Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޮއިދޫ ޕޮލިސް ޕޯސްޓް ހުޅުވުން

ގޮއިދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައި ޚިދުމަތްދޭންފަށައިފި

7 ފެބުރުއަރީ 2022 | ހޯމަ 14:17

މިއީ ބ. އަތޮޅުގައި ފުލުހުންގެ ޚިދުމަތް ދޭންފެށި 5ވަނަ ރަށް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 7 ފެބުރުއަރީ 2022 | ހޯމަ 14:17
ޕޮލިސް ޕޯސްޓް ހުޅުވުން

ޕޮލިސް ޕޯސްޓް ހުޅުވުން

ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބ. ގޮއިދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭންފަށައިފިއެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް ގޮއިދޫގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲއެވެ.

ގޮއިދޫގައި ގާއިމުކުރި ފުލުހުންގެ ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ, ފުލުހުންގެ ޚިދުމަތް ފުޅާކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ލިބޭނެއިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ ކަމެއްކަމަށެވެ. ގޮއިދޫގައި ފުލުހުންގެ ޚިދުމަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތްކަމަށާ އެއީ ލޯކަލް ޓުއަރިޒަމް ވިޔަފާރި ފުޅާވަމުންދާ ސަރަހައްދަކަށް ވާތީ, އެސަރަހައްދުގެ ރައްޔިތުންނާއި ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބޭނުމުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްގެން މެނުވީ ރައްޔިތުންގެ އިގުތިސާދީ ފުދުންތެރިކަމާއި އިޖްތިމާއީ ދުޅަހެޔޮކަން ނުލިބޭނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ މުއައްސަސާއަކީ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށްހިތުމާއެކު, ރައްޔިތުން އެދޭގޮތަށް ރައްޔިތުންނާ ގުޅިގެން ދެވޭ ޚިދުމަތަކަށް ބަދަލުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް ކުރައްވާ މުހިންމު މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ޚިދުމަތް މުޅި ރާއްޖޭގައި ފުޅާވެ, ބޭނުންވާ ހެޔޮ ބަދަލުތައް އަންނަމުންދަނީ އެތައް ގޮންޖެހުންތަކަކާ އެކުގައިވެސް އެކަންކަމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް ކުރައްވާ ވަރަށް ބުރަ މަސައްކަތްތަކެއްގެ ސަބަބުންކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުދެންނެވިއެވެ. އަދި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތަކީ ގޮންޖެހުން ބޮޑު ޚިދުމަތެއް ކަމަށާއި، ގޮއިދޫގައި ގާއިމުކުރެވުނު ފުލުހުންގެ މަރުކަޒުގައި ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ފުލުހުންނަކީ އެކަމަށް ގާބިލު ފުލުހުންތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތަކު ޚިދުމަތަކަށް އެދިއްޖެނަމަ އެ ޚިދުމަތެއް ފެށިގެން ނިމެންދެން ދެމިތިބުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގަތެވެ. އަދި ރަށުތެރެ އަމާންކަމާއި ރައްކާތެރިކަންމަތީ ބޭއްވެނީ ހަމައެކަނި ފުލުހުން އެކަނި މަސައްކަތްކޮށްގެން ނޫންކަން ފާހަގަކުރައްވައި, ފުލުހުންނާ ގުޅިގެން ކައުންސިލް އިދާރާއިން މަސައްކަތްކޮށްދެއްވައި އަދި މިހާރުވެސް ކައުންސިލް އިދާރާއިން ރަށުގެ ތަަރައްގީއަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.

މިއީ ބ. އަތޮޅުގައި ފުލުހުންގެ ޚިދުމަތް ދޭންފެށި 5ވަނަ ރަށެވެ. މި ރަށާއެކު ޖުމްލަ 108 ރަށެއްގައި ފުލުހުންގެ ޚިދުމަތުގެ، ސްޓޭޝަން ތަކާއި ޑެސްކްތައް އަދި ޕޯސްޓްތައް ވަނީ ގާއިމްކޮށްފައެވެ.

ބ.ގޮއިދޫ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2023

ރައީސް ނަޝީދުގެ ކެމްޕޭން ގަޑިއާ ދިމާކޮށް ޕްރިންސިޕަލުން ބައްދަލުވުންތައް ބާއްވާ ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއް: މިނިސްޓަރު

12 ޖެނުއަރީ 2023
ރައީސް ނަޝީދުގެ ކެމްޕޭން ގަޑިއާ ދިމާކޮށް ޕްރިންސިޕަލުން ބައްދަލުވުންތައް ބާއްވާ ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއް: މިނިސްޓަރު
07 ނޮވެމްބަރު 2022

އިސް މެޖިސްޓްރޭޓް ނިޝާރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ޖޭއެސްސީން ފޮނުވި މައްސަލަ ކޮމިޓީއަށް

07 ނޮވެމްބަރު 2022
އިސް މެޖިސްޓްރޭޓް ނިޝާރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ޖޭއެސްސީން ފޮނުވި މައްސަލަ ކޮމިޓީއަށް
08 މެއި 2022

ގޮއިދުއާއި ހިންނަވަރުގައި މަސްތުވާތަކެތިގެންގުޅޭ ފަރާތްތައް ހޯދުމުގެ އޮޕަރޭޝަނެއް ހިންގައިފި

08 މެއި 2022
ގޮއިދުއާއި ހިންނަވަރުގައި މަސްތުވާތަކެތިގެންގުޅޭ ފަރާތްތައް ހޯދުމުގެ އޮޕަރޭޝަނެއް ހިންގައިފި
10 މާރިޗު 2017

ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި

10 މާރިޗު 2017
ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
21 ފެބުރުއަރީ 2017

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް