Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗާގޮސް މައްސަލަ

މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ގަބޫލުކުރިޔަސް އެއީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލެންޖެހޭ ސަބަބެއް ނޫން – މެންބަރުން

ރާއްޖެއިން އެއްވެސް ތަނެއް ދޫކޮށްނުލާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2022 | ހޯމަ 13:53
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

މިހާރު މޮރިޝަސް އިން ދައުވާ ކުރާ ޗާގޯސް އައިލެންޑްގެ މައްސަލައިގައި، މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ގަބޫލުކުރިޔަސް އެއީ ދިވެހިރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް ގެއްލެންޖެހޭ ސަބަބެއް ނޫންކަމަށް މެންބަރުން ބުނެފިއެވެ.

ޗާގޯސްގެ މައްސަލައިގައި ރާއްޖޭގެ ބައެއް ގެއްލޭކަމަށް ބުނެ އިދިކޮޅު ޕީއެންސީގެ މެންބަރު އާދަމް ޝަރީމް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރު ފޯޅަވައްސަށް އޮތަސް އަދި މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ގަބޫލުކުރިޔަސް، އެއީ ދިވެހިރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް ގެއްލެންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

މިއަދު ފޯޅަވަހީގެ ނުވަތަ ޗާގޮސް އާކިޕެލާގޯގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ނެތް ތަނެއް ހޯދަން އެމީހުން ދައުވާކުރުން އެއީ މުޅިން އެހެން މައްސަލައެއް ކަމަށެވެ. މެންބަރު ޝަރީފް ވިދާޅުވީ މެންބަރުން ބައެއް ފަހަރު އޮޅޭގޮތަށް ވާހަކަދެއްކީމާ ވަރަށް ހިތާމަކުރައްވާ ކަމަށާއި، ހީވަނީ ސަރުކާރުން ތަނެއް ދޫކޮށްލަން އުޅޭހެން ކަމަށެވެ. ނަމަވެސް ސަރުކާރުން ތަނެއް ދޫކޮށްލަން ނޫޅޭ ކަމަށާއި، އެކަން ވަރަށް ސާފުކަމަށް މެންބަރު ޝަރީފް ވިދާޅުވިއެވެ.

މެންބަރު ޝަރީފް ވިދާޅުވީ މޮރިޝަސް އަށް މިއަދު ސިޔާދަތީ ބާރު އޮތަސް، ހަމައެކަނި ޗާގޯސް އާކިޕެލާގޯއަކީ އެއީ މިނިވަން ދައުލަތެއް ކަމުގައި ވިޔަސް، އެއީ ދިވެހިރާއްޖޭގެ ސަރަހައްދުން އަކައިންޗިއެއް ވެސް އެ މީހުންނަށް ދާންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އޭގެ އިތުރުން މިހާރު އޮތް ސްޓޭންޑް ބަދަލުވުމަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެއްވެސް އެއްޗެއް ގެއްލެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ އެޓަރނީ ޖެނެރަލްގެ އޮފީހުން ނެރުއްވާފައިވާ ބަޔާނުގައިވާ ގޮތުން ނަމަ، ސަރުކާރުގެ ނިންމުން ބަދަލުކޮށްފައިވަނީ ސިޔާދަތުގެ މައްސަލައިގައި ކަމަށެވެ. އަދި އިމުގެ މައްސަލަ އަކު ނޫން ކަމަށާއި، އެހެންނަމަވެސް ސިޔާދަތުގެ މައްސަލައިގައި ނިންމާ ނިންމުމާއި އަދި އިމުގެ މައްސަލިއިގައި އެވާގޮތް، އެ ދެ ކަމަކަކީ މިއުޗުއަލީ އެކްސްކްލޫސިވް ދެ ކަން ކަމަށެވެ.

މި މައްސަލައިގައި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، މި މައްސަލައަށް ވޯޓުދެއްވީ މި ވާހަކައަކީ އޮޅުވާލައިގެން ދެކެވޭ ވާހަކައެއްކަމަށްވާތީ، ތަޅުމުގައި މިކަން ހިނގައިގެންދާ ގޮތް ރައްޔިތުންނަށް ސާފުވާން ޖެހޭކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ރޮޒައިނާ ވިދާޅުވި 6 މަސް ދުވަހުގެ ތެރޭގައި އިނގިރޭސީން އެތަނުން ފައިބައި މޮރިޝަސްއާއި ހަވާލުކުރުމަށް ނެގި ވޯޓެއްގައި ރާއްޖެއިން ދެކޮޅު ހެދި ކަމަށެވެ. އަދި ދެކޮޅުހެދި އިރު ވަރަށް ސާފުކޮށް، ދިވެހިރާއްޖޭގެ ބައުންޑަރީއާއި ދޭތެރޭގައި ގޮތެއް ނުނިމި އޮއްވާ މޮރިޝަސްއާ އެތަން ހަވާލުކުރުމަށް ދިވެހިރާއްޖެއިން ދެކޮޅު ހަދަމާމުންދާ ކަމަށެވެ. އަދި މިހާތަނަށް އައި އިރު، ދެ މައްސަލައެއްގެ ވާހަކަ އެއްކޮށްލައިގެން މިހާތަނަށް މަސައްކަތްކުރަމުން އައި އިރުވެސް ދިވެހިރާއްޖޭގެ ބައުންޑަރީ، ދިވެހިރާއްޖެ މިހާރު ކަނޑައަޅާފައިވާ ގާނޫނުއަސާސީގައި އޮތް ބައުންޑަރީ ހޯދުމަށްޓަކައި ރާއްޖެއިން ކުރަންޖެހޭ މަސައްކަތް އިޓްލޮސްގައި ވެސް ކުރެވެމުންދާ ކަމަށެވެ.

ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން ހިތަދޫ އުތުރުދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ދިމާވެގެން އުޅޭ މައްސަލައާއި ބަހުސްކުރެވޭ މައްސަލައިގައި ވަރަށް ބޮޑަށް ސާފުނުވެ ނުވަތަ ސާފުވެ އޮވެ އޮޅުވާލުމުގެ ގޮތުން، ކަމުގެ ހަގީގަތް އޮޅުވާލުމުގެ ގޮތުން މެންބަރުން ވާހަކަދައްކަވަމުން ގެންދަވާ ކަމަށެވެ. އަސްލަމް ވިދާޅުވީ ފޯޅަވަހި ރާއްޖޭގެ ބައެއްގެ ގޮތުގައި ހިމެނުމަށް މިވީ ހިސާބަށް އެއްވެސް ބަޔަކު އެއްވެސް ސަރުކާރަކުން އެ ދައުވާ އެއްވެސް ތާކު މިވީ ހިސާބަކަށް ކޮށްފައި ނުވާ ކަމަށެވެ. އެއްވެސް ސަރުކާރަކުން އެއްވެސް މީހަކު އެއްވެސް ކޯޓެއްގައި އެފަދަ ބާވަތުގެ ވާހަކައެއް ދައްކައި، މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

މި މައްސަލައާއި ގުޅޭގޮތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ދިވެހިރާއްޖޭގެ ސްޓޭންޑް ގޯސް ނޫން ކަމަށެވެ. ރާއްޖެއަށް ކޮލަނައިޒޭޝަނާ އެއްކޮޅަކަށް އާއެކޭ ނުބުނެވޭނެ ކަމަށާއި، ދިވެހީންގެ ހައިސިއްޔަތުން ދީގެންވެސް ނުވާނެ ކަމަށެވެ. އަދި މަޖިލީހުގައި މި ދެކެވޭ ވާހަކައަކީ އައިސީޖޭގެ ރޫލިން މުވަތަ އެޑްވައިޒަރީ ރޫލިން ގަބޫލުކުރުމުން ރާއްޖޭގެ އީއީޒެޑުން 200 މޭލު ރާއްޖެއަށް ދޫކޮށްލަން ޖެހުން ކަމަށެވެ.

މިއީ ގަސްތުގައި ސިޔާސީ ސަބަބުތަކަށްޓަކައި އޮޅުވާލަން މަޖިލީހުގައި ހިނގާ ބަހުސްއެއް ކަމަށް މެންބަރު ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވީ ރާއްޖެއަކުން އެއްވެސް އިރަކު 200 މޭލު ދޫކޮށްލާކަށް، ރާއްޖެއިން ކުރާ ދައުވާ ދޫކޮށްލާކަށް އެއްބަސްނުވާ ކަމަށެވެ.

މި މައްސަލައިގައި ސަރުކާރުން ބުނެފައިވަނީ ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭ އިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިޓްލޮސް ގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަ ކަމަށެވެ. އަދި ރާއްޖޭގެ ދެކުނުން، ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ ބައެއް ޗާގޮސްގެ ސަރަހައްދަށް ވަންނަ ކަމަށް މޮރިޝަސްއިން ބުނާ މައްސަލައިގައި އިޓްލޮސްގައި ދިވެހިރާއްޖެއިން ނަގާފައިވާ ސްޓޭންޑް ބަދަލެއް ނުވާ ކަމަށެވެ.

ޖަރުމަނުގައި ހުންނަ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި މިހާރު ކުރިއަށް އެ ދަނީ ދިވެހިރާއްޖެ އާއި ޗާގޮސް އާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާއި ގުޅޭ މައްސަލައެކެވެ. އެއީ މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ. ބަދަލުވީ އދ. ގައި ނަގާ ވޯޓިންގެ ސިޔާސަތެވެ. ޗާގޮސް އިސްތިއުމާރު ކޮށްގެން ތިބި ތިބުމާ ދެކޮޅަށް އދ. ގައި ރާއްޖެއިން ވޯޓު ދޭނެ ކަމަށާއި މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައި، އެކަން ރައީސް ވިދާޅުވެފައިވާކަން އިޓްލޮސްގައި އޭޖީ ރިފްއަތު ފާހަގަ ކުރެއްވިއެވެ. ޗާގޮސްއަކީ އެތަނުގެ އަސްލު ވަަޒަންވެރިންނަށް އަނބުރާ ލިބެންޖެހޭ ތަނެއްކަމަށް ރާއްޖެއިން ގަބޫލު ކުރެއެވެ.

މި މައްސަލައިގެ ސްޑޭންޑެއް ބަދަލެއް ނުވާ ކަމަށާއި ރާއްޖެއިން އެއްވެސް ތަނެއް ދޫކޮށްނުލާނެ ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

ޗާގޮސް މައްސަލައޭޖީ އޮފީސްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު