Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުުރަށް އުލިގަމުން 12 ޔޮޓެއް ބައިވެރިވެއްޖެ

4 ފެބުރުއަރީ 2022 | ހުކުރު 17:28

މިއީ 18 ދުވަހުގެ ދަތުރެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 ފެބުރުއަރީ 2022 | ހުކުރު 17:28
ސަވާދީއްތަ ދަތުރުގައި އުލިގަމުގެ ބައިވެރިންނަށް މަރުޚަބާ ކިޔުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން

ސަވާދީއްތަ ދަތުރުގައި އުލިގަމުގެ ބައިވެރިންނަށް މަރުޚަބާ ކިޔުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން

ރާއްޖޭގައި ހެރިޓޭޖް ޓޫރިޒަމް ތަރައްޤީކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެމްއައިޓީޑީސީން ބާއްވާ ސަވާދީއްތަ ދަތުރުގައި 12 ޔޮޓަކުން ބައިވެރިވެއްޖެއެވެ.

ސަވާދީއްތަ ދަތުރު އިންތިޒާމް ކުރާ އެމްއައިޓީޑީސީން ބުނީ މިދަތުރުގައި ބައިވެރިވާން އުލިގަމުގައި ބޭއްވި ރަޖިސްޓްރޭޝަންގައި 12 ޔޮޓަކުން ބައިވެރިވެފައިވާ ކަމަށާއި، 18 ދުވަހުގެ މިދަތުރުގައި ރަސްމީކޮށް މިހާތަނަށް 10 ޔޮޓަކުން ބައިވެރިވެފައިވާ ކަމަށެވެ. މިދަތުރު ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ހޯރަފުށިންނެވެ. އުލިގަމުން ރަޖިސްޓްރީވި ޔޮޓްތަކުގެ ބައިވެރިންނަށް ވަނީ އިވެންޓް ކިޓާއި، ޓީޝާޓާއި ދަބަސް އަދި ސޮވެނިއަރތައް ދީފައެވެ.

Advertisement - newsAdvertisement

ސަވާދީއްތަ ރަސްމީކޮށް އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހޯރަފުށީގައެވެ. ފަޅުރަށްތައްވެސް ހިމެނޭހެން 15 ރަށެއްގައި މަޑުކުރުމަށް ނިންމާފައިވާއިރު ދަތުރުގެ ފަހު މަންޒިލަކީ، ފަރި މޯލްޑިވްސްއެވެ. ނިންމުމުގެ ގޮތުން ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ބާއްވާ ގާލާ ނައިޓް އޮންނާނީ އެތަނުގައިއެވެ.

އެމްއައިޓީޑީސީގެ ސަވާދީއްތަ ދަތުރު ބާއްވަނީ މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އަދި އެމްއެންޑީއެފްގެ ސިވެކް ކުންފުންޏާ ގުޅިގެންނެވެ. އަދި އެމްޓީޑީސީގެ އަމާޒަކީ މި ރިލޭ ކޮންމެ އަހަރަކު ވެސް ސިލްސިލާކޮށް ކުރިއަށް ގެންދިއުމެވެ.

ސަވާދިއްތަ ދަތުރު ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި ރިލޭގެ ވެބްސައިޓް އަދި ތީމު ލަވަވެސް ވަނީ ލޯންޗުކޮށްފައެވެ.

ދަތުރުގެ ތެރެއިން 50 އަށްވުރެ ގިނަ ހަރަކާތް ހިންގުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުގައި ރާއްޖޭގެ މަޝްހޫރު އެތަށް ތާރީޚީ ބިނާތަކާއި، ދިވެހިންގެ ރަށްފުށު ދިރިއުޅުމާއި، ރާއްޖޭގެ ރީތި ކަނޑުއަޑީގެ މަންޒަރު ބަލާލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

ސަވާދީއްތަ ދަތުރަކީ އެމްއައިޓީޑީސީގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ރެލީއެކެވެ. އެމްއައިޓީޑީސީގެ ފަރާތުން މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ގަސްތުކޮށްފައިވަނީ ލޯކަލް ޓޫރިޒަމް، ހެރިޓޭޖް ޓޫރިޒަމް އަދި ރޫރަލް ޓޫރިޒަމް ހިމެނޭ ގޮތުންނެވެ.

މިދަތުރަށް "ސަވާދީއްތަ ދަތުރު" ގެ ނަން ދެވިފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ބަތަލު، އައްސުލްތާނު ޣާޒީ މުޙައްމަދު ތަކުރުފާނު އަލްއައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނާއި ގުޅުވައިގެންނެވެ.

ސަވާދީއްތައެމްއައިޓީޑީސީހޯރަފުށި

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
31 އޮކްޓޯބަރު 2025

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ؛ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ފުރިހަމަ ޖަލްސާ

31 އޮކްޓޯބަރު 2025
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ؛ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ފުރިހަމަ ޖަލްސާ
31 އޮކްޓޯބަރު 2025

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''
31 އޮކްޓޯބަރު 2025

ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އަސާސީ ހިދުމަތްތައް ލިބިގަނެގެން: ރައީސް ޞާލިހު

31 އޮކްޓޯބަރު 2025
ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އަސާސީ ހިދުމަތްތައް ލިބިގަނެގެން: ރައީސް ޞާލިހު
31 އޮކްޓޯބަރު 2025

ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް

31 އޮކްޓޯބަރު 2025
ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް
31 އޮކްޓޯބަރު 2025

ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޕޯޓު ހަދައި، ތަރައްގީ ކުރާނަން: ސަލީމް

31 އޮކްޓޯބަރު 2025
ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޕޯޓު ހަދައި، ތަރައްގީ ކުރާނަން: ސަލީމް
31 އޮކްޓޯބަރު 2025

ރަށު ފެންވަރުގެ ޚިދުމަތަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު ސަލީމް ވަރުގަދަ ރައްދެއް ދެއްވައިފި

31 އޮކްޓޯބަރު 2025
ރަށު ފެންވަރުގެ ޚިދުމަތަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު ސަލީމް ވަރުގަދަ ރައްދެއް ދެއްވައިފި
30 އޮކްޓޯބަރު 2025

ހޯރަފުށީ ތަރައްޤީގެ ބާނީ، ރައީސް ސާލިޙް އަށް "ޚާއްސަ ޚިދުމަތުގެ އައްޑަނަ" އަރުވައިފި

30 އޮކްޓޯބަރު 2025
ހޯރަފުށީ ތަރައްޤީގެ ބާނީ، ރައީސް ސާލިޙް އަށް "ޚާއްސަ ޚިދުމަތުގެ އައްޑަނަ" އަރުވައިފި
30 އޮކްޓޯބަރު 2025

ހޯރަފުށިން ރައީސް ސާލިހަށް ދެންނެވި ފުރިހަމަ މަރުހަބާއިން ފެނުނީ، ރަށު ރައްޔިތުން ރައީސް ޞާލިހްގެ ހިދުމަތްތައް ބަލައިގެންފިކަން

30 އޮކްޓޯބަރު 2025
ހޯރަފުށިން ރައީސް ސާލިހަށް ދެންނެވި ފުރިހަމަ މަރުހަބާއިން ފެނުނީ، ރަށު ރައްޔިތުން ރައީސް ޞާލިހްގެ ހިދުމަތްތައް ބަލައިގެންފިކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް