Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"އޯޝަން 50|6"

"އޯޝަން 50|6" ހަރަކާތް ފަސްޓް ލޭޑީ އިފްތިތާހުކޮށްދެއްވައިފި

3 ފެބުރުއަރީ 2022 | ބުރާސްފަތި 14:34

މި ހަރަކާތުގައި ޑައިވް ކުރަނީ ކުރިން ދިފާއީ ބާރުގައި ޑައިވަރަކަށް މަސައްކަތްކުރި ޝަފްރާޒް ނައީމް

އަތޫފް އާތިފް
އަތޫފް އާތިފް | 3 ފެބުރުއަރީ 2022 | ބުރާސްފަތި 14:34
"އޯޝަން 50|6" ހަރަކާތް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

"އޯޝަން 50|6" ހަރަކާތް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ޔުނިޒް ސްޕޯޓިންގއިން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ ގޮތުން ބާއްވާ 50 ގަޑިއިރުގެ ޑައިވް ކަމަށްވާ "އޯޝަން 50|6" ހަރަކާތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އިފުތިތާހުކޮށްދެއްވައިފިއެވެ.

މި ހަރަކާތުގައި ޑައިވް ކުރަނީ ކުރިން ދިފާއީ ބާރުގައި ޑައިވަރަކަށް މަސައްކަތްކުރި ޝަފްރާޒް ނައީމެވެ. އޭނާއަކީ ޑައިވް އިންސްޓަކްޓަރެއްގެ ގޮތުަގައި މި އިންޑަސްޓްރީގައި 27 އަހަރު މަސައްކަތްކޮށްފައިވާ ފުންނާބު އުސް ޑައިވަރެކެވެ.

Advertisement - newsAdvertisement

މި ޑައިވް ކުރިޔަށްދާނީ ފެބްރުއަރީ މަހުގެ 25ން 27ށް އަނަންތަރާ ދިގު ރިސޯޓު ފަރުގައެވެ.

ޔުނިޒް ސްޕޯޓިންގއިން ބުނީ މި ހަރަކާތުގެ މަގުސަދަކީ ކަނޑުއަޑީގެ މާހައުލާމެދު އާންމުން ހޭލުންތެރިކުރުމާއި ތިމާވެއްޓާމެދު އާންމުން ހޭލުންތެރިކުރުމުގެ އިތުރުން މޫދަށް ޕްލާސްޓިކް ނޭޅުމުގެ މުހިންމުކަމާމެދު އާންމުން ހޭލުންތެރިކުރުވުން ކަމަށެވެ. އަދި މީގެ އިތުރުން ޑައިވިންގއަކީ ކޮބައިކަމާއި ޑައިވިންގ އިންޑަސްޓްރީއަކީ ކޮބައިކަމާއި މި ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ކުދިންނަށް އޮތް ފުރުސަތުތައް ކިޔައިދިނުމަކީވެސް މި ހަރަކާތުގެ މަގުސަދެއް ކަމަށް ޔުނިޒް ސްޕޯޓިންގއިން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވީ، މި ހަރަކާތުގައި ޑައިވްކުރާ ޝަފްރާޒްއަށް ކާމިޔާބީއަށް އެދޭ ކަމަށެވެ. އަދި މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް މި ފުރުސަތުގެ ބޭނުން އެންމެ އެކަށޭނެ ގޮތުގައި ހިފުމަށް އިލްތިމާސްކުރާ ކަމަށެވެ.

ފަޒްނާ އިތުރަށް ވިދާޅުވީ ޑައިވިންގއަކީ އަގުހެޔޮ ކަމެއް ނޫން ކަމަށާއި، އެހެންކަމުން ޑައިވަރުންނަށް ބޭނުންވާ ޒުވާނުންނަށް މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއް ހުރިކަމަށެވެ. އެހެންކަމުން ޑައިވިންގ ސެންޓަރުތަކުން މި ހަރަކާތުގައި ބައިވެރިވާ މީހުންގެ ތެރެއިން މީހަކަށް ސްޕޮންސާ ކޮށްދިނުމަކީ އެކަމަނާ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަންއަށް މިހާރުވެސް ހުޅުވާލެވިފައިވާއިރު، މި ހަރަކާތުގެ ޓިކެޓްގެ އަގަކީ 65 ޑޮލަރެވެ.

އޯޝަން 50|6ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2023

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

02 ނޮވެމްބަރު 2023
ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
10 އޮކްޓޯބަރު 2023

ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ

10 އޮކްޓޯބަރު 2023
ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ
09 އޮކްޓޯބަރު 2023

ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!

09 އޮކްޓޯބަރު 2023
ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!
09 އޮކްޓޯބަރު 2023

އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި

09 އޮކްޓޯބަރު 2023
އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި
18 ސެޕްޓެމްބަރު 2023

ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް

18 ސެޕްޓެމްބަރު 2023
ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް
17 ސެޕްޓެމްބަރު 2023

ފަސްޓް ލޭޑީއަށް ފުރައްސާރަކުރުން: ނަފްރަތުން އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެކަން ހާމަވެއްޖެ

17 ސެޕްޓެމްބަރު 2023
ފަސްޓް ލޭޑީއަށް ފުރައްސާރަކުރުން: ނަފްރަތުން އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެކަން ހާމަވެއްޖެ
17 ސެޕްޓެމްބަރު 2023

ފަޒްނާ "ދޮރުން ދޮރަށް" ހިޔާ ފްލެޓްތަކަށް ވަޑައިގަތުން - އަމުރަށް ނުކިޔަމަންތެރިވެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

17 ސެޕްޓެމްބަރު 2023
ފަޒްނާ "ދޮރުން ދޮރަށް" ހިޔާ ފްލެޓްތަކަށް ވަޑައިގަތުން - އަމުރަށް ނުކިޔަމަންތެރިވެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި
15 ސެޕްޓެމްބަރު 2023

ފަސްޓްލޭޑީ ފަޒްނާގެ އިލްތިމާސް: ދަތުރުފަތުރުކުރަން ނުޖެހޭ ގޮތަށް އަވަހަށް ރީރަޖިސްޓްރީކުރައްވާ

15 ސެޕްޓެމްބަރު 2023
ފަސްޓްލޭޑީ ފަޒްނާގެ އިލްތިމާސް: ދަތުރުފަތުރުކުރަން ނުޖެހޭ ގޮތަށް އަވަހަށް ރީރަޖިސްޓްރީކުރައްވާ
11 ސެޕްޓެމްބަރު 2023

"އިރުކޮޅަކުން ބަލާލިއިރު، އިބޫ އެބައޮތް އެތާނގަ ހަމަ، ގޮނޑުދޮށުގައި ހަމަ ރީއްޗަށް އޮށޯވެލައިގެން"

11 ސެޕްޓެމްބަރު 2023
"އިރުކޮޅަކުން ބަލާލިއިރު، އިބޫ އެބައޮތް އެތާނގަ ހަމަ، ގޮނޑުދޮށުގައި ހަމަ ރީއްޗަށް އޮށޯވެލައިގެން"
13 އޯގަސްޓު 2023

ރައީސްގެ އަނބިކަނބަލުން، ދާލަން ކްލިނިކް ހުޅުއްވައިދެއްވައިފި

13 އޯގަސްޓު 2023
ރައީސްގެ އަނބިކަނބަލުން، ދާލަން ކްލިނިކް ހުޅުއްވައިދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް