Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫތު ޗެމްޕިއަންޝިޕް

އެއްވަނަ ޓީމުގެ ގޮތުގައި ޔޫވީ ސެމީއަށް

ޔޫވީ މޮޅުވީ ޓީސީ އަތުން 2-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2022 | ބުރާސްފަތި 14:21
ޓީސީ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

ޓީސީ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ފުރުސަތު ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ޔޫވީ މޮޅުވީ ޓީސީ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ޓީސީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ކުރީކޮޅު އެ ޓީމުގެ ފަހުމާން އަބްދުލް ހަމީދާއި ޔޫސުފް ސިދާމް އަލީއަށް ވަނީ އޭރިއާ ތެރެއިން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެކަމަކު އެ ދެ ކުޅުންތެރިންވެސް ފޮނުވާލި ހަމަލާތައް ދިޔައީ ގޯލާ އަމާޒުނުވެއެވެ. އެއާއެކު މެޗުގެ 13 ވަނަ މިނެޓުގައި ޔޫވީން ވަނީ ލީޑު ނަގާފައެވެ. ޓީސީގެ ކެޕްޓަން އަޙްމަދު މައީޝް މުޙައްމަދު ހެދި ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލް ރަހްމާން ތިބްޔާން އަލީ ސައީދެވެ.

އޭގެ ފަހުން މެޗުގެ 35 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ޓީސީގެ އަހްނަފު މުޙައްމަދު ތަސްނީމް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިންނެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޔޫވީގެ ޒައިޝާން އަޝްރަފަށް މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ޓީސީގެ ގޯލްކީޕަރު ޔޫސުފް ޔުނާން އާމިރް ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ލަނޑެއް ޖަހަން އެންމެ ފުރަތަމަ ހުސް ފުރުސަތެއް ލިބިގެންދިޔައީ ޔޫވީއަށެވެ. އެގޮތުން މި ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި އެ ޓީމުގެ ތިބްޔާނަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަވެސް ޓީސީގެ ގޯލްކީޕަރު ޔުނާން ވަނީ ދިފާއުކޮށްފައެވެ.

އެކަމަކު މެޗުގެ 60 ވަނަ މިނެޓުގައި ޔޫވީން ވަނީ ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. ތިބްޔާން ދިން ޕާހަކުން މުޅިން ހުހަށްހުރެ މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ މީސާގް އީސާއެވެ. އޭގެ ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޓީސީގެ އަޙްމަދު ޒައުލް ނަސީމަށް މެޗުގެ 72 ވަނަ މިނެޓުގައި ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އޭރިއާ ތެރެއިން ޒައުލް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޔޫވީގެ ގޯލްކީޕަރު އަލީ ޝައިބާން ވަނީ ހުއްޓުވާފައެވެ.

މި މެޗަށް ނުކުތްއިރުވެސް ޓީސީއަށް ފުރަތަމަ ދެ މެޗުން މޮޅުވެ، ސެމީގެ ޖާގަ ޔަގީންވެފައި އޮތްއިރު، އެ ޓީމަށް ލިބިފައިވަނީ ދެވަނައެވެ. އެގޮތުން ގްރޫޕް ބީގެ އެއްވަނައަށް ޖެހިލި ޔޫވީއަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބުނުއިރު، ދެވަނައަށް ދިޔަ ޓީސީއަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް މަހިބަދޫ ސްޕޯޓްސް ކުލަބަށް ދެ މެޗުން އެއް ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ޔޫތު ޗެމްޕިއަންޝިޕްޓީސީ ސްޕޯޓްސް ކުލަބުޔުނައިޓެޑް ވިކްޓަރީ (ޔޫވީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު