Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަވާދީއްތަ ދަތުރު

ދެ ޔޮޓެއް ފިޔަވައި ހުރިހާ ޔޮޓަކުން ދަނީ ސަވާދީއްތަ ދަތުރުގައި ބައިވެރިވަމުން – އެމްއައިޓީޑީސީ

2 ޔޮޓް ދިޔައީ ސިއްހީގޮތުން މަގުބޫލު އުޒުރެއް އޮވެގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ފެބުރުއަރީ 2022 | އަންގާރަ 14:42
ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ފަތުރުވެރިންނަށް ރަށްރަށުން ހޫނު މަރުހަބާއެއް އަންނަނީ ކިޔަމުން

ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ފަތުރުވެރިންނަށް ރަށްރަށުން ހޫނު މަރުހަބާއެއް އަންނަނީ ކިޔަމުން

ސަވާދީއްތަ ދަތުރުގައި ބައިވެރިވާން ރަޖިސްޓްރީ ކުރި ޔޮޓްތަކުގެ ތެރެއިން މަގުބޫލު ސަބަބެއް އޮވެގެން ދަތުރުގައި ބައިވެރި ނުވެވުނު 2 ޔޮޓެއް ފިޔަވައި ހުރިހާ ޔޮޓަކުން ދަނީ ދަތުރުގައި ބައިވެރިވަމުން ކަމަށް އެމްއައިޓީޑީސީން ބުނެފިއެވެ.

ސަވާދީއްތަ ދަތުރު އިންތިޒާމްކުރާ އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ, ސަވާދީއްތަ ދަތުރު ފެށުނު އިރުވެސް ދަތުރުގައި ބައިވެރިވާން ރަޖިސްޓްރީ ކުރި ޔޮޓްތަކުން ދަތުރުގައި ބައިވެރިވަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ޔޮޓަކާ މައްސަލައެއް ޖެހިފައި ނުވާ ކަމަށާއި، 2 ޔޮޓެއް ބައިވެރި ނުވެވޭނެކަމަށް އަންގާފައިވާ ކަމަށެވެ.

ރާއިދު ވިދާޅުވީ މަގުބޫލު އުޒުރެއް އޮވެގެން 2 ޔޮޓް ގޮސްފައިވާ ކަމަށާއި، މީގެ ތެރެއިން އެއް ޔޮޓަކީ މުސްކުޅި ދެމަފިރިން އުޅޭ ޔޮޓެއް ކަމަށެވެ. އެމީހުން ދަތުރުގައި ބައިވެރި ނުވެވޭނެކަމަށް ބުނެފައިވަނީ ކޮވިޑްގެ ކަންކަން ހުރި ގޮތުންނާއި، ރައްކާތެރިކަމުގެ ގޮތުން ކަމަށެވެ. އެ ދެމަފިރިން, ކޮވިޑުގެ ސަބަބުން ރަށްރަށަށް އަރާ ފައިބާން ޖެހިލުންވާ ކަމަށާއި، އެމްއައިޓީޑީސީގެ އޮފިޝަލުންނާ ވާހަކަ ދައްކަނީ ވެސް ފޭސް ޝީލްޑް އަޅައިގެން ކަމަށެވެ.

ދަތުރުން ވަކިވި އަނެއް ޔޮޓުގައި ތިބީ އަންހެނަކާއި 3 ފިރިހެނުންނެވެ. އެ ޔޮޓުގައި އުޅޭ އަންހެން މީހާއަކީ ބުރަކަށީގެ މައްސަލައެއް ހުންނަ މީހަކަށް ވެފައި، ރަށްރަށަށް އަރައި ފޭބުމުގައި އުނދަގޫތަކެއް ހުރުމުން އެމީހާއަށް ދަތުރުގައި ބައިވެރި ނުވެވޭނެތީ އެކަން އެންގި ކަމަށެވެ.

ރާއިދު ވިދާޅުވި 9 ޔޮޓެއް ސަވާދީއްތަ ދަތުގައި ބައިވެރިވާން ރަޖިސްޓްރީކޮށްގެން އައިސްފައިވާ އިރު، އޭގެ ތެރެއިން 2 ޔޮޓް ދިއުމުން ބާކީ 7 ޔޮޓާއެކު ދަތުރު ކުރިއަށްދާ ކަމަށެވެ. އުލިގަމަށް ބަނދަރު ކުރި ޔޮޓްތަކަށް ވެސް ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި ކަމަށާއި، މި ދަތުރަށް ރާއްޖެ އައީ 9 ޔޮޓް ކަމަށެވެ.

ރާއިދު ވިދާޅުވީ ރަށްރަށުގެ ބަނދަރުތައް އަދި ފަޅުތައް ހުންނަ ގޮތުން ޔޮޓްތަކަށް ވަންނަން އުނދަގޫވުމުގެ ސަބަބުން ރަށްރަށަށް ފައިބަނީ ލޯންޗް ތަކުގައި ކަމަށެވެ. އަދި މިހާތަނަށް އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ އިރު، މިއީ ސަވާދީއްތަ ދަތުރުގެ ފުރަތަމަ ދަތުރަށްވެފައި 7 ޔޮޓާއެކު ދަތުރު ކުރިއަށްދިއުމަކީ ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ ޔޮޓްތައް އަނބުރާދިޔަ ވާހަކައާއި، ރިފަންޑް ނުލިބޭ ވާހަކައަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެއްވެސް ކައުންސިލަކުން މި ދަތުރާ ގުޅޭގޮތުން މީޑިއާއަށް އެފަދަ މައުލޫމާތެއް ދިން ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ސަވާދީއްތައެމްއައިޓީޑީސީއިހަވަންދޫހޯރަފުށި

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
06 ނޮވެމްބަރު 2025

ގާކުނޑި އަޅައިގެން އިހަވަންދޫ ހިއްކި ސަރަހައްދު ހިމާޔަތް ކުރަން ފަށައިފި!

06 ނޮވެމްބަރު 2025
ގާކުނޑި އަޅައިގެން އިހަވަންދޫ ހިއްކި ސަރަހައްދު ހިމާޔަތް ކުރަން ފަށައިފި!
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
31 އޮކްޓޯބަރު 2025

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ؛ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ފުރިހަމަ ޖަލްސާ

31 އޮކްޓޯބަރު 2025
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ؛ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ފުރިހަމަ ޖަލްސާ
31 އޮކްޓޯބަރު 2025

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު