Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓު

މިދިޔަ އަހަރު ކްރިމިނަލް ކޯޓުގައި ތާވަލުކުރި 4852 މައްސަލައެއް ކެންސަލްވެފައިވޭ

6 ފެބުރުއަރީ 2022 | އާދީއްތަ 13:42

ކްރިމިނަލް ކޯޓުން ވަނީ އެކޯޓުގެ އަހަރީ ތަފާސްހިސާބުތައް އާންމުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ފެބުރުއަރީ 2022 | އާދީއްތަ 13:42
ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި އާންމުކޮށް މައްސަަލަތައް ކެންސަލްވަނީ އިދާރީ އެކި ސަބަބުތަކާހެދި

ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި އާންމުކޮށް މައްސަަލަތައް ކެންސަލްވަނީ އިދާރީ އެކި ސަބަބުތަކާހެދި

މިދިޔަ އަހަރު ކްރިމިނަލް ކޯޓުގައި ތާވަލުކުރި 4852 މައްސަލައެއް ކެންސަލްވެފައިވާކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކްރިމިނަލް ކޯޓުން ވަނީ އެކޯޓުގެ 2021 ވަނަ އަހަރުގެ އަހަރީ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެގޮތުން 2021 ވަނަ އަހަރު ފެށުނުއިރުވެސް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރޭގައި 1732 މައްސަލައެއް ހިމެނެއެވެ. އެ އަހަރު އަލަށް 773 މައްސަލައެއް ހުށައެޅިފައިވާއިރު، މުޅި އަހަރު ތެރޭގައި ނިންމިފައިވަނީ 701 މައްސަލައެވެ. އަދި އަހަރު ނިމުނުއިރު 1804 މައްސަލައެއް ނުނިމި ހުރިކަމަށް ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Advertisement - newsAdvertisement

2021 ވަނަ އަހަރު 9973 މައްސަލަ ޝެޑިއުލްކޮށްފައިވެއެވެ. އޭގެ ތެރެއިން 4852 މައްސަލަ ކެންސަލްވެފައިވާއިރު، ކުރިއަށް ގެންދެވިފައިވަނީ 51 އިންސައްތަ އަޑުއެހުމެވެ. އެއީ 5121 މައްސަލައެވެ.

ކްރިމިނަލް ކޯޓުގައި އެ އަހަރު ކުރިއަށްދިޔަ މައްސަލަތަކަށް ބަލާއިރު، 2722 މީހުންގެ މުއްދަތު އިތުރު ކުރުމުގެ އަޑުއެހުންތައް ބޭއްވުނެވެ. އޭގެ ތެރެއިން 86 އިންސައްތަ މީހުން ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާއިރު، ބަންދުން ދޫކޮށްލުމަށް އަމުރު ނެރެފައިވަނީ 14 އިންސައްތަ މީހުންނެވެ.

އޭގެ އިތުރުން، ކޯޓު އަމުރުތަކަށް ބަލާއިރު، 2021 ވަނަ އަހަރު 1529 ކޯޓު އަމުރެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރެއިން 103 ރިކުއެސްޓަށް އަމުރު ދޫކޮށްފައެއް ނުވެއެވެ. ކޯޓުން މައުލޫމާތު ދޭ ގޮތުގައި އަމުރު ނެރުމުގެ މަސައްކަތަށް ނިމިދިޔަ އަހަރު 1835 ގަޑިއިރު ހޭދަކޮށްފައިވެއެވެ. އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ ގާތްގަނޑަކަށް 5 ގަޑިއިރެވެ.

2021 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ކުރާ ސެކްޝަންތަކުން 2787 އަޑުއެހުން ރެކޯޑު ކޮށްފައިވެއެވެ. އެ އަޑުއެހުންތަކުގެ ދިގުމިން 1597 ގަޑިއިރަށް އަރައެވެ. އަދި 2036 ބަޔާން ލިޔެފައިވާއިރު، އޭގެ ދިގުމިން 1132 ގަޑިއިރަށް އަރައެވެ.

އޭގެ އިތުރުން، 2021 ވަނަ އަހަރު ވީޑިއޯ ކޮންފަރެންސްކޮށް 672 ބަޔާނެއް ނެގުމަށް މެޖިސްޓްރޭޓް ކޯޓުތަކުން އެދިފައިވާއިރު، އޭގެ ތެރެއިން 636 މައްސަލައެއްގައި ވީޑިއޯ ކޮންފަރެންސްކޮށް ބަޔާން ނަގައިދީފައިވެއެވެ.

ކްރިމިނަލް ކޯޓުގައި އާންމުކޮށް މައްސަަލަތައް ކެންސަލްވަނީ އިދާރީ އެކި ސަބަބުތަކާހެދިއެވެ.

ކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް