Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް އިންތިޚާބު 2024

މިހާރު ފެންނަނީ ރާއްޖެ ހުއްޓިފައި އޮތް މަންޒަރު، މިއީ މާޔޫސްވާ މަންޒަރެއް - އާޒިމް

މި ސަރުކާރު ވެރިކަމަށް ގެނައުމުން އާއްމުން މާޔޫސްވެފައިވާކަމަށް އާޒިމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 މާރިޗު 2024 | ހުކުރު 18:16
އާދަމް އާޒިމް ހޯރަފުށީގައި ބޭއްވި "ހުއްޓި ނުތިބެން" ޖަލްސާގައި ވާހަކަދައްކަވަނީ

އާދަމް އާޒިމް ހޯރަފުށީގައި ބޭއްވި "ހުއްޓި ނުތިބެން" ޖަލްސާގައި ވާހަކަދައްކަވަނީ

މިހާރު ފެންނަނީ ރާއްޖެ ހުއްޓިފައި އޮތް މަންޒަރު ކަމަށާއި މިއީ މާޔޫސްވާ މަންޒަރެއް ކަމަށް މާލޭ ސިޓީގެ މޭޔަރ އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ، މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު ސަލީމްގެ ކެމްޕެއިން ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެެވެ. ހއ. ހޯރަފުށީގައި " ހުއްޓި ނުތިބެން" މި ނަމުގައި ކުރިއަށް ދިޔަ ޖަލްސާގައި އާޒިމް އެފަދައިން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް ގެނައުމުން އާއްމުން މާޔޫސްވެފައިވާކަމަށް ސިފަކުރައްވާ ވާހަކަދައްކަވަމުންނެވެ. މި ސަރުކާރަށް ވީ 100 ދުވަސް ކަމަށާއި މިހާރުވެސް ލިބިފައި ވަނީ ބޮޑު ލަނޑެއް ކަަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ އެކަން ތަކުރާރު ވާން ބޭނުން ނުވާ ނަމަ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީ އަށް ވޯޓު ދިނުމަށް އެދިލައްވާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ދާއިރާ އެއްގެ ކަންކަން ރަނގަޅު ވަނީ އެ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ވިސްނުމާއި ފިކުރު ހުރި މީހަކަށް ވޯޓުދިނުމުން ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން މީގެ 15 ވަރަކަށް އަހަރު ކުރިން ވެސް ހޯރަފުށްޓަށް ދިޔަ ކަމަށާއި އޭރުގެ ހޯރަފުށްޓާއި މިހާރުގެ ހޯރަފުށްޓާއި އެތައް ގޮތަކުން ތަފާތު ކަމަށް އާޒިމް ވިދާޅުވިއެވެ. އޭރު ހޯރަ ފުށްޓަށް ދިޔަ ކަމަށާއި، އޭރު އެރަށަށް ދިޔައީ ގަދަ ކަނޑެއް ހުރަސްކޮށްފައި ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އޭރު ރަށަށް ގޮސް ފައިބަން ޖެހިވަޑައިގަތީ ހިރަފުސްގަނޑެއް ތެރެއަށް ކަމަށާއި މަގުމަތިން ހިރަފުސްކޮށް ހުރި ތަންތަނާއި ޗަކަސް އޮތް ތަންތަން ފެނިވަޑައިގަތް ކަމަށް ވިދާޅުވިއެވެ. އަދި ރަށުގެ ބަނދަރު މަތިން ވެސް އެހެން ދިމާ އަކުން ވެސް އެއްވެސް ތަރައްޤީގެ ކުލަ އެއް ފެނިވަޑައިނުގަންނަވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިހާރު ހޯރަފުށީގެ މެމްބަރު އަހުމަދު ސަލީމްގެ ވިސްނުން ފުޅާއި އެކު ހުރިހާ ކަމެއްވެސް ބަދަލުކޮށްލާފައިވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. ސަލީމްގެ އުންމީދުތައް ދަތުރުމަތިން ކިޔަމުން ދިޔަ މިސްރާބު ވަރަށް ކައިރިން ފެނިވަޑައިގެންނެވި ކަމަށާއި އެއާޕޯޓް ހެދުމާއި، މަގު ހެދުމާއި، ކުޑަކުދިންނަށް ބޭނުންވާ ޕާރކް ހެދުން ފަދަ ގިނަ ކަންތައްތަކެއް ސަލީމްގެ ތަސައްވުރާއި އެއްގޮތަށް ހޯރަފުށީގައި ކުރެވުނު ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ރާއްޖެ އަށް ދިމާވި ކޮވިޑްގެ ހާލަތުގައި ވެސް ހުއްޓި ނުތިބެ ކަންކަން ކުރިއަށް ގެންދެވުމަށް ސަލީމް އަބަދުވެސް ބާރު އެޅުއްވި ކަމަށެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން ހޯރަފުށީގައި ކުރިއަށް ގެންދިޔަ މަސައްކަތްތަކުގައި ވެސް ސަލީމްގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ. މިހާރު ހޯރަފުށީގައި ޒަމާނީ އެއަރޕޯޓަކާއި، ރީތި މަގުތައް ފަދަ ޗާލު އެތައް ކަމެއް ފެންނަން ހުރިކަމަށް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. ރަށަށް ކުރިއެރުން ބޭނުންވާ ނަމަ ހޮވަންވީ ސަލީމް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އަދި ސަލީމް ފަދަ މެމްބަރަކު މަޖިލީހުގައި ހުރުން މުހިންމު ކަމަށް އާޒިމް ވިދާޅުވިއެވެެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު