Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

7 ފެބުރުއަރީ 2022 | ހޯމަ 12:04

ފެބްރުއަރީ 7 ތަހުގީގު ކުރުމަށް އެމްޑީޕީން ބޭނުންވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 7 ފެބުރުއަރީ 2022 | ހޯމަ 12:04
ފެބްރުއަރީ 7ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު ޖުމްހޫރީ މައިދާނުގައި

ފެބްރުއަރީ 7ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު ޖުމްހޫރީ މައިދާނުގައި

ދިވެހިރާއްޖޭގެ ޑިމެކްރޮސީގެ ހަޔާތުގައި 2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7ވަނަ ދުވަހަކީ ފާހަގަކޮށްލެވޭ ދުވަހެކެވެ. ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކޮށްފައިވާ ވެރިކަމެއް, ވަކި ބައެއްގެ އަމިއްލަ އެެދުމެއްގައި، ސިޔާސީ ހަމަނުޖެހުންތައް ހިންގައި، ސަލާމަތީ ބާރުތަކުގެ މެދުގައި އުފެދުނު ހަމަނުޖެހުންތަކާއެކު ވައްޓާލި ދުވަހެވެ.

އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ، ރާއްޖޭގައި ބޭއްވި ފުރަަތަމަ މަލްޓިޕާޓީ އިލެކްޝަން ކާމިޔާބު ކުރެއްވި މުހައްމަދު ނަޝީދެވެ. އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާދެއްވީ، ގައުމުގައި އުފެދުނު ހަމަނުޖެހުންތައް ތަޅާފޮޅުމަކަށް ބަދަލުވުމުންނެވެ. ޖުމްހޫރީ މައިދާނަށް ފުލުހުންނާއި ސިފައިން ނުކުމެ ހަމަނުޖެހުން ހިންގިއެވެ. ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހުވާކޮށްގެން ތިބި ސަލާމަތީ ބާރުތަކުގެ ސަފުތައް ރޫޅި އޭރުގެ ސަރުކާރާ ދެކޮޅަށް ނުކުތެވެ.

ފެބްރުއަރީ މަހުގެ 7ވަނަ ދުވަހާ ހަމައަށް ދިޔައީ އޭރު އިދިކޮޅުގައި ތިބި ސިޔާސީ ފަރާތްތައް އެކައްޗެއް ކިޔައި، ހިންގަން ފެށި ސިޔާސީ ހަރަކާތްތަކާއި މުޒާހަރާތަކަށް ފަހުއެވެ. މަޝްހޫރު 22 ދުވަހުގެ މުޒާހަރާގެ ފެށުމަކަށްވެގެން ދިޔައީ އޭރު ވެރިކަމުގައި އޮތް އެމްޑީޕީން ފަނޑިޔާރުގެ އިސްލާހު ކުރުމަށް ފެށި މަސައްކަތެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް, އާރަށުގައި އެކަހެރިކޮށް ބެހެއްޓި ހިސާބުން މުޒާހަރާތައް ފެށުނެވެ.

ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއާއި މަދަނީ ބައެއް ޖަމިއްޔާތަކުން ނިކުމެ, އެމްޑީޕީއަކީ ލާދީނީ ފިކުރުގެ ބަޔެއް ކަމަށާއި, އަދި ދީނަށާއި ރަސޫލާއަށް ނިސްބަތްވާގޮތައް ނޭދެވޭ ވާހަކަތައް އޭރުގެ ރައީސް ނަޝީދު ދައްކާކަމައް ބުނެ މުޒާހަރާތައް ބޭއްވިއެވެ.

މުޒާހަރާތައް ނިމުމަކަށް އައީ، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ. އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އިސްތިއުފާ ދެއްވީ އެމަނިކުފާނު އިތުރަށް ރައީސް ކަމުގެ މަގާމުގައި ދެމި ހުންނަވައިފި ނަމަ ރާއްޖޭގެ ރައްޔިތުންނަށާއި ގައުމަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ގަބޫލުކުރެއްވިގެން ކަމަށެވެ. ވެރިކަން ދަމަހައްޓަވަން އުޅުއްވި ނަމަ ނުހަނު ބޮޑަށް ބާރުގެ ބޭނުން ކުރަން ޖެހި, ރައްޔިތުންނަށް ގެއްލުންވީސް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ވެރިކަން އިތުރަށް ދަމަހައްޓަވަން މަސައްކަތް ކުރައްވައިފިނަމަ ބޭރުގެ ނުފޫޒުވެސް ރާއްޖެ އައުމަކީ ގާތް ކަމެއްގެ ގޮތުގައި ރައީސް ނަޝީދު އެދުވަހު ވިދާޅުވިއެވެ.

ޖެހިގެން އައި ފެބްރުއަރީ މަހުގެ 8ވަނަ ދުވަހު, އެއީ ބަޔަކު ރާވައިގެން ހިންގި ބަޣާވާތެއް ކަމަށް ރައީސް ނަޝީދު އިއުލާން ކުރެއްވުމާއެކު, ދެން ވެރިކަމުގެ ހުވާ ކުރެއްވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ތުހުމަތުތައް ކުރަން ފެށިއެވެ. މި ތުހުމަތުތައް އަދިވެސް ކުރެއެވެ. އެއާއެކު ރައީސް ވަހީދުގެ ގަރާރަކުން ހަމަ އެ އަހަރު ކޮމިޝަނެއް އުފައްދައި ތަހުގީގުކުރިއެވެ. އެ ކޮމިޝަނުން ނެރުނު ކޯނީ ރިޕޯޓުގައި ބުނެފައި ވަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ޚިލާފު މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ވެސް ނެތް ކަމަށެވެ. އޭރުގެ ނައިބު ރައީސް ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށް ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އެ ހާދިސާއަށް 10 އަހަރު ވެގެންދިޔައިރު އަދިވެސް އެކަމަށް އިންސާފު ލިބިވަޑައި ނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއެވެ.

ފެބްރުއަރީ 7 ތަހުގީގު ކުރުމަށް އެމްޑީޕީން ބޭނުންވެއެވެ. އަދި އެކަމަށް މިއަދުވެސް ދަނީ ގޮވާލަމުންނެވެ. ރައީސް ނަޝީދު ކުއްލިގޮތަކަށް އިސްތިއުފާ ދެއްވަން ޖެހުނު ސަބަބާއި، ފުލުހުންނާއި ސިފައިންގެ މެދުގައި ކުރިޔަށްދިޔަ ކުރިމަތިލުމާއި އެ މީހުން ރައްޔިތުންނަށް ކުރި އަނިޔާތަކެވެ. އެކަމަށް އޯޑަރުނެރުނު ކޮންމެވެސް މީހަކު ހުންނާނެ ކަމަށް އެމްޑީޕީން ގަބޫލު ކުރެއެވެ. އެމްޑީޕީން އެދުވަސް ފާހަގަކުރަނީ ކަޅު ދުވަހެއްގެ ގޮތުގައެވެ.

7 ފެބްރުއަރީ 2012ކުރީގެ ރައީސް، މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
26 ޖޫން 2024

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
13 މެއި 2024

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
12 މެއި 2024

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

12 މެއި 2024
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
30 އެޕްރީލު 2024

ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް

30 އެޕްރީލު 2024
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
01 އެޕްރީލު 2024

މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި

01 އެޕްރީލު 2024
މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި
02 ފެބުރުއަރީ 2024

ވަޒީރުންނަށް ރުހުން ނުދިނުން: ގާނޫނު އަސާސީގެ 129 ވަނަ މާއްދާ މުތުލަގަށް ނެތް ނަމަ ވާނީ ކިހިނެއް؟

02 ފެބުރުއަރީ 2024
ވަޒީރުންނަށް ރުހުން ނުދިނުން: ގާނޫނު އަސާސީގެ 129 ވަނަ މާއްދާ މުތުލަގަށް ނެތް ނަމަ ވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް