Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޗާގޮސްގެ މައްސަލަ

ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް

މިހާރު ޓްރަބިއުނަލްގައި ހިންގަމުންދާ މައްސަލައަކީ، ޗާގޮސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތް ކަމަށް ދައުވާކުރާ މައްސަލައެއް ނޫން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2022 | ހޯމަ 03:13
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް

ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލޭފަދަ ގޮތަކަށް ދިވެހި ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލުނުކުރުމަށް ސަރުކާރަށް ގޮވާލާ ފޯޅަވަހީގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސަރަހައްދަކީ ކޮބައިކަމާއި އެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައި އަގުލަބިއްޔަތުުން ފާސްކުރާ ގާނޫނަކުން ކަމުގައި ގާނޫނު އަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާގޮތުގެ މަތިން ކަމުގައި ގާނޫނު އަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައވާ ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީގެ ދެކުނުން، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ބައެއް ހިމެނޭގޮތަށް، ފޯޅަވައްސާ އެކު އޮންނަ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގެ ގޮތުގައި ހަމަޖެއްސުމަށް އެ ގައުމުން އިންޓަރނޭޝަނަލް ޓްރަބިއުނަލް ފޮރ ލޯ އޮފް ދަ ސީ އަށް ހުށަަހަޅާފައިވާ މައްސަލައިގައި، ދިވެހިރާއްޖެއިން މިހާތަނަށް ވަކާލާތުކޮށް ވޯޓު ދީފައިވަނީ މޮރިޝަސް އާއި ދެކޮޅަށް ކަމަށްވެފައި، މޮރިޝަސްއާއި އެއްކޮޅަށް ތާއިދުކޮށްފިނަމަ، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިދާނެކަމަށް ގަބޫލުކުރެވޭތީއާއި އަލުން އެ ސަރަހައްދު ހޯދުމުގައި ބައިނަލްއަގުވާމީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

ކުއްލިއަކަށް ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލުކުރުމުގެ ސަަބަބުން ޗާގޯސް އިން ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހިމެނޭ ބައި ގެއްލިދާނެތީއާއި އެކަމުގައި ރާއްޖޭގެ ހައްގު ހޯދުމުގެ ބަސް ބުނުމުގެ ދޮރު ރާއްޖެއަށް އެއްކޮށް ބަންދުވާނެ ކަމަށް ވެސް މި މައްސަލައިގައި ބުނެފައިވެއެވެ.

ޗާގޮސްއަކީ ކަނޑުގެ ދިރުންހުރި ސަރަހައްދަކަށް ވިޔަސް އެތަނުގައި މީހުން ދިރިއުޅުނުކަން ސާބިތު ނުވާތީވެ، ސަރަހައްދު ބައިކުރުމުގައި ބައިނަލްއަގުވާމީ ގޮތުން އިސްކަންދޭނީ މަސްވެރިކަމުގެ ސިނާއަތު ބޮޑަށް އިންނަ ގައުމަކަށް ކަމަށްވާތީ، ދިވެހިރާއްޖެއިން ވަކާލާތުކޮށްފިނަމަ، ޗާގޮސްގެ ރާއްޖެއަށް ހިމެނޭ ސަރަހައްދު ރާއްޖެއަށް ލިބުމުގެ ފުރުސަތު ބޮޑުކަމަށް ގަބޫލުކުރެވޭކަމަށް މި މައްސަލައިގައި ބުނެފައިވެއެވެ.

ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ނިންމި މައްސަލައިގައި ގެއްލުން ލިބޭ އެއް ހަސްމަކީ ދިވެހިރާއްޖެކަމަށްވާއިރު، އެ ނިންމުމަކީ ރާއްޖެއަށް އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބޭގޮތަށް ނިންމާފައިވާ ނިންމުމަކަށްވާތީވެ، ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތާއި ގުޅުންހުރި އެފަދަ މައްސަލައެއްގައި ސަރުކާރުން ގޮތެއް ނިންމަންވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެމަޖިލީހުން ފާސްކުރުމަށްފަހު މަޖިލީހުން ނިންމާގޮތެއްގެ މަތިންކަމަށް ވެސް މި މައްސަލައިގައި ބުނެފައިވެއެވެ.

ޗާގޮސްގެ މައްޗަށް ބާރު ހިންގާ ގައުމެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮތުމުން ޗާގޮސްގެ ސަރަހައްދުން ރާއްޖެއަށް ހިމެނޭ ބަޔާމެދު މޮރިޝަސްއިން ވަކާލާތުކުރުމުގެ ފުރުސަތު ހަނިކަމަށްވާއިރު، އެކަމަށް ރިއާޔަތްކުރުމެއް ނެތި، ކުރިން ސަރުކާރުން ގެންގުޅުނު ސިޔާސަތު ކުއްލިއަކަށް ބަދަލުކޮށް، މޮރިޝަސް އަކީ ޗާގޮސްގެ ސިޔާދަތީ ބާރު ހިނގާ ގައުމުކަމުގައި ރާއްޖެއިން ނިންމި ނިންމުމަކީ އިއާދަ ނުކުރެވޭފަދަ ބޮޑު ގެއްލުން ދިވެހިރާއްޖެއަށް ލިބޭނެ އަދި ރާއްޖެއިން 96000 އަކަ ކިލޯ މީޓަރުގެ ބޮޑުބައެއް ގެއްލިގެންދާނެ ކަމެއްކަމަށް މި މައްސަލައިގައި ވަނީ ބުނެފައެވެ.

މި މައްސަލައިގައި ރާއްޖެއިން މިހާރު އަމަލުކުރަމުންދާގޮތުން، ދިވެހި ދައުލަތުގެ ހައްގުތަކެއް ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އޮތުމާއި، މިކަމުގައި ބޭރުގެ ނުޒޫފު އޮތްކަމަށް ވެސް ގަބޫލުކުރެވޭތީއާއި، ރާއްޖޭގެ ބިމުން ވެލިފުކެއްގެ މިންވަރުވިޔަސް އަދި ކަނޑުން ކޮޑި އިންޗެއްގެ މިންވަރުވިޔަސް، އެއްވެސް ބަޔަކަށް ދިނުމާމެދު ދެކޮޅު ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

އަދި ޗާގޮސްގެ މައްސަލައަކީ ރާއްޖޭގެ ސިޔާދަތީ، ހާރިޖީ، އިގްތިސާދީ މަސްލަހަތުތަކާ ނުހަނު ގުޅުންހުރި މައްސަލައަކަށްވާތީވެ، ދިވެހި ދައުލަތާއި ރައްޔިތުންގެ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ރާއްޖެއަށް ގެއްލުން ލިބޭފަދަ ގޮތަކަށް ސަރުކާރުގެ ސްޓޭންޑާއި ސިޔާސަތު ބަދަލުކޮށްފައިވާ މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިކަމުގެ ފުރިހަމަ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދިނުމަށާއި، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ކޮޑި އިންޗެއް ވެސްް ގެއްލޭގޮތަށް ދިވެހި ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑު ބަދަލުނުކުރުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލަ ހުށަހަޅާކަމަށް ބުނެފައިވެއެވެ.

ޗާގޮސް މައްސަލަރައްޔިތުންގެ މަޖިލިސްއާދަމް ޝަރީފު އުމަރުއޭޖީ އޮފީސްމޮރިޝަސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު