Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް

ކޯޓުތަކަށް ބޭނުންވާ އެކަށީގެންވާ އިމާރާތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމަކީވެސް އިންސާފު އަވަސްކުރުމަށް ކުރަން ޖެހޭކަމެއް – އަލީ ހުސައިން

8 ފެބުރުއަރީ 2022 | އަންގާރަ 09:15

މާލޭގައި ކޯޓު އިމާރާތުގެ ދަތިކަން އެބަހުރި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 ފެބުރުއަރީ 2022 | އަންގާރަ 09:15
އަލީ ހުސެއިން - ކެންދޫ ދާއިރާގެ މެމްބަރު

އަލީ ހުސެއިން - ކެންދޫ ދާއިރާގެ މެމްބަރު

ކޯޓުތަކަށް ބޭނުންވާ އެކަށީގެންވާ އިމާރާތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމަކީވެސް އިންސާފު އަވަސްކުރުމަށް ކުރަން ޖެހޭ ކަމެއް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިިދާޅުވެއްޖެއެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަދައްކަވަމުން އަލި ހުސެއިން ވިދާޅުވީ، މިއީ 2022 ވަނަ އަހަރު ކަމަށާއި، އަދިވެސް މާލޭގައި ކޯޓުގެ އެންމެ އިމާރާތެއްވެސް އިތުރަށް ނޭޅޭ ކަމަށެވެ. ކޯޓުތަކަށް ބޭނުންވާ އެކަށީގެންވާ އިމާރާތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމަކީވެސް އިންސާފު އަވަސްކުރުމަށްޓަކައި އަދި ފަނޑުޔާރު ގެ ރަނގަޅުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި 2008 ގެ ފަހުން މާލޭގައި އަލަށް ކޯޓުގެ އިމާރާތެއް އެޅިފައިނުވާކަމަަށެވެ. ތުހުމަތު ކުރެވޭ މީހާއާއި ހެކިންގެ ގޮތުގައި ގެންނަ މީހާއާއި ތިބޭނީ ގާތްގަނޑަކަށް އަތްދަމާލީމާ އަތްޖެހޭ ހިސާބު ކައިރީގައި ކަމުގައި އަލި ހުސެއިން ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އިމާރާތްކުރާނެ ބިމާއި ފައިސާ އަދި އިމާރާތް ކުރާނެ ކުންފުނިވެސް ދައުލަތުގެ ބެލުުމުގެ ދަށުގައި އޮތްއިރު، ޖުޑީޝިއަރީ އާއި ގުޅުންހުރި އިމާރާތްތަކާއި އޭ.ސީ.ސީ އާއި އަދި ދައުލަތުގެ ބޮޑެތި މިނިސްޓްރީތައް އަމިއްލަ މީސްމީހުންގެ ގޯތިގެދޮރުގައި ހިންގާ ހިސާބުގައިތޯ އަލީ ހުސެއިން ސުވާލު އުފެއްދެވިއެވެ.

ފަނޑިޔާރުންނަށް ދޭ ޙައްޤުތަކުގެ ވާހަކަ ދައްކާއިރު، ފަނޑިޔާރުންނަށް ބޭނުންވާ އަސާސީ މިނިވަންކަމާއި އަދި ބިރެއް ނެތި މަސައްކަތްކުރުމުގެ މިނިވަންކަން ވެސް ފަނޑިޔާރުންނަށް އޮންނަން އެބަ ޖެހޭ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، 2008 ވަނަ އަހަރު ގާނޫނޫ އަސާސީ ވުޖޫދުވުމާއެކު ދައްކަން ފެށި ވާހަކައަކީ ޖޭ.އެސް.ސީ އެކުލަވާލާފައި އޮތް ގޮތުން ފަނޑިޔާރުންނަށް ބޭނުންވާ މިނިވަންކަން ނުލިބޭ ކަމުގެ ވާހަކަ ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ، މިއީ މިހާރު ޖޭ.އެސް.ސީގައި ތިއްބެވި ބޭފުޅުން ކަނޑައެޅިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ކަންކަން ކުރާ ވާހަކަ ނޫން ކަމަށާއި، ކޮންމެ މީހަކީ ވެސް އިންސާނަކަށް ވީތީ ތަބީޢީ ގޮތުންނާއި ގުދުރަތީ ގޮތުން އެ ފޯރުވޭ ނުފޫޒާއި ކުރެވޭ ކަންތަކާއި، ދެން އަދި ބަލަން ހުންނަ މީހާއަށް ފެންނަ ގޮތް އެއީ ބަދަލުވާނެ އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން ޖޭއެސްސީ އެކުލަވާލާފައި އޮތް ގޮތް ބަދަލުކޮށްގެންވާ ގޮތެއް ބަލަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ވަގުތު އޮވެ އެކަން ކުރަން ޖެހޭ ކަމަށާއި، ގެންނަ ބަދަލުގެ ސަބަބުން ކަންކަން ރަނގަޅު ނުވާނަމަ އިސްލާހު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މިއަދު މެޖޯރިޓީގައި ތިބެ އެކަން ނުކުރެވި މެޖޯރިޓީ ގެއްލޭ ހިސާބުން ދެން އެވާހަކަދެއްކުމުގެ ބޭނުމެއް ނޯންނާނެކަމަށް އަލި ހުސެއިން ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހާއި ގުޅޭގޮތުން އަލީ ހުސެއިން ވިދާޅުވިީ، ވަކިވަކި މުއައްސަސާތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބަދަލުގައި ވަޒީފާއާ ބެހޭ ގާނޫނު ހިނގާ ހުރިހާ އެންމެންގެ ވާހަކަ އެއް ގާނޫނެއްގައި އޮތުން މުހިންމު ކަމަށެވެ. ފަނޑިޔާރުންނަށްވެސް ހައްގުވާ ޗުއްޓީ ލިބެންޖެހޭ ކަމަށް ގަބޫލްކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްޖޭއެސްސީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި
30 ނޮވެމްބަރު 2025

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި
26 ނޮވެމްބަރު 2025

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން
24 ނޮވެމްބަރު 2025

ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ

24 ނޮވެމްބަރު 2025
ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
26 އޮކްޓޯބަރު 2025

ޖޭއެސްސީގެ ރައީސް ރިޒާ އިސްތިއުފާ ދެއްވައިފި

26 އޮކްޓޯބަރު 2025
ޖޭއެސްސީގެ ރައީސް ރިޒާ އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް