Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސައްކަތްތެރިންގެ ހައްގުތަކާއި ގުޅޭ ބިލްތައް

ވަޒީފާގެ މާހައުލުގެ ރައްކާތެރިކަމުގެ ބިލްގެ ފައިނަލް ޑްރާފްޓް ވަނީ ނިމިފައި، މިއަހަރު މަޖިލީހަށް ހުށަހެޅޭނެ: ފައްޔާޒު

އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅޭ ބިލްތަކުގެ ތެރޭގައި އެބިލް ހިމެނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2022 | ހުކުރު 14:41
މާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީން މަސައްކަތްކުރަނީ

މާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީން މަސައްކަތްކުރަނީ

ވަޒީފާގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ބިލްކަމުގައިވާ އޮކިޔުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ އެކްޓް އެޓަރނީ ޖެނެރަލް އޮފީހުން ރިވިއުކުރުމަށް ފަހު ގެންނަން ބުނި ބަދަލުތައް މިހާރު ވަނީ ގެނެސް ނިމިފައި ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނާއި ގުޅޭގޮތުން ރާއްޖެޓީވީން ގެނެސްދިން ކަވަރޭޖްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއަހަރު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅޭ ބިލްތަކުގެ ތެރޭގައި އެބިލް ހިމެނޭނެކަމަށެވެ.

Advertisement - newsAdvertisement

މިދިޔަ މޭޑޭއާ ދިމާކޮށް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވަނީ ވަޒީފާގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ބިލެއް މިދިޔަ އަހަރުތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ގިނަ ކަންތައްތަކެއް ކުރަން ހުރުމާއެކު ލަސްތަކެއް އައިނަމަވެސް ބިލްގެ މަސައްކަތްތައް މިނިސްޓްރީން ކުރަމުންދިޔަ ކަމަށެވެ. އެގޮތުން ބިލެއް ގާނޫނަކަށް ވެގެންދާއިރު އަންނަ ހުރިހާ ބަދަލުތަކަށް ވިސްނަންޖެހޭއިރު ބިލެއް އެކުލަވާލަންޖެހެނީ އެހުރިހާ ދިމާލަކުން ބެލުމަށްފަހު ކަމަށެވެ. އެހެންކަމުން އެކަމަށް ވަގުތުތަކެއް ނަގާނެކަމަށެވެ.

މީގެއިތުރުން އިންޑަސްޓްރިއަލް ރިލޭޝަން އެކްޓް ގެ ފުރަތަމަ ޑްރާފްޓް މިހާރު ނިމިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިބިލާއެކުވެސް މަސައްކަތްތެރިކަމަށް ބޮޑު ބަދަލެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމުގެ އަސަރު ވިޔަފާރިތަކަށާއި މަސައްކަތްތެރިންނަށާއި މުޖުތަމައުއަށް ގެނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މަސައްކަތްތެރިންގެ ހައްގު ހިމާޔަތްކުރަންޖެހޭ ކަމަށާއި މިދައުރު ނިމުމުގެކުރިން ގާނޫނީ އޮނިގަނޑަށް އެބަދަލުތައް ގެންނާނެކަމަށެވެ.

މަސައްކަތުގެ މާހައުލުގައި ހިތާމަވެރި ހާދިސާތައް ހިނގަމުންދާ މަންޒަރު ރާއްޖޭގައި އަންނަނީ ފެންނަމުންނެވެ. އެކަންކަން ހައްލުކުރުމަށް އަމަލުކުރާނެ ގާނޫނެއް ނެތްނަމަވެސް ކޮންމެވެސް ވަރެއްގެ ޕްރޮސީޖަރތަކެއް އެކުލަވާލާފައި އެބަހުއްޓެވެ. ނަމަވެސް އެންމެ އެކަށޭނެ ގޮތްތަކެއް އަދި މިހާތަނަށް ކަނޑައެޅިފައެއް ނުވެއެވެ. މިފަދަ ގާނޫނެއް ވުޖޫދުވުމުން މަސައްކަތްކުރާ ތަންތަނުގެ ރައްކާތެރިކަމުގެ މިންގަނޑުތަކެއް އެކުލަވާލެވި ނުރައްކާތެރި ހާދިސާތަކުން މުވައްޒަފުން ސަލާމަތްކޮށްދެވޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީމިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

30 އޯގަސްޓު 2025
ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

18 ފެބުރުއަރީ 2025
"މި އަހަރަކީ އަޅުގަނޑުމެން ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދިޔަ އަހަރެއް"

"މި އަހަރަކީ އަޅުގަނޑުމެން ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދިޔަ އަހަރެއް"

18 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު