Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލާމަރުކަޒީ ގާނޫނު

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ކުޅުދުއްފުށީ މާލިއްޔަތަށް އަހަރަކު ހަތަރު މިލިއަން ރުފިޔާގެ ގެއްލުންވާނެ

ލާމަރުކަޒީ ބިލް ތަސްދީގު ކުރައްވާ ހިސާބުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އަހަރަކު ހަތަރު މިލިއަން ރުފިޔާގެ ގެއްލުން ލިބޭނެކަމަށް އަންދާޒާ ކުރެވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 7 އޯގަސްޓު 2025 | ބުރާސްފަތި 14:42
ކުޅުދުއްފުށީ ސިޓީ ކައުންސިލް މޭޔަރު މުހައްމަދު އާތިފް: ވިދާޅުވީ ލާމަރުކަޒީ ބިލް ތަސްދީގުކުރުމާއި އެކު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މާލިއްޔާ އަށް ބޮޑެތި ގެއްލުންތަކެއް ވެގެންދާނޭ ކަމަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލް މޭޔަރު މުހައްމަދު އާތިފް: ވިދާޅުވީ ލާމަރުކަޒީ ބިލް ތަސްދީގުކުރުމާއި އެކު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މާލިއްޔާ އަށް ބޮޑެތި ގެއްލުންތަކެއް ވެގެންދާނޭ ކަމަށް

ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނިކުރުމާއެކު ކުޅުދުއްފުށީ ރައްޔިތުންގެ މާލިއްޔާއަށް އަހަރަކު ހަތަރު މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބޭނެކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނިކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސްކުރީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިސް ޖަލްސާގަ އެވެ.

Advertisement - newsAdvertisement

ސަރުކާރުން ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ކައުންސިލްތަކަށް ލިބިދީފައި އޮތް ބާރުތައް ހަނިކުރުމަށް މި ސަރުކާރުން ހުށަހެޅި އެ ބިލް މަޖިލީހުން ފާސްކުރީ، އެ ބިލް އަނބުރާ ގެންދިޔުމަށް 56 ކައުންސިލްތަކުން އެ ބިލާއި ދެކޮޅަށް ބަޔާންނެރެ އެ ބިލް އަނބުރާ ގެންދިއުމަށް ގޮވާލާފައި ވަނިކޮށެވެ.

ސިޓީ ކައުންސިލުން ބުދަ ދުވަހު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ރަށުގެ ތަރައްގީ އާއި ރަށުގައި ހިންގާ ގިނަ ހަރަކާތްތައް ކުރިއަށްގެންދެވެނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ލިބުނު މާލީ ބާރުވެރިކަމާއެކު ކަމަށެވެ.

އެހެންނަމަވެސް ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ލިބުނު ބާރުތައް ހަނިކުރަން ސަރުކާރުން ހުށަހެޅި ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އެގޮތުން ފަހު އަހަރު ކައުންސިލްތަކަށް މަސައްކަތް ނުކުރެވޭ ގޮތަށް އޮތުމާއި އާމްދަނީ އިތުރުކުރަން ހުރި މަސައްކަތް ހުއްޓުވާލާނެ ކަމަށެވެ. އަދި ކުންފުނިތަކުން ކައުންސިލަށް ލިބޭ އާމުދަނީ ހުއްޓިގެންދާނެ އެވެ.

އާތިފް ވިދާޅުވީ، އެ ބިލް ރައީސް މުއިއްޒު ތަސްދީގު ކުރައްވާ ހިސާބުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އަހަރަކު ހަތަރު މިލިއަން ރުފިޔާގެ ގެއްލުން ލިބޭނެކަމަށް ހޯދި ހޯދުންތަކުން އަންދާޒާކުރެވިފައިވާ ކަމަށެވެ.

އެހެންވުމުން އާތިފް އެދިވަޑައިގެންނެވީ ރަށުގެ ހައްގުގައި ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކޮށްދިނުމަށެވެ. އަދި ވަކި ހާއްސަކޮށް ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ފަރާތްތަކުން އެ ބިލް ފާސްނުކުރަން ބާރު އަޅަން މަސައްކަތްކޮށްދިނުމަށްވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

އާތިފް ވިދާޅުވީ މި ބިލު ރައީސް ތަސްދީގު ކުރައްވައިފި ނަމަ، މި އިސްލާހާއި އެކު ކައުންސިލްގެ މަސައްކަތްތައް ހިންގުމަށް ޓެކްނިކަލް މުވައްޒަފުން ނެގުން ހުއްޓި، ތަރައްގީގެ ޕްލޭން ހިންގުމަށް ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވެގެން ދާނޭ ކަމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާ ތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި، ކައުންސިލުތަކުގެ ބާރުތައް ކަނޑުވާލާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުގަ އެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ކޮމެޓީ ބައްދަލުވުމުގައި މާބޮޑު ބަދަލުތަކެއް ނުގެނެސް މަޖިލީހުން މި ބިލު ފާސްކުރީ 51 މެންބަރުންގެ ވޯޓާއެކު އެވެ.

ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.

އޭގެ އިތުރުން ދައުރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ކައުންސިލްތަކަށް އަމިއްލަ ބާރުގައި މުވައްޒަފުން ނެގުމާއި، ބިމާއި ފަޅުން ބައެއް ކުއްޔަށް ދިނުމާއި، ތަރައްގީގެ އައު މަޝްރޫއުތައް ހިންގުން ހުއްޓުމަކަށް އަންނާނެއެވެ.

މި ބިލު މަޖިލީހުން ފާސްކުރި ނަމަވެސް، ރައީސް މުއިއްޒު މި ބިލު ތަސްދީގު ނުކުރައްވަވާ އަނބުރާ ފޮނުއްވުމަށް ގިނަ އަދަދެއްގެ ކައުންސިލްތަކުން ވަނީ ގޮވާލާފަ އެވެ.

މުޙައްމަދު އާތިފް (އާތީ)ރައީސް މުއިއްޒުކުޅުދުއްފުށިލާމަރުކަޒީ ނިޒާމުރައްޔިތުންގެ މަޖިލިސްލޯކަލް ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު