Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް

"ގަލްވަނައިޒިންގ މޮމެންޓަމް ފޮރ ޔުނިވަރސަލް ވެކްސިނޭޝަން"ގެ ބައްދަލުވުމެއް މިމަހު 25ގައި

ވެކްސިން ފޯރުކޮށްދިނުމަށް ކުރިމަތިވާ ގޮންޖެހުންތައް ދިރާސާކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 10 ފެބުރުއަރީ 2022 | ބުރާސްފަތި 13:51
އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް، އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް، އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމާ ބެހޭގޮތުން އދ. ގެ އާއްމު މަޖިލީހުގައި 25 ފެބްރުއަރީގައި 'ގަލްވެނައިޒިންގ މޮމެންޓަމް ފޮރ ޔުނިވަރސަލް ވެކްސިނޭޝަން'ގެ ނަމުގައި މަތީފަންތީގެ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް, އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ މި ބައްދަލުވުމުގައި އިންސާފުވެރި ގޮތެއްގައި ވެކްސިން ފޯރުކޮށްދިނުމަށް ކުރިމަތިވާ ގޮންޖެހުންތައް ދިރާސާކޮށް، އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ޔުނިވަރސަލް ވެކްސިނޭޝަން ހާސިލުކުރުމަށް ސިޔާސީ ގޮތުން ދޭ އަހައްމިއްޔަތުކަން އާކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

މި ބަލިމަޑުކަން ދެކެންވީ ތާރީޚު ބަދަލުކޮށްލި، ޚާއްސަކޮށް އިންސާނިއްޔަތުގެ މުސްތަގުބަލު އުޖާލާކޮށް، ދެމެހެއްޓެނިވި މުސްތަގުބަލަކަށް ވާސިލުކޮށް، ދެކޮޅު ނުޖެހޭ ބަހަނާ ދެއްކުން ހުއްޓުވައި، ހުރިހާ އެންމެން ބާރުވެރިކުރުވައި، ދުނިޔެ ހިމާޔަތްކޮށް، ފާގަތިކަން ބިނާކޮށް، އަދި އުއްމީދީ އައު ޖީލެއް އުފެދިގެން ދިޔަ ކަމެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ކޮވިޑް-19ން އަރައިގަތުމަށް މަސައްކަތްތަކެއް ކުރުމަކީ އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ ޝާހިދުގެ އެންމެ މުހިއްމު 5 ވައުދުގެ ތެރެއިން ފުރަތަމަ ވައުދެވެ.

ވެކްސިންކޮވިޑް-19ޢަބްދުﷲ ޝާހިދު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު