Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވ. އާރަށު ޚިޔާނާތުގެ މައްސަލަ

މަސްދަރު ނޭނގޭ ގޮތަށް، ކޯޓާގުޅޭގޮތުން ދައްކާ ވާހަކަތައް ނުފެތުރުމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އެދިވަޑައިގެންފި

10 ފެބުރުއަރީ 2022 | ބުރާސްފަތި 12:56

ގާޒީ ވިދާޅުވާ ގޮތުގައި ޝަރީއަތުން ދެފަރާތުގެ ވާހަކަވެސް އަޑުއައްސަވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ފެބުރުއަރީ 2022 | ބުރާސްފަތި 12:56
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް- ރައްޔިތުންގެ މެދުގައި ޝަރީއަތާމެދު ނަފްރަތު އުފެދޭ ގޮތަށް ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގެންފައިވޭ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް- ރައްޔިތުންގެ މެދުގައި ޝަރީއަތާމެދު ނަފްރަތު އުފެދޭ ގޮތަށް ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގެންފައިވޭ

މަސްދަރު ނޭނގޭގޮތަށް ކޯޓާގުޅޭގޮތުން ދައްކާ ވާހަކަތައް ނުފެތުރުމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް އެދިވަޑައިގެންފިއެވެ.

ގާޒީ ޝަކީލް އެހެން އެދިވަޑައިގެންފައިވަނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ވ. ފެލިދޫ ހަނދުވަރީގޭ ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމުގައެވެ. މި އަޑުއެހުން ފައްޓަވަމުން ގާޒީ ވަނީ ބައެއް ކަންކަން ޝަރީއަތުން ފާހަގަ ކުރައްވާފައެވެ.

Advertisement - newsAdvertisement

ގާޒީ ޝަކީލް ވަނީ ޝަރީއަތާ ގުޅޭގޮތުން ޚަބަރުތަކާއި މައުލޫމާތު ފަތުރާއިރު، ރައްޔިތުންގެ މެދުގައި ޝަރީއަތާމެދު ނަފްރަތު އުފެދޭ ގޮތަށް ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ފަނޑިޔާރެއް ނަމަވެސް، ވަކީލެއް ނަމަވެސް، އެހެން ފަރާތެއް ނަމަވެސް އެ ބައެއްގެވެސް ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ހުންނާނެކަން ގާޒީ ޝަކީލު ފާހަގަ ކުރެއްވިއެވެ. ފާއިތުވި އެކި ދުވަސްތަކުގައިވެސް ޝަރީއަތާއިމެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ބީދައިން އެކި ފަރާތްތަކުން މައުލޫމާތު ފަތުރާފައިވާކަމަށް ގާޒީ ވިދާޅުވިއެވެ.

އޭގެ އިތުރުން، މަސްދަރު ނޭނގޭ ގޮތަށް, ކޯޓާއި ގުޅޭގޮތުން ދައްކާ ތަފާތު އެކި ވާހަކަތައް ހަގީގަތް ނުބަލައި ނުފެތުރުމަށްވެސް ގާޒީ ވަނީ އެދިވަޑައިގެންފައެވެ.

މި އަޑުއެހުމުގައި ގާޒީ ވަނީ އާރަށު ޚިޔާނާތުގެ ތާވަލާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާއި، ޝަރީއަތްތައް ލައިވް ކުރުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތައްވެސްސާފުކޮށްދެއްވާފައެވެ.

މި މައްސަލާގައި 27 ޖެނުއަރީގައި ބޭއްވި އަޑުއެހުމުގައި ގާޒީ ޝަކީލު ވަނީ, އާރަށު ޚިޔާނާތުގެ ތާވަލެއް ހިއްސާ ކުރައްވާފައެވެ. އެ ތާވަލުގައިވާގޮތުން މި މައްސަލައިގެ ހުކުމްކުރުން އޮންނާނީ ނޮވެމްބަރު މަހުގެފަހުކޮޅުއެވެ. އެ ތާވަލަށް ބަދަލު އައުން އެކަށީގެންވާކަމަށް އެ ދުވަހުގެ އަޑުއެހުމުގައިވެސް ގާޒީ ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ގާޒީ ހިއްސާ ކުރެއްވި ތާވަލާ ގުޅޭގޮތުން ދެފަރާތާ ވަނީ މަޝްވަރާވެސް ކޮށްފައެވެ. އެގޮތުން ޕީޖީ އޮފީހުން ވަނީ މި މައްސަލައިގެ ތާވަލަށް ބަލާއިރު، އެއް ދުވަހުން ކުރިއަށް ގެންދެވިދާނެ އަޑުއެހުންތައްވެސް ވަކި ދުވަސްތަކަކަށް ބަހާލާފައިވާތީ، ތާވަލާ ގުޅޭގޮތުން އެ އޮފީހުގެ ޚިޔާލުވެސް ހިއްސާކޮށްފައެވެ. އަދި އެކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓާ ވަނީ މަޝްވަރާވެސް ކޮށްފައެވެ. އެހެންނަމަވެސް، އެކަންކަން ލިއުމުން ކޯޓަށް ހުށައެޅުމުގެ ކުރިން ކޯޓުން ވަނީ ތާވަލަށް ބަދަލު ގެނެސް، ޖޫން މަހު ހުކުމް ކުުރުމަށް ތާވަލުކޮށް ދެފަރާތަށް ތާވަލު ހިއްސާކޮށްފައެވެ. އެގޮތުން ހުކުމް ކުރުން ޖޫން 30އަށް މިހާރު ވަނީ އަވަސްކޮށްފައެވެ.

އެކަން ވީގޮތް ސާފު ކޮށްދެއްވަމުން ގާޒީ ޝަކީލު ވިދާޅުވީ، ޔާމީނުގެ މައްޗަށް އެމްއެމްޕީއާރްސީއާ ގުޅުންހުރި އިތުރު މައްސަލައެއްގައި ދައުވާ އުފުލައި ޝަރީއަތް ކުރިއަށްދާކަމަށެވެ. އާންމު އުސޫލަކުން އެފަދަ ހާލަތްތަކުގައި ކޯޓުން ބަލަނީ އެ މައްސަލަތައް އެއްކޮށް ނިންމުންކަން ފާހަގަ ކުރައްވައި ގާޒީ ވިދާޅުވީ، އެއީ ދެ މައްސަލަ އޮތް ހިސާބަށް ބައްލަވައި، ދައުވާލިބޭ މީހާގެ މަސްލަހަތަށްވެސް ބައްލަވާފައި ނިންމެވި ނިންމެވުމެއް ކަމަށެވެ. އެގޮތުން ކޯޓުގައި އެ މައްސަލަވެސް ބައްލަވަނީ ގާޒީ ޝަކީލެވެ.

އެހެންނަމަވެސް، ޝަރީއަތް ކުރިއަށްދާ ގޮތަކުން ތާވަލަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެކަންވެސް ގާޒީ ފާހަގަ ކުރެއްވިއެވެ. ގާޒީ ވިދާޅުވިގޮތުގައި ޝަރީއަތުން ދެފަރާތުގެ ވާހަކަވެސް އަޑުއައްސަވާނެއެވެ.

މި ދެ މައްސަލާގައިވެސް ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެވެ. ދެ މައްސަލައިގެ ހުކުމްކުރުންވެސް ވަނީ ޖޫން މަހުގެ 30 ވަނަ ދުވަހަށް ތާވަލު ކޮށްފައެވެ. ފުއްގިރި މައްސަލައިގެ ހުކުމް އެ ދުވަހުގެ 09:30ށް ތާވަލު ކޮށްފައިވާއިރު، އާރަށު މައްސަލައިގެ ހުކުމްކުރާނީ އެ ދުވަހުގެ 13:00ގައެވެ.

ކްރިމިނަލް ކޯޓްއެމްއެމްޕީއާރްސީ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް