Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޔާސީ ހައްޔަރީން

ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ކުޅުދުއްފުއްޓާއި ދާންދޫގައި ހަރަކާތްތަކެއް ބާއްވައިފި

މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކުން ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކުރަމުންދާ ކަންތައްތައް ފާހަގަކޮށް އަޑުއުފުލާފަ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2025 | ހޮނިހިރު 04:21
ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ކުޅުދުއްފުށި އަދި ދާންދޫގައި ބޭއްވުނު ހަރަކާތުގެ ތެރެއިން

ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ކުޅުދުއްފުށި އަދި ދާންދޫގައި ބޭއްވުނު ހަރަކާތުގެ ތެރެއިން

އޮކްޓޯބަރު 3 ވަނަ ދުވަހުގެރޭ އެމްޑީޕީގެ ފަރާތުން މާލޭގައި ބޭއްވި "ލޫޓުވައިފި" ބޮޑު އެއްވުމުގެ ތެރެއިން ހައްޔަރުކުރެވުނު ފަރާތްތައް ދޫކޮށްލުމަށް ގޮވާލައި، ހދ. ކުޅުދުއްފުއްޓާއި ގއ. ދާންދޫގައި ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.

ހުކުރު ދުވަހުގެރޭ ބޭއްވުނު މި ހަރަކާތްތަކުގައި އެ ދެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި އެމްޑީޕީގެ ބައެއް އިސް ފަރާތްތައް ބައިވެރިވިއެވެ. ކުޅުދުއްފުށީގައި ބޭއްވުނު ހަރަކާތުގައި، އެ ސިޓީގެ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފް މިނިވަން ކުރުމަށް ގޮވާލައި ގިނަ ބައެއްގެ ޝުއޫރު ފާޅުކުރިއެވެ.

Advertisement - newsAdvertisement
ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ކުޅުދުއްފުށީގައި ބޭއްވުނު ހަރަކާތުގެ ތެރެއިން
ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ކުޅުދުއްފުށީގައި ބޭއްވުނު ހަރަކާތުގެ ތެރެއިން

ހަމައެހެންމެ ދާންދޫގައި ބޭއްވުނު ހަރަކާތުގައި، އެ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ މިނިވަންކުރުމަށް ގޮވާލައި ރައްޔިތުން އަޑުއުފުލިއެވެ. އަދި ޖުމްލަގޮތެއްގައި ‏ސުލަހްވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުންކުރުމުން މި ސަރުކާރުން ޖަލުގައި ބަންދުކޮށްފައިވާ ހުރިހާ ފަރާތްތައް ދޫކޮށްލުމަށް މި ހަރަކާތުގައި ގޮވާލާފައިވެއެވެ. މީގެ އިތުރުން މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކުން ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކުރަމުންދާ ކަންތައްތައް ފާހަގަކޮށް އަޑުއުފުލާފައެވެ.

ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ގޮވާލާ ގއ. ދާންދޫގައި ބޭއްވުނު ހަރަކާތުގެ ތެރެއިން
ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ގޮވާލާ ގއ. ދާންދޫގައި ބޭއްވުނު ހަރަކާތުގެ ތެރެއިން

ބޮޑު އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ދޫކޮށްލުމަށް ގޮވާލާ ބުދަ ދުވަހުގެރޭ މާލޭގައި ފެށި ހާއްސާ ހަރަކާތާ ގުޅޭގޮތުން އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއަރޕާސަން އަލީ ނިޔާޒް ވިދާޅުވީ، މުޒާހަރާގެ ތެރެއިން ހައްޔަރުކުރެވުނު 6 މީހުން ޖަލުގައި ބަންދުކޮށްފައި ތިބީ ސިޔާސީ ބޭނުމަކަށެވެ. އަދި މި ހަރަކާތަކީ އެ ފަރާތްތައް ދޫކޮށްލުމަށް ގޮވާލައި ހިންގޭ ހާއްސަ ހަރަކާތެއް ކަމަށާއި، މާލޭގެ އިތުރުން އެ ފަރާތްތައް ނިސްބަތްވާ ރަށްރަށުގައިވެސް މި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ހަރަކާތުގެ ތެރެއިން، ދަނޑިކޮށި ހަރުގޭ ބޭރުގައި ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވާ 6 ބައިވެރިންގެ ފޮޓޯ ހިމެނޭ ބޮޑު ޕޯސްޓަރެއް ހަރުކުރެވުނެވެ. ކްރިމިނަލް ކޯޓުން ވަނީ މި 6 މީހުންގެ ބަންދު މުއްދަތު 15 ދުވަހަށް އިތުރުކޮށްފައެވެ. މީގެ ތެރޭގައި ޔައުގޫބް އަބްދުﷲ، ޔާސިރު އަބްދުއްލަތީފް، މާފުށި ކައުންސިލްގެ ރައީސް ހަސަން ސަލާހު، އަލީ ޖުމާން، އަޒީމް އަލީ އަދި ހަސަން ޝާކިރު ހިމެނެއެވެ.

ބަންދުކުރެވުނު ފަރާތްތަކުގެ ތެރެއިން މާފުށި ކައުންސިލްގެ ރައީސް ހަސަން ސަލާހުގެ އިނގިލި ބިންދާލާފައިވާކަން އެނގިފައިވެއެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ކުރީގެ މެންބަރު ޔާސިރު ބިޑިއަޅުވައިގެން ގެންގުޅޭ މަންޒަރު ވަނީ ފެނިފައެވެ.

އެމްޑިޕީ އިން އޮކްޓޯބަރު 3 ވަނަ ދުވަހުގެރޭ ބޭއްވި ބޮޑު އެއްވުމަށްފަހު، ރައީސް މުއިއްޒުގެ ސަރުކާރުން މިނިވަން މުއައްސަސާތައް ބޭނުން ކުރައްވައިގެން ސިޔާސީ ތަހުގީގުތަކެއް އެމްޑީޕީގެ އިސްފަރާތްތަކާ ދެކޮޅަށް ފަށާފައިވާ ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންޓި ކޮރަޕްޝަން ކޮމިޝަން މެދުވެެރިކޮށް ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުމަށް ޗިޓު ފޮނުވަމުން ދަނީ ނޮވެމްބަރު 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެއްވުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިންވެސް ބުނެފައިވެއެވެ.

ކުޅުދުއްފުށިދާންދޫޔާސިރު އަބްދުއްލަތީފްޔައުގޫބް އަބްދުﷲއެމްޑީޕީސިޔާސީ ހައްޔަރީން

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު