Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރާންޝިޕްމަންޓުގެ ޚިދުމަތް

ޓްރާންޝިޕްމަންޓަށް ހާއްސަ ކުންފުންޏެއް އުފައްދަނީ

100 އިންސައްތަ ދިވެހި ކުންފުންޏެއް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ނަމުގައި އުފެއްދުމަށް ސަރުކާރުން ވަނީ ނިންމާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 ޖެނުއަރީ 2024 | އަންގާރަ 02:03
އެމްއެސްއެސްގެ ފުރަތަމަ ބޯޓު ރާއްޖޭގެ ވިޔަފާރި މައި ބަނދަރު އެމްޕީއެލްއައް ކައިރިކުރުން --- ފޮޓޯ: ޔޫސުފް ސޮފްވާން

އެމްއެސްއެސްގެ ފުރަތަމަ ބޯޓު ރާއްޖޭގެ ވިޔަފާރި މައި ބަނދަރު އެމްޕީއެލްއައް ކައިރިކުރުން --- ފޮޓޯ: ޔޫސުފް ސޮފްވާން

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ސަރުކާރުން ނިންމައިފިއެވެ.

މާގިނަ ތަފްސީލުތަކެއް ހާމަނުކުރައްވާ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ވެލިއުއެޑްކުރުމާއި، ޓްރާންޝިޕްމަންޓް/ރިއެކްސްޕޯޓް ވިޔަފާރިއަށް ޙާއްސަކޮށް 100 އިންސައްތަ ދިވެހި ކުންފުންޏެއް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ނަމުގައި އުފެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މި ކުންފުންޏާ ބެހޭ އިތުރު ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

މި ކުންފުނިން ކުރާނެ މަސައްކަތުގެ ތެރޭގައި ޓްރާންޝިޕްމަންޓާއި، ބަންކަރިންގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމާފައިވާ ސަރަހައްދުތައް މެނޭޖްކޮށް ބެލެހެއްޓުން ހިމެނެއެވެ. ލ. އަތޮޅުގައި އޮތް ހިމާޔަތްކޮށްފައިވާ ރަށެއް ކަމަށްވާ ގާދޫގައި ބަންކަރިންގެ ޚިދުމަތާއެކު ޓްރާންޝިޕްމެންޓު ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަކީ ހަފްތާ 14 ގައި ހިމެނޭ ވައުދެކެވެ. މިއާއެކު އިހަވަންދިއްޕޮޅުގެ ޓްރާންސްޝިޕްމަންޓް ބަނދަރާއި، ގްރޭޓާ މާލެ އޭރިއާގައި ޓްރާންސްޝިޕްމަންޓް ބަނދަރު ތަރައްގީކޮށް އެކަންކަންވެސް ބަލަހައްޓާނީ މި ކުންފުނިންނެވެ.

މީގެއިތުރުން އެސްއީޒެޑް ގާނޫނުގެ ދަށުން ކަނޑައެޅޭ މުހިއްމު ސަރަހައްދުތަކެއްގައި ސްޕެޝަލް އިކޮނޮމިކް ޒޯންތަކެއް ގާއިމްކޮށް، އިންވެސްޓްމެންޓުތަކަށް ފުރުސަތު ހުޅުވާލުމަށް ސަރުކާރުން ނިންމާފައިވެއެވެ.

ޓްރާންޝިޕްމަންޓްއިކޮނޮމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
29 އޮކްޓޯބަރު 2025

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު
30 އޯގަސްޓު 2025

ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

30 އޯގަސްޓު 2025
ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!
18 ފެބުރުއަރީ 2025

ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

18 ފެބުރުއަރީ 2025
ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ
05 މެއި 2024

ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަނީ

05 މެއި 2024
ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު