Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަވާދީއްތަ ޔޮޓް ރެލީ

"ސަވާދީއްތަ ޔޮޓް ރެލީއަކީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ހުރި ގޮންޖެހުންތައް ބަލައިލުމަށްވެސް ރަނުގެ ފުރުސަތެއް"

5 ފެބުރުއަރީ 2022 | ހޮނިހިރު 06:14

މެމްބަރު ސަލީމް ވަނީ ހޯރަފުށީ ރައްޔިތުންގެ މެހެމާންދާރީވެސް ފާހަގަ ކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ފެބުރުއަރީ 2022 | ހޮނިހިރު 06:14
"ސަވާދީއްތަ ދަތުރު" ފެށުމުގެ ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވާހަކަ ދައްކަވަނީ

"ސަވާދީއްތަ ދަތުރު" ފެށުމުގެ ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވާހަކަ ދައްކަވަނީ

"ސަވާދީއްތަ ޔޮޓް ރެލީ"އަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ހުރި ގޮންޖެހުންތައް ބަލާލުމަށްވެސް ރަނުގެ ފުރުސަތެއްކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

"ސަވާދީއްތަ ދަތުރު" ރަސްމީކޮށް އިފްތިތާހުކުރުމަށް ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެމްބަރު ސަލީމް ވަނީ ޔޮޓް ރެލީގެ ބައިވެރިންނަށް ހޫނު މަރުހަބާއެއް ވިދާޅުވެ، ހޯރަފުށީގެ ރައްޔިތުންގެ ނަމުގައި, މި ހަރަކާތުގެ ބައިވެރިންނާއި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މެމްބަރު ސަލީމް ވަނީ ފަތުރުވެރިކަމުގެ މަންފާ އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރާފައިނުވާ ދާއިރާތަކަށްވެސް ފަތުރުވެރިކަމުގެ ނަފާ ފޯރުކޮށްދިނުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވާފައެވެ.

އޭގެ އިތުރުން މެމްބަރު ސަލީމް ވަނީ ހޯރަފުށީ ރައްޔިތުންގެ މެހެމާންދާރީވެސް ފާހަގަ ކުރައްވައި، އެރަށު ރައްޔިތުންނާއި ކައުންސިލުގެ ފަރާތުން ދައްކުވައިދީފައިވާ މިންނެތް މަސައްކަތް ފާހަގަ ކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާ ކުރައްވާފައެވެ.

ޔޮޓް ރެލީއަކީ ދުނިޔޭގައިވެސް އާންމު ކަމެއްކަން ފާހަގަ ކުރައްވައި މެމްބަރު ސަލީމް ވިދާޅުވީ، 99 އިންސައްތަ ކަނޑު ހިމެނޭ އަދި ދަތުރުވެރިންގެ މެދުގައިވެސް މަގުބޫލު ކުޑަކުޑަ ދިވެހިރާއްޖޭގައި މިހާތަނަށް މިފަދަ ޔޮޓް ރެލީއެއް ބާއްވާފައި ނެތްކަމަށެވެ. ވުމާއެކު، އެމްއައިޓީޑީސީން "ސަވާދީއްތަ ދަތުރު"ގެ ނަމުގައި މި ފެށި ހަރަކާތަކީ މުހިއްމު މަސައްކަތެއްކަން ސަލީމް ފާހަގަ ކުރެއްވިއެވެ. ސަލީމް ވިދާޅުވިގޮތުގައި މި ރެލީއަކީ ރާއްޖޭގެ މުއްސަނދި ތިމާވެއްޓާއި، ރިވެތި ތާރީޚާއި ސަގާފަތް, އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ހުރި ގޮންޖެހުންތައް ބަލައިލުމަށްވެސް ރަނުގެ ފުރުސަތެއްކަމަށެވެ.

ސަލީމްވަނީ މި ހަރަކާތް ފެށިގެން ދިޔަ އިހަވަންދިއްޕޮޅާގުޅޭ މައުލޫމާތުކޮޅެއްވެސް ރެލީގެ ބައިވެރިންނަށް ދެއްވާފައެވެ. އެގޮތުން މި އަތޮޅުގައި ތިމާވެށީގެ ގޮތުން ރައްކާތެރި ކުރެވިފައިވާ ސަރަހައްދުތަކެއް ހުރިކަން ފާހަގަ ކުރައްވައި ސަލީމް ވަނީ, އެ ސަރަހައްދުތަކާގުޅޭ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ. މިސާލަކަށް, ގައްލަންދޫއަކީ ބައިނަލްއަގުވާމީ ގޮތުންވެސް ފާހަގަ ކުރެވޭ، މޫސުމީ ދޫނިތަކަށް ޚާއްސަ ރަށެއްކަމަށް ސަލީމް ވިދާޅުވިއެވެ. މި އަތޮޅަކީ މިހާރު ބޮޑުމަސް (ވޭލްސް) ބެލުމަށްވެސް މަގުބޫލު އަތޮޅެއްކަން ސަލީމް ފާހަގަ ކުރެއްވިއެވެ.

ސަވާދީއްތަ ޔޮޓް ރެލީ ރަސްމީކޮށް ހޯރަފުށީގައި ފަށާފައިވާއިރު، މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ހޯރަފުށީގެ ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ދިވެހިންގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ނެށުންތަކާއި، ސަގާފީ މަސައްކަތްތައް ދައްކުވައިދޭ ހަރަކާތްތައް ވަނީ ފެނިގެން ގޮސްފައެވެ.

ސަވާދީއްތަހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމް

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 މެއި 2024

އެމްޑީޕީއަށް ނިސްބަތްވާ ރިޔާސަތުން މަޖިލީހުގެ މައިނޯރިޓީއަށް އިހްތިރާމްކުރެއްވުމުގައި ދެއްކެވީ ނަމޫނާއެއް - ޝާހިދު

14 މެއި 2024
އެމްޑީޕީއަށް ނިސްބަތްވާ ރިޔާސަތުން މަޖިލީހުގެ މައިނޯރިޓީއަށް އިހްތިރާމްކުރެއްވުމުގައި ދެއްކެވީ ނަމޫނާއެއް - ޝާހިދު
07 މެއި 2024

އިޒްރޭލުން ރަފާޙްގައި ޤަތުލުއާންމެއް ހިންގުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ސަރުކާރަށް ގޮވާާލާ ކުއްލި މައްސަލައެއް

07 މެއި 2024
އިޒްރޭލުން ރަފާޙްގައި ޤަތުލުއާންމެއް ހިންގުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ސަރުކާރަށް ގޮވާާލާ ކުއްލި މައްސަލައެއް
30 ޑިސެމްބަރު 2023

ފެއިލްވި ބަޔަކު ވަރުގަދަކޮށް ނޯންނާނެ، އެމްޑީޕީއަކީ އެންމެ ވަރުގަދަ ޕާޓީ: ސަލީމް

30 ޑިސެމްބަރު 2023
ފެއިލްވި ބަޔަކު ވަރުގަދަކޮށް ނޯންނާނެ، އެމްޑީޕީއަކީ އެންމެ ވަރުގަދަ ޕާޓީ: ސަލީމް
28 ޑިސެމްބަރު 2023

ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވާލުމަށް ހުށަހަޅައިފި

28 ޑިސެމްބަރު 2023
ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވާލުމަށް ހުށަހަޅައިފި
28 ޑިސެމްބަރު 2023

ރަސްމާލެ ޕްރޮޖެކްޓުގެ ތަފްސީލީ މައުލޫމާތު ހާމަކުރުމަށް ސަރުކާރަށް ގޮވާލުމަށް މަޖިލީހަށް މައްސަލައެއް

28 ޑިސެމްބަރު 2023
ރަސްމާލެ ޕްރޮޖެކްޓުގެ ތަފްސީލީ މައުލޫމާތު ހާމަކުރުމަށް ސަރުކާރަށް ގޮވާލުމަށް މަޖިލީހަށް މައްސަލައެއް
05 ޑިސެމްބަރު 2023

ފެނަކައިން ވަކިކުރި މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް މުވައްޒަފުން ވަކިކުރާ މައްސަލަ އެސްއޯއީ ކޮމިޓީން ބަލައިދިނުމަށް ހުށަހަޅައިފި

05 ޑިސެމްބަރު 2023
ފެނަކައިން ވަކިކުރި މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް މުވައްޒަފުން ވަކިކުރާ މައްސަލަ އެސްއޯއީ ކޮމިޓީން ބަލައިދިނުމަށް ހުށަހަޅައިފި
04 ޑިސެމްބަރު 2023

މެދަފުށީގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ތިން ފަހަރު އިއުލާންކުރި، އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވޭ: ޑރ.މައުސޫމް

04 ޑިސެމްބަރު 2023
މެދަފުށީގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ތިން ފަހަރު އިއުލާންކުރި، އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވޭ: ޑރ.މައުސޫމް
03 ޑިސެމްބަރު 2023

އެމްޑީޕީއަކީ ކޮންމެ މީހަކަށް ވެސް ފުރުސަތު އޮތް، ކުރިއަށްދާން މަގު ކޮށައިދޭ ޕާޓީއެއް: މެންބަރު ސަލީމް

03 ޑިސެމްބަރު 2023
އެމްޑީޕީއަކީ ކޮންމެ މީހަކަށް ވެސް ފުރުސަތު އޮތް، ކުރިއަށްދާން މަގު ކޮށައިދޭ ޕާޓީއެއް: މެންބަރު ސަލީމް
03 ޑިސެމްބަރު 2023

މަޖިލީހުގެ ނައިބު ރައީސް ކަމަށް މެންބަރު ސަލީމް އިންތިހާބުކޮށްފި

03 ޑިސެމްބަރު 2023
މަޖިލީހުގެ ނައިބު ރައީސް ކަމަށް މެންބަރު ސަލީމް އިންތިހާބުކޮށްފި
25 އޮކްޓޯބަރު 2023

ފަތުރުވެރިކަން ކުޑަކޮށް ތަރައްގީވެފައި ހުރި ސަރަހައްދުތަކުން ޓެކްސްގެ ލުއިތަކެއް ދިނުމަށް މެންބަރު ސަލީމް ހުށަހަޅުއްވައިފި

25 އޮކްޓޯބަރު 2023
ފަތުރުވެރިކަން ކުޑަކޮށް ތަރައްގީވެފައި ހުރި ސަރަހައްދުތަކުން ޓެކްސްގެ ލުއިތަކެއް ދިނުމަށް މެންބަރު ސަލީމް ހުށަހަޅުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް