ. އެބޭފުޅުން ކުރިއަށް ގެންދަވާފައިވަނީ ތާވަލު ކުރެއްވި މައްސަލަތަކުގެ ތެރެއިން 29 އިންސައްތަ މައްސަލައެވެ.

މައްސަލަ ކުރިއަށް ގެންދެވި ގޮތުގެ ތަފްސީލުތަކުގެ އިތުރުން، އެ މުއްދަތުގައި އެންމެ ގިނަ މައްސަލަ ނިންމެވި ފަނޑިޔާރުންގެ ތަފާސްހިސާބުތައްވެސް ޝަމީމް ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން ކްރިމިނަލް ކޯޓުން އެންމެ ގިނަ މައްސަލަ ނިންމެވީ ފަނޑިޔާރު އާދަމް މުޙައްމަދުއެވެ.

މި މުއްދަތުގެ ތެރޭގައި ޕީޖީ އޮފީހުން ކޯޓުތަކަށް ހުށައެޅި މައްސަލަތަކަށް ބަލާއިރު، އެންމެ ގިނަ މައްސަލަ ކެންސަލްވެފައިވަނީވެސް ކްރިމިނަލް ކޯޓުގައެވެ. އެގޮތުން 272 އަޑުއެހުން ކެންސަލްވެފައިވެއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މި ހިސާބުތައް ނަންގަވައި، އެއްކުރައްވައި ޢާންމުކުރެއްވުމުގެ މަސައްކަތަކީ، އަދި މުޅިން އަލަށް ކުރަން ފައްޓަވާ މަސައްކަތެކެވެ. އަންނަ މަހުގެ ހިސާބުތަކުގައި، މަތީ މަރްޙަލާގެ ކޯޓުތަކުގެ ހިސާބުތައްވެސް ހިމެނުއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ޝަމީމް ފާޙަގަ ކުރެއްވިއެވެ.

ކްރިމިނަލް ކޯޓްޕީޖީ އޮފީސް

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް