ކުޅުދުއްފުށީ ނެރުމައްޗަށް މުދާ އުފުލާ ބޯޓެއް އަރައިފި
31 އޯގަސްޓު 2025 | އާދީއްތަ 16:49ޑީއެމްއެމްއޭ އެކްސްޕްރެސް ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކުޅުދުއްފުށީ ނެރުމައްޗަށް އަރައިފި
ރާއްޖެ އެމްވީ | 31 އޯގަސްޓު 2025 | އާދީއްތަ 16:49
ކުޅުދުއްފުށީ ނެރުމައްޗަށް ޑީއެމްއެމްއޭ އެކްސްޕްރެސް ބޯޓު އަރާފައި
ކުޅުދުއްފުށީ ނެރުމައްޗަށް މުދާ އުފުލާ ބޯޓެއް އަރައިފިއެވެ.
ބޯޓު އެރީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޑީއެމްއެމްއޭ އެކްސްޕްރެސް ނަމަކަށް ކިޔާ މި ބޯޓު ނެރު މައްޗަށް އެރީ، ކުޅުދުއްފުށިން ފެން ބަރު ކޮށްގެން ހއ. ކެލައަށް ދަތުރު ފަށަން އުޅެނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެނގިފައިވާ ގޮތުގައި ބޯޓު ނެރުމައްޗަށް އެރީ ނެރުން ނުކުންނަނިކޮށް އިންޖީނު ހުއްޓިގެންނެވެ.
ބޯޓު ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.









