Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެށ. ކޮމަންޑޫ ދައިރާގެ ބައި އިލެކްޝަން

އެއްވެސް ދާއިރާއެއް މި ސަރުކާރުން އެކަހެރިކޮށްފައެއް ނުބާއްވާނެ: ރައީސް

3 ފެބުރުއަރީ 2022 | ބުރާސްފަތި 11:14

ހުރިހާ ރަށެއްގެ ރައްޔިތުންގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ އަމާޒު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 ފެބުރުއަރީ 2022 | ބުރާސްފަތި 11:14
ށ. މަރޮއްޓަށް ރައީސް ސާލިހު ވަޑައިގެން ވާހަކަފުޅު ދައްކަވަނީ

ށ. މަރޮއްޓަށް ރައީސް ސާލިހު ވަޑައިގެން ވާހަކަފުޅު ދައްކަވަނީ | ރާއްޖެއެމްވީ

އެއްވެސް ދާއިރާއެއް އެކަހެރިކޮށްފައި ބާއްވަން މި ސަރުކާރުން ބޭނުން ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ށ. މަރޮއްޓަށް ވަޑައިގެން ވިދާޅުވީ, އެންމެ ދާއިރާއެއްގެ ތިންހާހެއްހާ ވޯޓު ހޯދުމަށް މަސައްކަތް ކުރަނީ ކީއްވެގެންތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ކަމަށެވެ. އަދި އެފަދަ މީހުންނަށް ދޭން އޮތް ޖަވާބަކީ އެއްވެސް ދާއިރާއެއް މި ސަރުކާރުން އެކަހެރި ނުކުރާނެކަން ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެއްވެސް ދާއިރާއެއް އެކަހެރިކޮށްފައި ބާއްވަން މި ސަރުކާރުން ބޭނުންނުވާ ކަމަށާއި ހުރިހާ ރަށެއްގެ ރައްޔިތުންގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ އަމާޒު ކަމަށް ރައީސް ވިދާޅުވިއެވެ.

ތަރައްގީގެ މަޝްރޫއުތައް ކޮމަންޑޫ ދާއިރާގައި ވެސް ކުރިއަށް ގެންދިޔުމަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. ސަރުކާރުން މިއަހަރު ކުރުމަށް ހަމަޖެހިފައިވާ ބައެއް މަސައްކަތްތަަކަށް އަލިއަޅުއްވާ ލައްވާ ރައީސް ވަނީ, އިސްލާމް ކިޔަވައިދޭ ޓީޗަރުން ތަމްރީނުކޮށް އިމާމުން ތަމްރީނު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

މަރޮށީގައި ވެސް ތަރައްގީއަށް ބޭނުންވާ ކަންތައްތައް މި ސަރުކާރުން ކޮށްދޭނެ ކަމަށާއި, ގިރާ ސަރަހައްދުގެ މައްސަލަ ހައްލުކޮށް، އެ ރަށުގައި އޭޓީއެމްގެ ޚިދުމަތް މިއަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމަހަމަކަމާއެކު ރައްޔިތުންނަށާއި އެ ދާއިރާއަށް ޚިދުމަތް ކޮށްދިނުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވާ ރައީސް ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުކޮމަންޑޫ ބައި އިލެކްޝަންމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

23 ޖުލައި 2026

ސީދާ ހަރަކާތައް ނުކުތުމަށް މެންބަރު މައުރޫފު ގޮވާލައްވައިފި

23 ޖުލައި 2026
ސީދާ ހަރަކާތައް ނުކުތުމަށް މެންބަރު މައުރޫފު ގޮވާލައްވައިފި
23 ޖުލައި 2026

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިއަދު ކުރިމަތިވެފައި މިވަނީ ވަރަށް ކަޅު އަނދިރި ދުވަސްތަކެއް: ޝަމާޢު

23 ޖުލައި 2026
ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިއަދު ކުރިމަތިވެފައި މިވަނީ ވަރަށް ކަޅު އަނދިރި ދުވަސްތަކެއް: ޝަމާޢު
21 ޖުލައި 2026

މިސަރުކާރުން ދަނީ ކަޅު އަނދިރި ހޮހަޅައެއްގައި ރައްޔިތުން ބައި ތިއްބައިގެން، ނުބައި ނިންމުންތައް ނިންމަމުން: ފައްޔާޒު

21 ޖުލައި 2026
މިސަރުކާރުން ދަނީ ކަޅު އަނދިރި ހޮހަޅައެއްގައި ރައްޔިތުން ބައި ތިއްބައިގެން، ނުބައި ނިންމުންތައް ނިންމަމުން: ފައްޔާޒު
21 ޖުލައި 2026

33 އިންސައްތައިގެ ދަށުން ވަޒީފާ އިން ވަކިކޮށް "އެއްލާލަނީ" 14،733 މީހުން: ފައްޔާޒް

21 ޖުލައި 2026
33 އިންސައްތައިގެ ދަށުން ވަޒީފާ އިން ވަކިކޮށް "އެއްލާލަނީ" 14،733 މީހުން: ފައްޔާޒް
17 ޖުލައި 2026

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ނާޒިލްގެ ފާޑު ކިޔުން، ވިދާޅުވީ ނަތީޖާ ގޯސް ކަމަށް

17 ޖުލައި 2026
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ނާޒިލްގެ ފާޑު ކިޔުން، ވިދާޅުވީ ނަތީޖާ ގޯސް ކަމަށް
12 ޖުލައި 2026

މިހާރު ކަޅު ބާޒާރުގައި ވެސް ޑޮލަރު ނުލިބޭ: އަމީރު

12 ޖުލައި 2026
މިހާރު ކަޅު ބާޒާރުގައި ވެސް ޑޮލަރު ނުލިބޭ: އަމީރު
13 ޖޫން 2026

ސިޔާސީ ފުރުސަތަށް އެދިވަޑައިގަންނަވާ ޒުވާނުން، މިސާލަކަށް ބަލަންވީ މިކާއީލް: ރައީސް ނަޝީދު

13 ޖޫން 2026
ސިޔާސީ ފުރުސަތަށް އެދިވަޑައިގަންނަވާ ޒުވާނުން، މިސާލަކަށް ބަލަންވީ މިކާއީލް: ރައީސް ނަޝީދު
09 މެއި 2026

ރައީސް ސޯލިހާ ބައްދަލެއް ނުވޭ، ވާހަކަ ދެކެވުނީ ފޯނުން: ރައީސް ނަޝީދު

09 މެއި 2026
ރައީސް ސޯލިހާ ބައްދަލެއް ނުވޭ، ވާހަކަ ދެކެވުނީ ފޯނުން: ރައީސް ނަޝީދު
11 އެޕްރީލު 2026

"ކޮންމެ މެންދުރަކަށް ފަހުން ފިނިކަން ހަވީރުގެ އަންނަނީ!"

11 އެޕްރީލު 2026
"ކޮންމެ މެންދުރަކަށް ފަހުން ފިނިކަން ހަވީރުގެ އަންނަނީ!"
28 މާރިޗު 2026

މިފަހަރު ވާނެ އެމްޑީޕީ އަށް ކުޅި ދައްކާލަން: މިނިސްޓަރު ސަޢީދު

28 މާރިޗު 2026
މިފަހަރު ވާނެ އެމްޑީޕީ އަށް ކުޅި ދައްކާލަން: މިނިސްޓަރު ސަޢީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް