Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށީގައި އިމާރާތްކުރާ ހައުސިންގެ މަޝްރޫއު

ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރާ 400 ހައުސިންގ ޔުނިޓް 10 ފްލޯއަށް ނަގަނީ

11 ފެބުރުއަރީ 2022 | ހުކުރު 07:29

ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 11 ފެބުރުއަރީ 2022 | ހުކުރު 07:29
ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް

ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް

ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރާ 400 ހައުސިން ޔުނިޓް 10 ފަންގިފިލާއަށް ނެގުމުގެ ހުއްދަ ލިބިފައިވާ ކަމަށާއި، އެމަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ލިބޭ ޕްލޭންއަކާއެކު ކަމަށް އެސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގެ ތަރައްގީ އާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ ފަސް އަހަރުގެ ތަރައްގީގެ ޕްލޭން އެކުލަވާލާފައިވަނީ ރައްޔިތުންގެ ވަރަށް ގިނަ ހިޔާލާ އެއްގޮތަށް ކަމަށެވެ. ޚާއްސަ ގޮތެއްގައި ބޯހިޔާވަހިކަމަށް ދިމާވާވެފައިވާ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ މަޝްވަރާ ހޯދަމުންދާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މޭޔަރު ވިދާޅުވީ ކުޅުދުއްފުއްޓަކީ ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށަކަށްވާތީ ހިއްކާފައިވާ ބިން ވީހާ ވެސް ގިނަ ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަށް ޕްލޭން ކުރުމަށް ރައްޔިތުން ހިޔާލު ދީފައިވާ ކަމަށާއި، އެކަމަށް މެޖޯރިޓީ ރައްޔިތުން ތާއީދު ކުރާ ކަމަށެވެ. އެ މަޝްވަރާގެ ދަށުން މިހާރު އިމާރާތް ކުރުމަށް ނިންމާފައިވާ 400 ހައުސިން ޔުނިޓް 10 ފަންގިފިލާ އަށް ނަގަން ނިންމާފައިވާ ކަމަށާއި، އެޓަވަރުތަކާއެކު ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ އެޓަވަރުތަކުގެ ފްލެޓްތަކުގައި ތިން ކޮޓަރިއާއި، ބޮޑު ސިޓިން ރޫމެއް އަދި ބެލްކަންޏެއް ހުންނާނެ ކަމަށާއި، ކޮންމެ ކޮޓަރިއެއްގައި އެޓޭޗްޑް ފާހަނާ ހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ އެޕާޓްމެންޓެއް ބޮޑުވާނެ ކަމަށާއި އެއީ ރައްޔިތުން އެދޭފަދަ ތަނަވަސް އެޕާޓްމެންޓެއް ކަމަށެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ 400 ހައުސިން ޔުނިޓް 4 ފަންގިފިލާ އަށް އިމާރާތް ކުރާނަމަ ލިފްޓެއް ނުހުންނާނެ ކަމަށާއި، އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ދަތިތައް ކުރިތިވާނެ ކަމަށެވެ. އަދި ޚާއްސަ އެހީތެރިކަން ބޭނުންވާ މީހުންނަށް މާބޮޑަށް ދަތިވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. ނަމަވެސް 10 ފަންގިފިލާ އަށް އިމާރާތް ކުރުމާއެކު ކޮންމެ ޓަވަރެއްގައި ވެސް ލިފްޓް ހުންނާނެ ކަމަށާއި، އެފަދަ މައްސަލަތައް ކުރިމަތިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ހައުސިން ޔުނިޓް އިމާރާތް ކުރާ ސަރަހައްދު ތަރައްގީކުރާނެ ޕްލޭން އެކުލަވާލާފައިވާ ކަމަށާއި، ތޮއްޖެހުމާއި، އަދިވެސް ދިމާވެދާނެ އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާނެ ކަަމަށެވެ. 400 ހައުސިން ޔުނިޓްގެ މަޝްރޫއުގެ އިތުރުން 1000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދާދި އަވަހަށް އެމަޝްރޫއުގެ މަސައްކަތްތައް ވެސް ހަމަޖެހޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

400 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދާނީ އަލަށް ހިއްކާފައިވާ 28 ހެކްޓަރުގެ ބިމުގައެވެ.

ކުޅުދުއްފުށި

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް
04 ނޮވެމްބަރު 2025

ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ކުޅުދުއްފުށީގައި ހުޅުވައިފި

04 ނޮވެމްބަރު 2025
ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ކުޅުދުއްފުށީގައި ހުޅުވައިފި
01 ނޮވެމްބަރު 2025

ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން ކުޅުދުއްފުށި ސިޓީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ބޮޑެތި ކަންބޮޑުންތައް އެބަހުރި: މޭޔަރ އާތިފް

01 ނޮވެމްބަރު 2025
ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން ކުޅުދުއްފުށި ސިޓީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ބޮޑެތި ކަންބޮޑުންތައް އެބަހުރި: މޭޔަރ އާތިފް
11 އޮކްޓޯބަރު 2025

ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ކުޅުދުއްފުއްޓާއި ދާންދޫގައި ހަރަކާތްތަކެއް ބާއްވައިފި

11 އޮކްޓޯބަރު 2025
ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ކުޅުދުއްފުއްޓާއި ދާންދޫގައި ހަރަކާތްތަކެއް ބާއްވައިފި
09 އޮކްޓޯބަރު 2025

މުޒާހަރާގެ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ހަރަކާތްތައް ހިންގުމަށް އެމްޑީޕީގެ ޓީމުތައް ކުޅުދުއްފުއްޓާއި ދާންދޫގައި

09 އޮކްޓޯބަރު 2025
މުޒާހަރާގެ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ހަރަކާތްތައް ހިންގުމަށް އެމްޑީޕީގެ ޓީމުތައް ކުޅުދުއްފުއްޓާއި ދާންދޫގައި
04 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ރައްޔިތުންނަށް ބޮޑު ލަނޑެއް؟ މިޔަރު ބާނަން ތައްޔާރުވާން ރައްޔިތުން ގާތު ވިދާޅުވެ، މިޔަރުގެ ވިޔަފާރި ކޮންޓްރޯލު ކުރަން ދިވެހި ސަރުކާރުން އޮތީ ތާއީދު ކޮށްފައި

04 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ރައްޔިތުންނަށް ބޮޑު ލަނޑެއް؟ މިޔަރު ބާނަން ތައްޔާރުވާން ރައްޔިތުން ގާތު ވިދާޅުވެ، މިޔަރުގެ ވިޔަފާރި ކޮންޓްރޯލު ކުރަން ދިވެހި ސަރުކާރުން އޮތީ ތާއީދު ކޮށްފައި
31 އޯގަސްޓު 2025

ކުޅުދުއްފުށީ ނެރުމައްޗަށް މުދާ އުފުލާ ބޯޓެއް އަރައިފި

31 އޯގަސްޓު 2025
ކުޅުދުއްފުށީ ނެރުމައްޗަށް މުދާ އުފުލާ ބޯޓެއް އަރައިފި
30 އޯގަސްޓު 2025

މިޔަރު ބާނަން ހުއްދަދޭން މުއިއްޒު ނިންމުމާއެކު މިޔަރު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ރުޅި ގަދަވެއްޖެ

30 އޯގަސްޓު 2025
މިޔަރު ބާނަން ހުއްދަދޭން މުއިއްޒު ނިންމުމާއެކު މިޔަރު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ރުޅި ގަދަވެއްޖެ
07 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ކުޅުދުއްފުށީ މާލިއްޔަތަށް އަހަރަކު ހަތަރު މިލިއަން ރުފިޔާގެ ގެއްލުންވާނެ

07 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ކުޅުދުއްފުށީ މާލިއްޔަތަށް އަހަރަކު ހަތަރު މިލިއަން ރުފިޔާގެ ގެއްލުންވާނެ
27 ޖެނުއަރީ 2025

18 އަހަރު ނުފުރޭ ކުޑަކުއްޖަކު ދުއްވި ޕިކަޕެއް ކުޅުދުއްފުށި އެއަރޕޯޓް ފެންސަށް އަރައިފި

27 ޖެނުއަރީ 2025
18 އަހަރު ނުފުރޭ ކުޑަކުއްޖަކު ދުއްވި ޕިކަޕެއް ކުޅުދުއްފުށި އެއަރޕޯޓް ފެންސަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް