Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗާގޮސްގެ މައްސަލަ

ޗާގޮސްގެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވޭތޯ ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެދި ގަރާރެއް ހުށަހަޅައިފި

މަޖިލީހުގެ ހާއްސަ ސެލެކްޓް ކޮމިޓީއަކުން ޗާގޯސް މައްސަލަ ބެލުމަށް ހުށަހަޅާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2022 | ހޯމަ 03:54
އެމްއެންޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެމްއެންޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޗާގޮސް ރަށްތަކުގެ ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށުއަރާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ރައްޖޭގެ ސިޔާސަތު ބަދަލުވެފައިވޭތޯ ރައްޔިތުންނަށް ސާފުކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހަޅާފައިވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުންނެވެ. ގަރާރު ހުށަހަޅާފައިވަނީ ޗާގޮސް މައްސަލައިގައި ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތު ބަދަލުކުރުމުގަ ވަށައިގެންވާ ސަބަބުތައް ދެނެގަނެ، އެކަން ކޮށްފައިވަނީ ގާނޫނީ ތަރަހައިގެ ތެރެއިންކަން ޔަގީންކުރުމަށް މަޖިލީހުގެ ހާއްސަ ސެލެކްޓް ކޮމިޓީއަކުން މިމައްސަލަ ބެލުމަށް ގޮވާލާއެވެ.

Advertisement - newsAdvertisement

މި ގަރާރުގައި ބުނެފައިވަނީ ޗާގޮސްގެ ރަށްތަކުގެ ކަނޑުގެ ސަރަހައްދާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށުއަރާކަމަށް ބުނެ ރާއްޖެއާއި ދެކޮޅަށް މޮރިޝަސް އިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރޮ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލައިގައި، 2010 އިން ފެށިގެން ރާއްޖެއިން ގެންގުޅެމުން އައި ވިސްނުމާއި ސިޔާސަތު ބަދަލުކޮށްފައިވާ ކަމަށް ބެލެވޭނެ ކަންކަމެއް ހިނގާފައިވާތީ އެފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށާއި، އެ ސިޔާސަތު ބަދަލުކުރިނަމަ އޭގެ ވަށައިގެންވާ ސަބަބުތަކާއި، އެކަން ކޮށްފައިވަނީ ގާނޫނީ ތަރަހައިގެ ތެެރެއިންކަން ޔަގީންކުރުމަށާއި، އޭގެ ސަބަބުން ރާއްޖެއަށް ވާނެ ގެއްލުމާއި ފައިދާ ވަޒަންކޮށް ދެއްވުމަށް އިލްތިމާސްކޮށް ހުށަހަޅާ ގަރާރެއް ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ލިބިގަތުމަށްޓަކައި 2019 ވަނަ އަހަރު މޮރިޝަސް އިން ދިވެހިރާއްޖެއާ ދެކޮޅަށް އިޓްލޮސްއަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައިގައި، ކުއްލިއަކަށް 20 އޮކްޓޯބަރު 2022 ގައި، ދިވެހިރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވާ ކަމަށް ދިވެހި ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެފައިވާތީ މިކަމުގައި ފުށުއެރުންތަކެއް ހުރިކަން ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ޗާގޮސް މައްސަލައިގައި މީގެ ކުރިން މޮރިޝަސްއާއި ދެކޮޅަށް ބައިނަލްއަގުވާމީ އިދާރާތަކުގައި ރާއްޖެއިން ވޯޓު ދިން ސަބަބަކީ މޮރިޝަސްގެ ހުށަހެޅުން ކާމިޔާބުވެއްޖެނަމަ ރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުމުގެ ފުރުސަތު އޮތުމުން ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވާ ކަމަށެވެ.

އަދި ޗާގޮސްގެ މައްސަލައިގައި ދިވެހިރާއްޖޭގެ ސިޔާސަތު ބަދަލުވިކަން ދިވެހިންނަށާއި ރާއްޖެގެ ގާނޫނު ހަދާ މަޖިލީހަށް ނާންގާ ހަމައެކަނި މޮރިޝަސްގެ ބޮޑުވަޒީރަށް ސަރުކާރުން އެންގެވިއިރު، އެފަދައިން ނިންމުމުގެ ސަބަބާއި އެ މަޝްވަރާގެ އެއްވެސް މައުލޫމާތެއް ސަރުކާރުން ހިއްސާކޮށްފައިވާ ނުވާ ހާލު، މިއީ ކުރިން ބުނި ފަދައިން ރާއްޖޭގެ ސަރަހައްދަށް ބަދަލު އަތުވެދާނެ ފަދަ ނިންމެވުމެއް ކަމަަށް ބުނެފައިވެއެވެ.

ރައީސް ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކީ މޮރިޝަސް އާއި ރާއްޖެއާ ދެމެދު ބައިނަލްއަގުވާމީ މުއާހަދާއަކަށް އާދެވިފައިވާ ކަން ޔަގީންވާ ކަމެއް ކަމަށްވާއިރު، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 93 ވަނަ މާއްދާގެ (ހ) އިން ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެމަޖިލީހުން ފާސްކުރުމަށްފަހު، އެމަޖިލީހުން ނިންމާ ގޮތެއްގެ މަތިންކަމަށް ކަނޑައަޅާފައިވާ އިރު، މި ގާނޫނީ ޒިންމާ އަދާކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް މިހާތަނަށް ކުރައްވާފައި ނުވާ ކަމަށެވެ.

ޗާގޮސްގެ މައްސަލައަކީ ހާރިޖީ އަދި ގާނޫނީ ކަންކަން ގުޅިފައިވާ މައްސަލައަކަށްވާ އިރު، މި ހުރިހާ ކަމެއް ހިމަނައިގެން މިކަމާއި މިހާތަނަށް ސަރުކާރުގެ ތެރޭގައި ވެސް މަޝްވަރާކުރިންކަން އެނގެން ނެތްއިރު، މި މައްސަލައިގައި ރާއްޖޭގެ ނޫސް މަޖައްލާތަކުން ބަންޑާރަ ނައިބުގެ އޮފީހަށް ކުރިމަތިކުރާ ސުވާލުތަކުން ރެކުމުގެ ގޮތުން ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ނިވާފަތްގަނޑަކަށް ބޭނުންކުރާއިރު، ރާއްޖޭގެ ހާރިޖީ ސިޔާސަތު އެފަދަ މަގެއް އިހްތިޔާރުކުރާނެ ވާހަލައެއް ބަޔާންވެގެން ނުވާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އިގްތިސާދީ ނަޒަރިއްޔާއަކުން ބަލާއިރު، "ރެއަރ އާތް އެލެމެންޓްސް" އެންމެ ގިނައީ ކަނޑުއަޑީގައި ކަމަށް ކަމުގެ ތަޖްރިބާކާރުން ގަބޫލުކުރާއިރު، ކަނޑުން ގެއްލޭ ކުޑަތަންކޮޅަކީ ވެސް ކުރިއަށް އޮތް ޖީލުތަކަށް، ރާއްޖެއަށް، ގެއްލޭނެ މައުދަނަކަށް ނުވަތަ މުއްސަނދިކަން ކަމަށް ވީހިނދު، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގެ 3 ވަނަ ލަނޑުދަނޑިއަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުން ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ޗާގޮސްގެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު މޮރިޝަސް އާއި އެއްކޮޅަށް ކުރިން ނުބޭއްވި ސަބަބަކީ އެ މައްސަލަ ނިމޭ ގޮތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫވެގެން ދިއުމުގެ ފުރުސަތު އޮތުމުން ކަމަށްވާތީ، ކަނޑުގެ އެއްވެސް ބައެއް ގެއްލިގެން ދިއުމަކީ ރާއްޖޭގެ މަސްވެރިކަމަށް ނުހަނުބޮޑު ނޭދެވެ އަސަރެއް ކުރާނެ ކަމެއްކަމަށްވުމުގެ އިތުރުން، ހިލާފު އުދުފެދިފައިވާ ސަރަހައްދީ ކަނޑުމަސް ތިޔާގި ސަރަހައްދަކަށްވީތީ އާއި، ޗާގޮސްގެ މައްސަލައިގައި ކުރިން އަމަލުކުރި ސިޔާސަތުގެ މައިގަނޑު ބިންގަލަކީ އައްޑު އަތޮޅަކީ އަބަދުވެސް މީހުން ވަޒަންވެރިވެގެން އުޅުނު ސަރަހައްދެއްކަން ތާރީހުން ޔަގީންކުރެވޭއިރު، ޗާގޮސް އަކީ އެފަދަ ތަނަކަށް ނުވާތީއާއި، ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން މަސްވެރި މުޖްތަމައުއެއް އޮތް ބަޔަކަށް ކަނޑުގެ ސަރަހައްދު ބެހުމުގައި އިސްކަންލިބެންޖެހޭތީ އާއި، މިފަދަ ހުށަހެޅުމަށް ވަކާލާތުކުރެވޭނީ ކުރީގެ ސްޓޭންޑް ހިފަހައްޓައިގެން ކަމަށް ގަބުލުކުރެވިގެން ކަމަށްވީ ހިނދު، ސިޔާސަތަށް ގެނެވުނު ބަދަލާއި ގުޅިގެން ރާއްޖޭގެ ސަރަހައްދުން ބައެއް ބީގެން ނުދާނެ ނަތީޖާއެއް ނެރުމަށްޓަކައި ހުށަހަޅާ މައިގަނޑު ހުށަހެޅުން ބިނާކުރާނެ ހުށަހެޅުމެއް ސަރުކާރަށް އަދި ހޯދިފައި ނުވާކަމަށް ބެލެވޭ ކަމަށެވެ.

މި ސަބަބުތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީއަކުން (ސެލެކްޓް ކޮމިޓީއަކުން) ޗާގޮސް މައްސަލައިގައި ސަރުކާރުން ކުރިން އިހްތިޔާރުކުރި ސިޔާސަތު ބަދަލު ކުރުމުގައި ވަށައިގެންވާ ސަބަބުތައް ދެނެގަނެ މި މައްސަލައިގެ ތެރެއަށް ފައިސާއާ ނުފޫޒު ނުވަންނަކަން ކަށަވަރުކުރުމުގެ އިތުރުން، އެ ސިޔާސަތު ބަދަލުކޮށްފައިވަނީ ގާނޫނީ ތަރަހައިގެ ތެރެއިންކަން ޔަގީންކޮށް، އޭގެ ސަބަބުން ދިވެހިރާއްޖައަށް ވާނެ ގެއްލުމާއި ފައިދާ ވަޒަންކޮށް، މި ކަންކަން ދިވެހި ރައްޔިތުންނަށް އަންގައިދިނުމަށް ގޮވާލާ ގަރާރު ހުށަހަޅާ ކަމަށް ބުނެފައިވެއެވެ.

ޗާގޮސް މައްސަލައޭޖީ އޮފީސްރައްޔިތުންގެ މަޖިލިސްކާނަލް މުހައްމަދު ނާޒިމްއެމްއެންޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު