Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއަށް އެތެރެކުރި ދޫނިތައް

އޭޖީ ދެއްވި ލަފާ: އެތެރެ ކުރި ދޫނި އަނބުރާ ފޮނުވާލެވިދާނެ

އެއީ "ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެވޭ ދޫނީގެ ބާވަތްތަކުގެ ލިސްޓު"ގައި ނުހިމެނޭ ދޫނިތަކެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ފެބުރުއަރީ 2022 | އަންގާރަ 16:51
ބަންޑާރަނައިބު އިބްރާހިމް ރިފްއަތު

ބަންޑާރަނައިބު އިބްރާހިމް ރިފްއަތު

ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި އެ ދޫނިތައް ނައްތާނުލައި، އެތެރެކުރި ގައުމަށް ފޮނުވާލުމުގެ ފުރުސަތު ދެވޭކަން ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދުގައި ބުނެފައިވާކަމަށް ބަންޑާރަނައިބު (އޭޖީ) އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން މައުލޫމާތުދޭ ގޮތުގައި އެއީ "ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެވޭ ދޫނީގެ ބާވަތްތަކުގެ ލިސްޓު"ގައި ނުހިމެނޭ ދޫނިތަކެކެވެ. އެގޮތުން ގަވާއިދާ ޚިލާފަށް ދޫންޏެއް އެތެރެކުރާ ހާލަތްތަކުގައި އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި, އެ ދޫންޏެއް ނައްތާނުލައި، އެތެރެކުރި ގައުމަށް ފޮނުވާލުމުގެ ފުރުސަތު ދެވޭކަން ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް އެގޮތުގެ މަތިން މިނިސްޓްރީން އަމަލުކޮށްފައި ނުވާކަން އޭޖީ އޮފީހުން ފާހަގަކުރެއެވެ.

އޭގެ އިތުރުން، އެތަކެތި ގެނައި ގައުމަށް އަނބުރާ ފޮނުވާލުމަށާއި އެތެރެކުރި ދޫނިތައް ނައްތާލުމަށް ދާ ޚަރަދުގެ ޒިންމާ އުފުލަންޖެހޭނީ ދޫނި އެތެރެކުރި ފަރާތުންކަން ގަވާއިދުގައި ބަޔާންކޮށްފައިވާކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.

އޭޖީ އޮފީހުން ބުނެފައިވާ ގޮތުގައި އެ އޮފީހަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ގަވާއިދާ ޚިލާފުވެގެން ދޫނިތައް ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރުމަހާއި އޮކްޓޫބަަރުމަހާއި އަދި ނޮވެންބަރުމަހުގެ ތެރޭގައެވެ. ނަމަވެސް، އެ ދޫނިތައް ކަރަންޓީން ކުރުން ފިޔަވަައި، ގަވާއިދާ ޚިލާފުވި ފަރާތްތަކާމެދު އެ ގަވާއިދުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް މިހާތަނަށްވެސް އަޅާފައިނުވާކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އޭގެ ބަދަލުގައި "ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެވޭ ދޫނީގެ ބާވަތްތަކުގެ ލިސްޓު"ގައި ނުހިމެނޭ ދޫނިތައް އެ ލިސްޓަށް އިތުރުކޮށް، 13 ޑިސެންބަރު 2021ގައި ގަވާއިދު އިސްލާހު، މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

އެއަށްފަހު އެ ދޫނިތައް އެތެރެކުރަން އުޅުނު ފަރާތްތަކަށް އެ ދޫނިތައް ދޫކުރުމުގެ ހުއްދަ ދިނުމާގުޅޭ ގޮތުން އޭޖީ އޮފީހުގެ ލަފަޔަކަށް މިނިސްޓްރީން އެދިފައިވާއިރު، އެކަމާ ގުޅޭ ގޮތުން އޭޖީ އޮފީހުން ލަފާ ދީފައިވާނީ ދޫނިތައް އެތެރެކޮށް ކަރަންޓީންކުރެވެނުއިރު އަމަލުކުރަމުން ގެންދިޔަ ދިވެހިރާއްޖެއަށް ދޫނިއެތެރެކުރުމާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން އަމަލުކުރަން ފެންނަ ވާހަކަ ކަމަށް އެ އޮފީހުން ބުނެއެވެ.

އަދި މި މައްސަލާގައި ހިމެނޭ ކަރަންޓީން ކުރެވުނު ދޫނިތަކާ ގުޅޭ ގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުނުކޮށް ދިގުމުއްދަތެއް ފާއިތުވެފައިވާކަން އެނގޭތީ، ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅުތައް ތަންފީޒުކުރުމުގައި އިހުމާލުވާ ފަރާތެއްވާނަމަ އެކަން ބައްލަވައި ފިޔަވަޅު އަޅުއްވަންވާނެކަމަށް ފެންނަ ވާހަކަވެސް މިނިސްޓްރީއަށް ދިން ލަފާގައި އޭޖީ އޮފީހުން ބަޔާންކޮށްފައިވެއެވެ.

އޭޖީ އޮފީސް

އިތުރަށް ކިޔާލަން

07 މެއި 2024

އިޓްލޮސް މައްސަލައިގައި ބޭރުގެ މާހިރުންނާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރެވެން ނެތީ އެމީހުން ދައުވާކޮށްފާނެތީ: ސަރުކާރު

07 މެއި 2024
އިޓްލޮސް މައްސަލައިގައި ބޭރުގެ މާހިރުންނާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރެވެން ނެތީ އެމީހުން ދައުވާކޮށްފާނެތީ: ސަރުކާރު
20 ޑިސެމްބަރު 2023

އިޓްލޮސްގެ ނިންމުން ރިވިއު ކުރުމާއި ގުޅޭގޮތުން ކޮމިޓީއެއް އެކުލަވާލައިފި

20 ޑިސެމްބަރު 2023
އިޓްލޮސްގެ ނިންމުން ރިވިއު ކުރުމާއި ގުޅޭގޮތުން ކޮމިޓީއެއް އެކުލަވާލައިފި
14 ނޮވެމްބަރު 2023

ތިން ބިލެއް މަޖިލީހަށް ހުށައެޅުމަށް ރައީސް އޮފީހަށް ފޮނުވައިފި

14 ނޮވެމްބަރު 2023
ތިން ބިލެއް މަޖިލީހަށް ހުށައެޅުމަށް ރައީސް އޮފީހަށް ފޮނުވައިފި
07 އޯގަސްޓު 2023

ޔާމީނު ދައްކަވަންޖެހޭ 5 މިލިއަން ޑޮލަރު ނުދައްކަވާތީ އޭޖީ އޮފީހުން ކޯޓަށް

07 އޯގަސްޓު 2023
ޔާމީނު ދައްކަވަންޖެހޭ 5 މިލިއަން ޑޮލަރު ނުދައްކަވާތީ އޭޖީ އޮފީހުން ކޯޓަށް
05 ފެބުރުއަރީ 2023

މިއަހަރުގެ ފުރަތަމަ ދައުރުގައި 23 ބިލެއް ހުށަހެޅުމަށް އޭޖީ އޮފީހުން ނިންމައިފި

05 ފެބުރުއަރީ 2023
މިއަހަރުގެ ފުރަތަމަ ދައުރުގައި 23 ބިލެއް ހުށަހެޅުމަށް އޭޖީ އޮފީހުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު