Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސާލިޙުގެ ރިޔާސީ ބަޔާން

އެސެޓް ރިކަވަރީ ކޮމިޝަންގެ ހޯދުންތައް ތަހުޤީގުކޮށް، ޤާނޫނީ މަރުހަލާތައް ފެށުމަށް އައު އޭސީސީއަށް!

3 ފެބުރުއަރީ 2022 | ބުރާސްފަތި 05:46

އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ފެބުރުއަރީ 2022 | ބުރާސްފަތި 05:46
ރިޔާސީ ބަޔާން އިއްވެވި ޖަލްސާ- ރައީސް ވަނީ މަޖިލީހަށް ނަންތައް ފޮނުވުމުން އޭ.ސީ.ސީ.ގެ މެމްބަރުން އަވަސް މުއްދަތެއްގައި ކަނޑައަޅުއްވައި ދެއްވުމަށް އެދިވަޑައިގެންފައި

ރިޔާސީ ބަޔާން އިއްވެވި ޖަލްސާ- ރައީސް ވަނީ މަޖިލީހަށް ނަންތައް ފޮނުވުމުން އޭ.ސީ.ސީ.ގެ މެމްބަރުން އަވަސް މުއްދަތެއްގައި ކަނޑައަޅުއްވައި ދެއްވުމަށް އެދިވަޑައިގެންފައި

މިހާތަނަށް އެސެޓް ރިކަވަރީ ކޮމިޝަނުން ހޯދާފައިވާ ހޯދުންތައް ތަހުޤީގުކޮށް، ޤާނޫނީ މަރުހަލާތައް ފެށުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައެޅުމަށް ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ތަހުޤީގު ކުރުމުގައި ހަރަކާތްތެރިވާ އެއް ފަރާތަކީ އެސެޓް ރިކަވަރީ ކޮމިޝަން ކަމަށެވެ. އަދި އެ ކޮމިޝަންގެ މެންޑޭޓްގައިވާ ތަހުޤީގުތައް އެންމެ ބޮޑަށް ސީދާ ކުރެވުނީ އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތައް ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ސާލިޙު އިތުރަށް ވިދާޅުވީ، މިހާތަނަށް ކޮމިޝަނުން ހޯދާފައިވާ ހޯދުންތައް ތަހުޤީގުކޮށް ޤާނޫނީ މަރުހަލާތައް ފެށުމަށް އޭ.ސީ.ސީއަށް ހުށައެޅުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެމަނިކުފާނު ވަނީ މަޖިލީހަށް ނަންތައް ފޮނުއްވުމުން އޭ.ސީ.ސީގެ މެމްބަރުން އަވަސް މުއްދަތެއްގައި ކަނޑައަޅުއްވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވި ގޮތުގައި އެހިސާބުން ދެން އޮތްބައި ކުރިއަށް ގެންދާނީ އަލަށް އެކުލަވާލެވޭ އޭ.ސީ.ސީއިން ކަމަށެވެ.

އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެގޮތުން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނާއިބު ރައީސް ފާތުމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެދުވަހު ވަނީ އިސްތިއުފާ ދެއްވާފައެވެ.

މިބޭފުޅުން އިސްތިއުފާ ދެއްވުމުގެ ކުރީގައި މެންބަރު އިބްރާހިމް ޝަކީލާއި މެންބަރު އަލީ އަޝްރަފް ވަނީ މެންބަރުން ވަކިކުރުމުގެ މަރުހަލާ ފަށަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމުމާއެކު އިސްތިއުފާ ދެއްވާފައެވެ.

އޭސީސީއަށް މެމްބަރުން ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު ހަމަވެފައިވާއިރު، 34 ފަރާތަކުން ކުރިމަތިލާފައިވާކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. އެ ފަރާތްތަކުގެ ނަންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަދި މަޖިލީހަށް ފޮނުވާފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް ނަންތައް މަޖިލީހަށް ފޮނުވާނެކަމަށް އިތުބާރު ހުރި މަސްދަރަކުން ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރިޔާސީ ބަޔާން

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
05 ފެބުރުއަރީ 2025

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް
05 ފެބުރުއަރީ 2024

އަމާޒަކީ މި ދައުރުގައި އަމިއްްލަ ހިޔާވަހިކަމުން މަހުރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނެތްކަން ކަށަވަރުކުރުން: ރައީސް

05 ފެބުރުއަރީ 2024
އަމާޒަކީ މި ދައުރުގައި އަމިއްްލަ ހިޔާވަހިކަމުން މަހުރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނެތްކަން ކަށަވަރުކުރުން: ރައީސް
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް