Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮލިމްޕިކް ގޭމްސް ތެރެއިން ފެންނަ ކޮވިޑް ކޭސްތައް

އޮލިމްޕިކް ގޭމްސް ތެރެއިން ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު ދަށަށް

ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އޮލިމްޕިކް ގޭމްސް އާ ގުޅުންހުރި 10 ކޭސް ރިކޯޑް ކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ފެބުރުއަރީ 2022 | އާދީއްތަ 23:58
ޗައިނާގެ ބެއިޖިންގ ގައި ކުރިޔަށްދާ ވިންޓަރ އޮލިމްޕިކް ގޭމްސްގެ ތެރެއިން

ޗައިނާގެ ބެއިޖިންގ ގައި ކުރިޔަށްދާ ވިންޓަރ އޮލިމްޕިކް ގޭމްސްގެ ތެރެއިން

ޗައިނާގެ ބެއިޖިންގ ގައި މިހާރު ކުރިޔަށްދާ ވިންޓަރ އޮލިމްޕިކް ގޭމްސްގައި ފެންނަ ކޮވިޑް-19 ކޭސްތަކުގެ އަދަދު ދަށަށްދާން ފަށާފައިވާކަމަށް ގޭމްސް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

ފެންނަ ކޭސްތަކުގެ އަދަދު ދަށަށްދާން ފަށާފައިމިވަނީ މިހާރު ގޭމްސް އަށް އަންނަ މީހުން ކުރިއާ އަޅާބަލާއިރު މަދުވީކަމަށްވެސް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައިވެސް ކޭސްތައް މައްޗަށް ދާނެކަމަށް ނުފެންނަކަމަށް އޮގަނައިޒް ކުރާ މީހުން ބުނެއެވެ. އޮލިމްޕިކް ގޭމްސް ވަނީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ފަށާފައެވެ.

ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އޮލިމްޕިކް ގޭމްސް އާ ގުޅުންހުރި 10 ކޭސް ރިކޯޑް ކޮށްފައިވެއެވެ. އޭގެކުރީ ދުވަހު 45 ކޭސް ރިކޯޑް ކޮށްފައިވެއެވެ. އެއީ އޮލިމްޕިކް ގޭމްސް އަށް ޗައިނާއަށް މީހުން އެތެރެވާން ފެށިފަހުން އެންމެގިނަ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓްކުރި ދެވަނަ ދުވަހެވެ.

އެންމެފަހުން ފެނުނު ކޭސްތަކުގެ ތެރޭގައި އެއަރޕޯޓަށް އައިސް ޓެސްޓްކުރި ތަނުން ޕޮޒިޓިވްވި 4 މީހުން ހިމެނެއެވެ. އޭގެތެރޭގައި 2 އެތްލީޓުންނާއި ޓީމު އޮފިޝަލުންގެ 2 މީހުން ހިމެނެއެވެ. ދެން ޕޮޒިޓިވްވި މީހުންނަކީ ގޭމްސް އަށް ކުރިން އައި މީހުންނެވެ.

ގޭމްސް އަށް މިހާތަނަށް 2900 އެތްލީޓުން ޗައިނާއަށް އެތެރެވެފައިވެއެވެ.

ގޭމްސް އަށް އަންނަ ޓީމުތަކާއި މީޑިޔާގައި މަސައްކަތްކުރާ މީހުންގެ އިތުރުން ސްޓާފުން ޗައިނާއަށް އަންނަނީ ޚާއްސަ ޗާޓަރ ފްލައިޓްތަކެއްގައެވެ. އަދި ކޮންމެ ދުވަހަކު އެމީހުން ކޮވިޑަށް ޓެސްޓްކުރަންޖެހެއެވެ. އެމީހުންނަށް ތިބެން ހަމަޖެހިފައިވާ ސަރަހައްދުން ބޭރަށް އާންމުންގެ ތެރެއަށް ނިކުތުމަކީ މަނާކަމެކެވެ.

ކޮވިޑް-19ޗައިނާބެއިޖިން އޮލިމްޕިކްސް

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު