Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުން މަޖިލީހަށް ހުށައަޅާ ބިލުތައް

އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއެކު 36 ބިލެއް ސަރުކާރުން ހުށައަޅަނީ

8 ފެބުރުއަރީ 2022 | އަންގާރަ 06:12

ސަރުކާރުން 36 ބިލެއް ހުށައެޅުމަށް ނިންމައި އެކަން މަޖިލީހަށް އަންގާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ފެބުރުއަރީ 2022 | އަންގާރަ 06:12
އޭޖީ އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސަލާމްކުރައްވަނީ- އޭޖީ އޮފީހުން ވަނީ ބިލުތަކުގެ މައުލޫމާތު ސިޓީއަކުން މަޖިލީހަށް ފޮނުވާފައި

އޭޖީ އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސަލާމްކުރައްވަނީ- އޭޖީ އޮފީހުން ވަނީ ބިލުތަކުގެ މައުލޫމާތު ސިޓީއަކުން މަޖިލީހަށް ފޮނުވާފައި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރަށް 36 ބިލެއް ހުށައެޅުމަށް ޤަސްތުކުރާކަމަށް ބަންޑާރަ ނާއިބު (އޭޖީ) އޮފީހުން ބުނެފިއެވެ.

މި ދައުރުގައި ސަރުކާރުން 36 ބިލެއް ހުށައެޅުމަށް ނިންމައި އެކަން މަޖިލީހަށް އަންގާފައިވާކަމަށް އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

އެ ބިލުތަކުގެ ތަފްސީލުތައް އޭޖީ އޮފީހުން ވަނީ ހިއްސާކޮށްފައެވެ.

އޭޖީ އޮފީހުން މިހާރު ވަނީ މި ލިސްޓު މަޖިލީހަށްވެސް ފޮނުވާފައެވެ.

ޤާނޫނުތަކަށް ގެނެވޭ އިސްލާޙުތަކާއި ގުޅޭ ބިލުތަކުގެ އިތުރުން އަލަށް އެކުލަވާލާ ޤާނޫނުތަކާއި ގުޅޭ ބިލުތައްވެސް ހިމެނޭއިރު، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލުވެސް އޭގެ ތެރޭގައި ހިމެނެއެވެ.

އޭޖީ އޮފީހުން އެކަމާއި ގުޅިގެން ބުނެފައިވަނީ، އާންމު ގަވާއިދުތަކާއި ބެހޭ ގާނޫނުގައި ހިމެނޭ، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަކީ މިހާރުވެސް ތަންފީޒުކުރެވެމުންދާ ގަވާއިދެއްކަމަށެވެ. އަދި މި ބިލަކީ، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަށް ބާރު ލިބިދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް ހުށަހަޅާ ބިލެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އާންމު ގަވާއިދުތަކާއި ބެހޭ ގާނޫނަކީ މިހާރު އަމަލުކުރަމުން އަންނަ އައު ގާނޫނު އަސާސީ އައުމާއެކު، ކުރިން އަމަލުކުރަމުންދިޔަ ގަވާއިދުތަކަށް އަމަލުކުރުމުގެ ގާނޫނީ ބާރެއް ދިނުމަށްޓަކައި އެކުލަވާލާފައިވާ ޤާނޫނެކެވެ. މި ގާނޫނުގެ ދަށުން ހުރި ގަވާއިދުތަކަށް އަމަލުކުރަމުން އަންނާނީ އެގަވާއިދަކާއި ގުޅުންހުރި ގާނޫނެއް ވުޖޫދުވަންދެންނެވެ. އެގާނޫނެއް ވުޖޫދުވަންދެން އަމަލުކުރުމުގެ މުއްދަތު އަންނަނީ އިތުރުކުރަމުންނެވެ.

އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ ގާނޫނެއް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގައި 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 11ވަނަ ދުވަހު ތަސްދީގުކޮށް އެއަށް އަމަލުކުރަމުންދިޔައެވެ. އަދި އެގާނޫނުގެ ބޭނުންކޮށްގެން ރާއްޖޭގައި އޭރު ހިންގަމުންދިޔަ ހުރިހާ ޕްރައިވެޓް ޓީވީ ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރިއެވެ. އޭގެތެރެއިންވެސް ރާއްޖެޓީވީ ވަނީ 4 މިލިއަނާއި ގާތްކުރާ އަދަދަކުން ޖޫރިމަނާކޮށްފައެވެ. އެގާނޫނު އުވާލާފައިވަނީ މިހާރު ހިނގަމުންދާ ސަރުކާރުން 22 ނޮވެމްބަރު 2018 ގައެވެ.

އެގާނޫނު އުވާލުމަށްފަހު، އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ގުޅޭގޮތުން ހެދިފައިވާ ގަވާއިދަށް ގާނޫނީ ބާރުވެރިކަން ދިނުމަށް އައު ގާނޫނެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން މީގެކުރިންވެސް ވަނީ ބުނެފައެވެ. އެގޮތުން އަލަށް ވުޖޫދުވާ އަބުރުގެ ގާނޫނުގައި މި ކުށް އޮންނާނީ މަދަނީ ކުށެއްގެ ގޮތުގައި ކަމަށާއި، މި ގާނޫނުގެ ދަށުން ނޫސްވެރިންނަށް އެއްވެސް ގޮންޖެހުމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އޭޖީ އޮފީހުން ވަނީ ދީފައެވެ.

އޭޖީ އޮފީހުން ބުނީ އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލްގައި މައިގަނޑު ގޮތެއްގައި އެކުލެވޭނީ، އަބުރާ ބެހުމަކީ ކޮބައިކަމާއި، އަބުރާ ބެހުން ކަމަށް ނުބެލެވޭނެ ހާލަތްތަކާއި، މީހެއްގެ އަބުރާ ބެހެފިނަމަ، އެކަމުގެ ސަބަބުން އަބުރާ ބެހެވޭ މީހާއަށް ލިބޭ ގެއްލުމަށް މަދަނީ ބަދަލު ނަގައި ދިނުމުގެ އުސޫލުތަކާއި، އަބުރާ ބެހުމުގެ މަދަނީ ދައުވާއެއް ލިބޭ ފަރާތްތަކަށް ލިބިދޭ ދިފާއުތަކާއި ގުޅޭ އުސޫލުތަކެވެ.

ރައްޔިތުންގެ މަޖިލިސްމަޖިލިސް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
28 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
22 އޮކްޓޯބަރު 2025

ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!

22 އޮކްޓޯބަރު 2025
ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް