Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕޮލިސް

ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 18 އަހަރުގެ ޙަސަން ނާހިލްގެ ފޮޓޯ އާއި މައުލޫމާތު ފުލުހުން ސޯޝަލް މީޑިއާއިން ސުވާލު އުފެދޭ ގޮތަކަށް ޑިލީޓް ކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2025 | ހޯމަ 13:37
ހުސްނީ މުބާރަކްގެ ކޮއްކޮ، ނ. މަނަދޫ / ރޯޝަނީގެ، ޙަސަން ނާހިލް

ހުސްނީ މުބާރަކްގެ ކޮއްކޮ، ނ. މަނަދޫ / ރޯޝަނީގެ، ޙަސަން ނާހިލް

ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑުބޭބެ ކިޔާ މީހެއްގެ ކަން ހާމަވެއްޖެ އެވެ.

މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށް ފަހު ސުވާލު އުފެދޭ ގޮތަކަށް އޭނާގެ ފޮޓޯ އާއި މައުލޫމާތު ފުލުހުން ވަނީ ސޯޝަލް މީޑި އާއި ވެބްސައިޓުން ނަގާފަ އެވެ. އެކަމާއި މެދު އާއްމުންނާއި މީޑިއާއިން ސުވާލުކުރަމުން ދަނިކޮށް ފުލުހުން ބުނެފައި ވަނީ އެ ފޮޓޯ ނެގީ ތަހުގީގު ބޭނުމަށް ކަމަށެވެ.

Advertisement - newsAdvertisement

ހައްޔަރު ކުރީ ނ. މަނަދޫ / ރޯޝަނީގެ، ޙަސަން ނާހިލް (18އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު ހުޅުމާލެތެރެ ޕެޓްރޯލް ކުރުމުގެ ތެރެއިންނެވެ. ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަ ކުރީ، އޭނާގެ ޢަމަލުތައް ހުރިގޮތުން އޭނާ ބަލައި ފާސް ކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނުމުންނެވެ. އޭނާގެ އަތުން ފެނުނު މަސްތުވާ ތަކެތީގެ ބަރުދަނުގައި 31.23 ގްރާމު ހުރިކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން މިފަދައިން ބުނެފައިވާ އިރު، "މަސްތުވާތަކެއްޗާ އެކު ހުޅުމާލެ އިން މީހަކު ހައްޔަ ރުކޮށްފި" މި ސުރުހީގެ ދަށުން ފުލުހުންގެ ވެބްސައިޓް "ޕޮލިސް ލައިފް" ގައި ލިޔެފައިވާ ހަބަރު ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ފޮޓޯ އާއްމު ކޮށްފައި ވަނީ އާދީއްތަ ދުވަހު މެންދުރުކުރީގަ އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފަ އެވެ.

ޕޯސްޓްތައް ފުލުހުން ޑިލީޓް ކުރި މައްސަލައިގައި ފުލުހުން ބުނީ އެކަން ކުރީ ތަހުގީގު ބޭނުމަށް ކަމަށެވެ. އަދި އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފަ އެއް ނުވެ އެވެ. އޭނާ ހައްޔަރު ކުރި މައްސަލަ އާއި އަތުލައިގަތް މަސްތުވާތަކެއްޗާއި އަދި ގުޅުންހުރި މައުލޫމާތު ވެސް ފުލުހުން ހާމަކޮށްފަ އެއް ނުވެ އެވެ.

ފުލުހުންގެ ޕޯސްޓްތައް ޑިލީޓް ކޮށްފައިވާ އިރު، ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި ވެސް އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވާ ބަންދު އަމުރު ފެންނަން ނެތްކަން ފާހަގަކޮށްލެވެ އެވެ. އޭނާ ހައްޔަރު ކުރީ 22 ވަނަ ދުވަހުގައި ކަމަށް ފުލުހުން ބުނެފައިވާ އިރު، އެ ދުވަހުވެސް އަދި 23 ވަނަ ދުވަހު ވެސް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުގައި އޭނާގެ އަމުރު ފެންނަން ނެތެވެ.

ހުސްނީ މުބާރަކްޖޭއެސްސީހަސަން ނަޒީމްޕޮލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު