Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަތީ ތައުލީމަށް ފުރުސަތު ހުޅުވާލުން

ހަޔަރ އެޑިޔުކޭޝަނުން ހަތަރު ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހަތަރު ސްކޮލަރޝިޕަށް ވެސް ފޯމް ހުށަހެޅުމުގެ ސުންގަޑި މިމަހުގެ ތެރޭގައި ހަމަވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 9 ފެބުރުއަރީ 2022 | ބުދަ 04:45
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުން

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މަތީ ތައުލީމަށް ފުރުސަތު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހަތަރު ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިޔުކޭޝަނުން ފުރުސަތު ހުޅުވާލާފައިވަނީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން ސްކޮލަރޝިޕް 2022/2023، ގަވާމެންޓް އޮފް ބުރުނާއީ ދާރުއްސަލާމް ސްކޮލާޝިޕް 2022/2023، ޔުނިވަރސިޓީ އޮފް އެޑިންބަރގް ބިޒްނަސް ސްކޫލު ސްކޮލަރޝިޕް 2022 އަދި ޗައިނީޒް ގަވަރމަންޓް ސްކޮލަރޝިޕް 2022/2023 ށެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން ސްކޮލަރޝިޕަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، މިމަހުގެ 20 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން ފޯމް ހުށަހަޅަންޖެހޭ ކަމަށެވެ. މި ސްކޮލަރޝިޕްގެ ދަށުން ދެ ކޯހަކަށް ކުރިމަތިލެވޭނެއެވެ. އެއީ މާސްޓަރސް އޮފް ލޯ އިން އިންޓަރނޭޝަނަލް މެރިޓައިމް ލޯ އަދި މާސްޓަރސް އޮފް ހިއުމަނިޓީސް އިން އިންޓަރނޭޝަލް މެރިޓައިމް ލެޖިސްލޭޝަން އެވެ. މޯލްޓާގައި ކޯސް ފުރިހަމަ ކުރަން ޖެހޭއިރު، މި ސްކޮލަރޝިޕް ފުރުސަތައް ހޮވޭ 2 ކެންޑިޑޭޓުންގެ ހުރިހާ ޚަރަދެއްވެސް ހަމަޖައްސާނީ ކޯސް އިންތިޒާމްކުރާ ފަރާތުންކަމަށް މިނިސްޓްރީން ބުނެއެވެ.

ދާރުއްސަލާމް ސްކޮލާޝިޕް 2022/2023 އާއި ބެހޭ ގޮތުން ހަޔަރ އެޑިޔުކޭޝަނުން ބުނީ ޔުނިވަރސިޓީ ބުރުނާއީ ދާރުއްސަލާމް (ޔޫ.ބީ.ޑީ)، ޔުނިވަރސިޓީ އިސްލާމް ސުލްތާން ޝަރީފް އަލީ (ޔޫ.އެން.އައި.އެސް.އެސް.އޭ)، ޔުނިވަރސިޓީ ޓެކްނޮލޮޖީ ބުރުނާއީ (ޔޫ.ޓީ.ބީ) އަދި ޕޮލިޓެކްނިކް ބުރުނާއީ (ޕީ.ބީ)ން ފުރުސަތު ހުޅުވާލާފައިވާ ކޯސްތަކަށް އެޕްލިކޭޝަން ހުށަހަޅޭނެ ކަމަށެވެ. އަދި 10 ފެބްރުއަރީވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30ގެ ކުރިން ފޯމް ހުށަހަޅަން ޖެހޭ ކަމަށް މިނިސްޓްރީން ބުނެއެވެ. މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށްވާއިރު، ކޯސް ފުރިހަމަ ކުރަން ޖެހެނީ ބުރުނާއީ ގައެވެ.

މީގެ އިތުރުން ހަޔަރ އެޑިޔުކޭޝަނުން ބުނީ ޔުނިވަރސިޓީ އޮފް އެޑިންބަރގް ބިޒްނަސް ސްކޫލު ސްކޮލާޝިޕް 2022ގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހުޅުވާލެވިފައިވާކަން އެ ޔުނިވާސިޓީން އަންގާފައިވާ ކަމަށެވެ. މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް އިންތިޒާމް ކުރާ ފަރާތުން ކަމަށްވާއިރު، މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަންޖެހޭ ކަމަށެވެ. މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 28 ފެބްރުއަރީ 2022ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:30ށް ކަމަށެވެ.

ޗައިނީޒް ގަވަރމަންޓް ސްކޮލަރޝިޕަށް އިޝާރަތް ކުރައްވައި ހަޔަރ އެޑިޔުކޭޝަނުން ބުނީ މިއީ ޗައިނާގައި ހުންނަ ރާއްޖެ އެމްބަސީ މެދުވެރިކޮށް ލިބިފައިވާ ފުރުސަތެއް ކަމަށެވެ. އެއީ 2 ބެޗްލަރސް ޑިގްރީއާއި އެއް ޕީ.އެޗް.ޑީ ޕްރޮގްރާމެވެ. ޗައިނާގައި ކިޔެވުމަށް ހަމަޖެހިފައިވާއިރު، 14 ފެބްރުއަރީވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:30ގެ ކުރިން ފޯމް ހުށަހަޅަން ޖެހޭ ކަމަށެވެ.

ހަޔާރ އެޑިޔުކޭޝަނުން ބުނީ އެޕްލިކޭޝަން ހުށަހަޅާނީhttps://myedu.egov.mv ޕޯޓަލް މެދުވެރިކޮށް ކަމަށާއި، އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް
07 ޖުލައި 2024

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ
16 މެއި 2024

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
25 އެޕްރީލު 2024

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

25 އެޕްރީލު 2024
ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
17 މާރިޗު 2024

ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

17 މާރިޗު 2024
ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2024

ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2024
ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި
03 ޖެނުއަރީ 2024

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

03 ޖެނުއަރީ 2024
ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި
22 ޑިސެމްބަރު 2023

ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

22 ޑިސެމްބަރު 2023
ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު