Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގިނަ އަދަދެއްގެ ދޫނިތަކެއް މަރާލުން

ދޫނިތައް މަރާލި މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ރިޕޯޓެއް ހުށަހެޅުމަށް ރައީސް އަންގަވައިފި

9 ފެބުރުއަރީ 2022 | ބުދަ 08:14

ދޫނިތައް މަރާލުމުގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލީ ރިޕޯޓެއް ހަދާ ހުށަހެޅުމަށް ފިޝަރީޒް މިނިސްޓްރީއަށް ވަނީ އަންގާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ފެބުރުއަރީ 2022 | ބުދަ 08:14
މަރާލާފައިވާ ދޫނިތައް

މަރާލާފައިވާ ދޫނިތައް

ރާއްޖެއަށް އެތެރެ ކުރުމަށް ހުއްދަ ލިބިފައިނުވާ ގިނަ ދޫނިތަކެއް މަރާލި މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ރިޕޯޓެއް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޤަވާއިދާ ޙިލާފަށް އެތެރެ ކުރި ދޫނިތައް މަރާލުމުގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލީ ރިޕޯޓެއް ހަދާ ހުށަހެޅުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހުށަހެޅުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިދޫނިތައް މަރާލާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދޫނިތައް މަރާލީ އިންޖެކްޝަން ޖަހައިގެންނެވެ. އެއީ 120 ދޫނި ކަމަށާއި، އޭގެ އަގު 800،000 ރުފިޔާއަށް އަރާ ކަމަށް މައުލޫމާތު ލިބެއެވެ.

މިމައްސަލައާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނީ އެ ދޫނިތަކަކީ, އެތެރެކުރުން ހުއްދަނޫންއިރު ރާއްޖެއަށް އެތެރެ ކުރަން އުޅުމުގެ ތެރޭގައި ހިފަހައްޓާފައިވާ ދޫނިތަކެއް ކަމަށެވެ. އަދި އެދޫނިތައް ހިފަހައްޓާފައި ހުންނަތާ ތިން މަހަށްވުރެ ގިނަ ދުވަސްވެފައިވާނެ ކަމަށާއި، އެ މަރާލާފައިވަނީ އެޓަރނީ ޖެނެރަލް އޮފީހުގެ ލަފާގެ މަތިން ކަމަށެވެ.

ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި އެ ދޫނިތައް ނައްތާނުލައި، އެތެރެކުރި ޤައުމަށް ފޮނުވާލުމުގެ ފުރުސަތު ދެވޭކަން ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާއި ބެހޭ ގަވާއިދުގައި ބުނެފައިވާކަމަށް ބަންޑާރަ ނައިބު (އޭޖީ) އޮފީހުން ވަނީ ބުނެފައެވެ. އޭޖީ އޮފީހުން މައުލޫމާތުދޭ ގޮތުގައި އެއީ "ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެވޭ ދޫނީގެ ބާވަތްތަކުގެ ލިސްޓު"ގައި ނުހިމެނޭ ދޫނިތަކެކެވެ. އެގޮތުން ގަވާއިދާއި ޚިލާފަށް ދޫންޏެއް އެތެރެކުރާ ހާލަތްތަކުގައި އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި, އެ ދޫންޏެއް ނައްތާނުލައި، އެތެރެކުރި ޤައުމަށް ފޮނުވާލުމުގެ ފުރުސަތު ދެވޭކަން ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާއި ބެހޭ ގަވާއިދުގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް އެގޮތުގެ މަތިން މިނިސްޓްރީން އަމަލުކޮށްފައި ނުވާކަން އޭޖީ އޮފީހުން ވަނީ ބުނެފައެވެ. މީގެއިތުރުން، އެތަކެތި ގެނައި ޤައުމަށް އަނބުރާ ފޮނުވާލުމަށާއި އެތެރެކުރި ދޫނިތައް ނައްތާލުމަށް ދާ ޚަރަދުގެ ޒިންމާ އުފުލަންޖެހޭނީ ދޫނި އެތެރެކުރި ފަރާތުންކަން ޤަވާއިދުގައި ބަޔާންކޮށްފައިވާކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.

އަނިޔާވެރި ގޮތެއްގައި ދޫނިތަކެއް މަރާލީ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑު ކިޔުން ފިޝަރީޒް މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ.

ދޫނިތަައް މަރާލުމާއި ގުޅިގެން ރާއްޖެއެމްވީއަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ, މިމައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެ ކުރާ ދޫނިތައް މަރާލުމަކީ އަބަދުވެސް އަމަލު ކުރަމުން އަންނަ އުސޫލު ކަމަށާއި، ނަމަވެސް އެނޫން ގޮތެއް މިކަމުގައި ހޯދަން ޖެހޭ ކަމަށެވެ. އެހެންކަމުން މަރާނުލައި ކަންކަން ކުރާނެ ގޮތެއް ނިންމައި ޤާނޫނާއި ޤަވާއިދު ބަދަލުކުރަން ޖެހޭ ކަމަށް ނައީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުމިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
25 ޑިސެމްބަރު 2024

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
07 ޖޫން 2024

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

07 ޖޫން 2024
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
27 އޮކްޓޯބަރު 2023

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

27 އޮކްޓޯބަރު 2023
ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
12 އޯގަސްޓު 2023

މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

12 އޯގަސްޓު 2023
މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް